އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ. -- ފޮޓޯ: އޭއެފްޕީ
03 ޖޫން 2024 - 06:37
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެހެން ބައެއް ވެރިން ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން އަމުރު ނެރެމުން އެ ކޯޓާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަން ރައީސް ޖޯ ބައިޑެން ދެކޮޅުހައްދަވާތީ މާޔޫސްވާ ކަމަށް ނަތަންޔާހޫ ބުނެފި އެވެ.
އެމެރިކާގެ ރިޕަބްލިކަން އަދި ޑިމޮކްރެޓްސް ޕާޓީގެ ބައެއް މެންބަރުން ވެސް ދަނީ އައިސީސީއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށް ގޮވާލަމުންނެވެ. އެކަމަކު ވައިޓް ހައުސް އިން ވަނީ އެފަދަ ބިލެއް ފާސްކުރިޔަސް ތަސްދީގު ނުކުރާނެ ކަމަށް ބުނެފަ އެވެ.
ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނީ އައިސީސީއަށް ފިޔަވަޅު އެޅުމަކީ އެމެރިކާގެ ސްޓޭންޑް ކަމަށެވެ. އެއީ މައި ދެ ޕާޓީން ވެސް އެދޭ ގޮތް ކަމަށާއި އެކަމަކު ވައިޓް ހައުސް އިން އެކަމާ ދެކޮޅު ހަދާތީ ހައިރާންވާ ކަމަށް ބުންޏެވެ.
އައިސީސީގެ ޕްރޮސިކިއުޓާ ކަރީމް ޚާން މިދިޔަ މަހު ވަނީ ނަތަންޔާހޫގެ އިތުރުން ޑިފެންސް މިނިސްޓަރު ވެސް ހައްޔަރުކުރުމަށް އަމުރުކޮށްފަ އެވެ. އަދި ހަމާސްގެ ލީޑަރުން ކަމަށްވާ ޔަހްޔާ ސިންވާރް އާއި އިސްމާއިލް ހަނިއްޔާ އާއި މުހައްމަދު ދައީފް ހައްޔަރުކުރުމުގެ އަމުރެއް ވެސް ވަނީ ނެރެފަ އެވެ. މި އަމުރު ނެރެފައި ވަނީ މިހާރު ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުގައި އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގާ ކަމުގެ ތުހުމަތުގަ އެވެ.
ޣައްޒާގައި މިދިޔަ އަހަރުގެ އޮކްޓޫބަރު 7 އިން ފެށިގެން ދެމުން ގެންދާ ހަމަލަތާކުގައި މިހާތަނަށް ފަލަސްތީނުގެ 36،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. މިއީ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށްވުރެ ގިނަ މީހުން މަރާލައި ބަޔަކު ރަހީނުކުރުމުން ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކެކެވެ.
އެމެރިކާ އަކީ އައިސީސީގެ މެންބަރެއް ނޫނެވެ. އަދި އެ ކޯޓުން އެމެރިކާ މީހުންނާ ދެކޮޅަށް އަމުރު ނެރުމުގެ އިހްތިސާސް ނޯންނާނެ ކަމަށް ވެސް ބުނެ އެވެ. އެކަމަކު ބައެއް ކަންކަމުގައި އޮބްޒާވަރެއްގެ ގޮތުން އެމެރިކާއިން ވަނީ އެ ކޯޓާ އެކު މަސައްކަތްކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސް ނޮޓް ރިއަލް
04 June 2024
ހާދަ ބޮޑާ ސޮރެކޭ
ށަވިޔަނި
03 June 2024
ނަތަންޔާހޫއަކީ އަދި އިސްރޭލަކީ ދުނިޔޭގައި އުފަލުގައި ބާރުގައި އުޅެން އެގޭ ބައެއް. މުސްލިމުން އަރާރުމުގަ ތިއްބާ އަދި ގެފުޅުވެސް ތަޅާލާނެ ، އަޤްސާވެސް
ގަމާރު-
03 June 2024
އަގްސޯއަކީ ޔަހޫދީ ދީނުގެ ގެފުޅު އިނގޭތޯ
މުޙައްމަދު..
03 June 2024
ނަތަންޔާހޫ އަކީ މީ ހާދަ ބަލާބޮޑު މީހެކޭ..