ޚަބަރު / އައްޑޫ

އާ ދައުރުގެ ފުރަތަމަ ކުއްލި މައްސަލަ: އައްޑޫގެ ފެނުގެ ނިޒާމުގެ މައްސަލަ!

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް: އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އައްޑޫ ފެނުގެ ހިދުމަތަށް ދިމާވާ ދަތިތަކުގެ ކަންބޮޑުވުން ފާޅުކުރައްވާފައި.--- ފޮޓޯ: މަޖިލިސް

އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ސަޕްލައި ފެން ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.

އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލައަކީ މި ދައުރުގެ ފުރަތަމަ ކުއްލި މައްސަލަ އެވެ. ސަރުކާރަށް ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ މި މައްސަލަ ބަލައިގަތުމަށް ވޯޓު ދީފަ އެވެ.

މަޖިލީހަށް މި މައްސަލަ ހުށަހެޅިއިރު، އައްޑޫގެ ފެނުގެ ނިޒާމް ރަނގަޅުކުރުމުގެ ޕްރޮޖެކްޓް، މި ސަރުކާރުން ވަނީ އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފަ އެވެ.

ނާޒިލްގެ ކުއްލި މައްސަލައިގައި ވަނީ ސާފު ފެން ފޯރުކޮށްދިނުމުގެ ހިދުމަތަކީ އަސާސީ ހިދުމަތެއް ކަން ފާހަގަކުރައްވައި، ދިމާވެފައިވާ ދަތިތައް މިހާރުން މިހާރަށް ހައްލުކުރަން ގޮވާލައިފަ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުން އަންނަ ފެނުގެ ހިދުމަތަށް ބުރޫ އަރާފައިވާތީ، ރައްޔިތުންނަށް އިންތިހާއަށް ގެއްލުންތައް ވަމުން އަންނަ ކަމަށް ނާޒިލްގެ މައްސަލައިގައި ވެ އެވެ.

މައްސަލައަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވި ގޮތުގައި މި މައްސަލަ ހައްލު ނުވެ ދިގު ލައިގެން ދިއުމުގެ ސަބަބުން އާންމު ފަރުުދުންގެ އިތުރުން ވިޔަފާރިތަކަށް ވެސް އޭގެ ގެއްލުންތައް ދަނީ ވަމުންނެވެ.

ހިދުމަތް ދޭތެރެއިން މެދުކެނޑުމާ ގުޅިގެން ފެނަކައިން މީގެ ކުރިން ބުނެފައިވަނީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ މިންވަރަށް ފެނުގެ ނިޒާމު މަރާމާތުކޮށް ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން އައްޑޫގެ ފެނުގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ މި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އައްޑޫގެ ފެނުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން އެ ސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓެއް އެމްޑަބްލިއުއެސްސީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ޕްރޮޖެކްޓް ނިމޭއިރު އައްޑު އަށް ދިމާވެފައިވާ ފެނުގެ ދަތި ކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށާއި މިހާރު ވެސް މެދުނުކެނޑި ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

42 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޝައްރަފް

04 June 2024

އައްޑޫ ކައިރީގަ އޮތް ރިސޯޓް ނުހުޅުވިގެން އުޅުނު ބައެއް، ދެންކޮން ފޮންޏެއް ކަޑާކަށް

The name is already taken The name is available. Register?

ނައުޝޫދް

04 June 2024

ފުރަމަ މައްސަލަވެސް ތާވަލް ކުރަން ފުރުސަތު މި ލިބުނީ އެމްޑީޕީއަށް. މިހާރުވެސް ތަފާތު ދައްކުވާއިދީފި

The name is already taken The name is available. Register?

ރިމާހް

04 June 2024

5 އަހަރުގެ ދައުރެއްގައި އެއްވެސް ކަމެއް އައްޑޫއަށް ނުވީ އައްޑޫއިން ހޮވި މެމްބަރުންގެ އިހުލާސްތެރިކަމެއް ނެތީމަ. އެހެންވެ މިފަހަރު އައްޑޫއިން މެޖޯރިޓީ ނުލިބުނީވެސް

The name is already taken The name is available. Register?

ޝަހުނީމް

04 June 2024

މި 5 އަހަރުގަ ފެނިގެންދާނެ އައްޑޫ ތަރައްގީ ކުރާތަން. ބުރިޖްގެ ސާވޭ މަސައްކަތްވެސް އެދަނީ ކުރިއަށް،

The name is already taken The name is available. Register?

ޝައިހާނު

04 June 2024

އައްޑޫގެ ވާހަކަ ދައްކަން އެންމެ ރަނގަޅު ބައިނގަޑު މީ. 5 އަހަރު ވީ އެއްކަމެއްވެސް ނުކޮށް ދިޔައީ

The name is already taken The name is available. Register?

ސަލްމާން

04 June 2024

ޑިމޮކުރޮސީގެ ރީތި ނަމޫނާ މި ދައްކަނީ ރައީސް މުއިއްޒުގެ ސަރުކާރުން. ނަމޫނާ ވެރިއެއް

The name is already taken The name is available. Register?

މަހުދީ

04 June 2024

ފެނޭ މައިނޯރިޓީ އަށް ފުރުސަތު ދީގެން ގައުމު ހިންގާ މީހުން. ކަލޭމެން އެމީހުން ބުލީކޮށްފަ ބެހެއްޓިޔަސް އެމީހުން ނޫޅޭ އެހާ ހަޑި ފާޑަށް

The name is already taken The name is available. Register?

ގާރލާ

04 June 2024

އައްޑޫ މީހުންނަށް ރަން އިލޮށިން ކަނދުރުކެއުމަށް ދައުވަތުދެން ފެންލޮނުވެފައިވަނީ އިންޑިއާމީހުން އެތަނުގައި އިބްރާހިމްގެ ޕްރޮޖެކްޓެއް ހިންގާތީ

The name is already taken The name is available. Register?

އަސްލަންޓޭ.

03 June 2024

އެމްޑީޕީ ވެރިކަމުން ފޭބިއިރު އޮތީ އައްދޫގެ ހުރިހާ މަގެއް ތާރު އަޅައި ތަރައްޤީ ކުރަން ހަމަޖައްސާފަ. މިހާރު އައްޑޫގެ މަގުތައް އެދަނީ ކޮން ގޮތަކަށް ހަދަމުން ؟ ހަންކެޑެ ބުރިޖުގެ ބޭނުން ރައްޔިތުންނަށް ކުރުމަށް ނުދޭންވެގެން އަނެއްކާ ބާވެ ދުވަސްގޮސްފައި އޮތް ލިންކރޯޑަށް ސިމެންތިކޮޅެއް އަޅާލައިގެން ރައްޔިތުން އޮޅުވާލަން އެއުޅެނީ.

The name is already taken The name is available. Register?

އަސްލަމް.

03 June 2024

މިސަރުކާރުގެ ދައުރު ނިމޭއިރު 2008 ގައި އަްއޑޫ އޮތް ނިކަމެތި ހާލަށްވުރެންވެސް ދަށަށް އައްޑޫ ވައްޓާލާނެ. މިމީހުން ފައިބާނީ އައްޑޫ ގަންވެސް ވީރާނާ ކޮށްފައި. ވޯޓު ހޯދަން ވިއްކި ދޮގު ބުރިޖުވެސް ވާނީ ބިލާހަކަށް. ވަރަށް ދެރަ .

The name is already taken The name is available. Register?

އަސްކޮ

03 June 2024

އެއޮތީ މަސަައްކަތް ބަޔަކާ ހަވާލުކޮށްފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454