01 ޖޫން 2024 - 09:09
ޒަމާނުއްސުރެ ރާއްޖެއަށް މެދުއިރުމަތިން ސެންޓް އެތެރެކޮށް ހޯލްސޭލް އަދި ރީޓެއިލް ކުރާ ޕްލާޒާ އިންސެންސް ފިހާރައިން އަނެއްކާވެސް ރާއްޖެއަށް މެދުއިރުމަތީގެ މަގުބޫލު ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "އަހުމަދު އަލް މަގްރިބީ" ތައާރަފް ކޮށްފި އެވެ.
އަހިމަދު އަލް މަގްރިބީ އަކީ މައްކާ އާއި މަދީނާއަށް ޒިޔާރަތްކުރާ ދިވެހިންގެ ތެރޭގަ ވަރަށް މަގްބޫލު ބްރޭންޑެކެވެ. އެ ބްރޭންޑްގެ ޝޯ ރޫމްތައް މަސްޖިދުލް ހަރަމް އަދި ނަބަވީ ކައިރީގައި ހުރެ އެވެ.
އެހެންވެ، ދިވެހިންނަށް އެންމެ ކަމުދާ އަހުމަދު އަލް މަގްރިބީގެ އެއް ސެންޓަކީ އޫދް އެންޑް ރޯޒަސް އެވެ. މި ސެންޓުން ދުވަނީ ވަރަށް މަޑު ފިނިފެންމާ ވަހެކެވެ.
އަހުމަދު އަލް މަގްރިބީގެ ސެންޓުތައް ޕްލާޒާގެ ވެބްސައިޓް އަދި ފިހާރަތަކުން މިހާރު ލިބެން ހުންނާނެ އެވެ. އަދި މޮބައިލް އެޕް މެދުވެރިކޮށް ވެސް ލިބެން ހުންނާނެ އެވެ. އިތިރު މައުލޫމާތު ސާފު ކުރުމަށް ޕްލާޒާގެ ކަސްޓަމާ ސާވިސް ނަންބަރު 9778800 އަށް ވައިބާއިން މެސެޖް ކޮށްލެވޭނެ އެވެ.
ޕްލާޒާ އިންސެންސްއިން ވަނީ ދިވެހިންގެ ތެރޭގައި މެދުއިރުމަތީގެ އެންމެ ޒަމާންވީ މަގްބޫލު ރަސާސީ ބްރޭޑް ވެސް މީގެ 30 އަހަރު ކުރިން ރާއްޖެއަށް ތައާރަފްކޮށް މާކެޓް ކޮށްފަ އެވެ. ޕްލާޒާ އިން ވަނީ މިދިޔަ އަހަރު މިހާރު މުޅި ދުނިޔޭގަ މަގުބޫލުކަން ހޯދަމުން އަންނަ ފްރެގްރަންސް ވޯލްޑް ބްރޭންޑް ވެސް ރާއްޖެއަށް ތައާރަފް ކޮށްފަ އެވެ.
އެޑިޓާސް ނޯޓް: މިއީ ޕްލާޒާ އިންސެންސްގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy