އައްޑޫ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން: ދެން އެ ކައުންސިލަށް ހޮވާނީ ހަތް ކައުންސިލަރުން
19 ނޮވެމްބަރ 2025 - 15:12
އައްޑޫ ސިޓީން މީދޫ އަދި ހުޅުދޫ ވަކިވާން ނިންމާފައިވާތީ، ދެން އިންތިހާބު ކުރާ އައްޑޫ ސިޓީ ކައުންސިލެއްގައި މޭޔަރުގެ އިތުރުން ދެން ތިބޭނީ ހަ ކައުންސިލަރުން ކަމަށް ވިދާޅުވެ، އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގައި މިއަދު ފާޅުކޮށްފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން 10،000- 30،000 އާ ދެމެދުގެ އާބާދީއެއް އޮންނަ ސިޓީއެއްގެ ސިޓީގެ ކައުންސިލްގައި ތިބޭނީ މޭޔަރާއެކު ހަ ކައުންސިލަރުންނެވެ. އާބާދީގައި 30،000- 60،000 އާ ދެމެދުގެ ސިޓީއެއްގެ ކައުންސިލްގައި ތިބޭނީ މޭޔަރާ އެކު 13 ކައުންސިލަރުންނެވެ.
އާބާދީގެ އަދަދަކީ، 60,000 މީހުންނަށް ވުރެ އިތުރު އަދަދެއް ނަމަ ކައުންސިލްގެ މޭޔަރާ އެކު 19 ކައުންސިލަރުންނެވެ. މި އަދަދަށް މި ވަގުތު ކައުންސިލަރުން ތިބީ މާލެ ސިޓީ ކައުންސިލްގަ އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކާއި މީދޫ އަދި ހުޅުދޫ ހިމަނައިގެން އާބާދީ 30،000 އަށް އަރަ އެވެ. އެހެންވެ، އެ ސިޓީގައި މި ވަގުތު ތިބީ މޭޔަރާ އެކު 13 ކައުންސިލަރުންނެވެ.
ނަމަވެސް، މީދޫ އާއި ހުޅުދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ފެންނަ ނުފެންނަ ވޯޓުގައި ދާދި ފަހުން ފާސްކޮށްފައިވާތީ، އައްޑޫ ސިޓީގައި މިވަގުތު އޮތީ ހިތަދޫ، ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ އެވެ. އެ ރަށްތަކުގެ ޖުމްލަ އާބާދީ 30،000 އަށް ވުރެ މައްޗަށް ނާރަ އެވެ. މިހާރު އައްޑޫ ސިޓީ ކައުންސިލްގައި ތިބެނީ މޭޔަރާ އެކު 13 ކައުންސިލަރުންނެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވި ގޮތުގައި މިހާރު އައްޑޫ ސިޓީގެ އާބާދީއަކީ 29،000 އެވެ. އެހެންކަމުން ގާނޫނު އޮތް ގޮތުން ދެން އައްޑޫ ސިޓީ ކައުންސިލް ފެތެނީ މޭޔަރާ އެކު ހަތް ކައުންސިލަރުން ހޮވަން ޖެހޭ ގޮތަށެވެ.
ނާޒިލް ވިދާޅުވީ ރާއްޖޭގައި މާލެ ފިޔަވައި ދެން ހުރި ސިޓީތަކަށް ބަލާއިރު އައްޑޫ ސިޓީގެ އާބާދީއަކީ ބޮޑު އާބާދީއެއް ކަމަށާއި ނަމަވެސް، ކައުންސިލަރުންގެ އަދަދު އެ ކައުންސިލްތަކާ އެއްވަރުވެ، މަދު އަދަދަކަށް ދަށްވެގެން ދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ އިސްލާހު އޮތް ގޮތުން އައްޑޫ ސިޓީ ކައުންސިލަށް ވުރެ ގިނައިން ފުވައްމުލައް ސިޓީ ކައުންސިލަރުންގެ މެންބަރުން އިތުރު ވާނެ އެވެ. އެ އިސްލާހުގައި މާލެ ސިޓީ ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލްގައި ހިމެނޭނެ މެންބަރުންގެ އަދަދު ކަނޑައަޅާފައިވެ އެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލްގައި 16 މެންބަރުން ތިބޭނެ ކަމަށް ބަޔާން ކޮށްފައިވާއިރު ފުވައްމުލައް ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން 8 މެންބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ފުވައްމުލަކަށް އެ އަދަދު ކަނޑައަޅާފައިވަނީ އެ ސިޓީއަކީ 8 އަވަށެއްގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ވާތީ ކަމަށް އިސްލާހުގައިވެ އެވެ.
ދެން އޮތް އައްޑޫ ސިޓީ ކައުްންސިލާއި ތިނަދޫ ސިޓީ ކައުންސިލް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ކައުންސިލަރުންގެ އަދަދު އިސްލާހުގައި ކަނޑައަޅާފައި ނެތް ނަމަވެސް، އާބާދީގެ ނިސްބަތުން ދެން އެކުލަވާ ސިޓީ ކައުންސިލެއްގައި އެއިން ކޮންމެ ސިޓީއެއްގައި ވެސް އެކުލަވާލަން ޖެހޭނީ މޭޔަރާ އެކު ހަތް ކައުންސިލަރުން ތިބޭ ކައުންސިލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަދެއްނޫން
20 November 2025
އެވަރު މަދެއްނޫން. ހަގީގަތުގައި އާބާދީ މަތިވާވަރަކުން ކައުންސިލަރުން ނިސްބަތުންޖެހޭ އަދަދު ދަށްކުރަންޖެހޭ. މިސާލަކަށް 30 ހާހުން ދަށުގެ އާބާދީއަކަށް ކޮންމެ ފަސްހާހަށް ކައުންސިލަރެއް، 30 ހާހާއި 60 ހާހާއި ދެމެދު ކޮންމެ ދިހަހާހަށް ކައުންސިލަރެއް، 60 ހާހުން އިތުރުވާ ކޮންމެ ވިހިހާހަށް ކައުންސިލަރެއް. އިންތިހާބީ މަގާމުތައް ކޮންޓްރޯލު ކުރެވޭނީ މިކަހަލަ ވިސްނުމެއް ގެންގުޅެގެން.
ގަރީނު
20 November 2025
ތިނަދޫ ސިޓީއަކަށް ހެދީ ކޮން އިރަކު ؟
ލުތުފ
20 November 2025
މިވަރުވެސް މާގިނަ. އިދާރީ ދާއިރާތައް ބައިކުރުމުގައި ގެންގުޅޭ އުޞޫލް ބަދަލުކޮށް، މާލޭ އަށް ގްރޭޓަރމާލެ އަށް 4 މެންބަރުން، ކޮންމެ އަތޮޅަކަށް 1 މެންބަރުން ކަނޑައަޅަންވީ. އަދި މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކޮށް، ޢުމުރަށް ދޭ ޕެންޝަން ކަނޑާލަންޖެހޭ.
ޙަވަރު ތިނަދޫ ބިގަރު ސިޓެ ދަޔްނެޔް މިޔަރު އަލްއުސްތާޒު ދަތްނެތް މިޔަރު ގޯތި ބެހިގޭ ސޮއުޑު އަލީ
20 November 2025
ޢަހަރެން އުޅޭހެން އުޅެން ދަސްކޮއްބަލަ ނިޒާރުމެން ޅައީއޭ
ކައުސިލަރ
19 November 2025
ސިޓީ ކައުންސިލު އުވާލަން ގޮވާލަން، އެއްވެސް ކަމެއް ކުރެވޭ ބައެއްނޫން. ހަމަ އެކަނި އިޝްތިހާރުވާން އެފްބީ ލައިވް ގަ ޖަލްސާ ބޭވުން ނޫން ކަމެއް ކުރާ ބައެއް ނޫން. ރަށްރަށު(އަވަށު) އޮފީހުގައި އުޅޭ މަދު މީސްކޮޅެއް ހުރިހާ މަސައްކަތެއް ކުރަނީ. އެކުދިންގެ މުސާރަ އަށް ބާރަހާސް ރުފިޔާ މަހެއްގެ މައްޗަށް ނުލިބޭ. ރަށު އޮފީސް ހިންގާނެ މޮޅު މީހުން ބޭތިއްބުމަށް ގޮވާލަން.
ސިޓީތަކުގައި ކައުންސިލަރުން މާ ގިނަ
19 November 2025
ސިޓީއެއްގައި ކައުންސިލަރުން ވަކި ޢަދަދަކަށް ކަނޑައެޅުން އެނިމުނީ ކަންކަން. އާބާދީ ބޮޑުވީމާ ގިނަ ކައުންސިލަރުން ހުންނަން ޖެހެނީ ކޮންމެ ކައުންސިލަރަކު މީހުންގިނަވެގެން ސިޓީ ކައުންސިލަށް ކޮންފައިދާއެއް ވާތީ؟ ހުރިހާ ތަނެއްގައިވެސް 8 އަށްވުރެ ގިނަ ނުވީމަ އެނިމުނީ. މުއައްޒިފުން ގިނަވާނީ މަސައްކަތާ އެވަރަށް ކައުންސިލަރުންނެއް ނޫން.
އޮނަރަބްލް އަފީފްދީދީގެ ކާފަ
19 November 2025
ހުޅުދޫ މީދުއަށް 10 ކައުންސިލަރުން ލިބޭނެ ، މާ ސަޅިއެއް ނޫންތަ؟ ސިޓީ މީހުން އެ ދެރަށާ ދޭތެރޭގައި އިހުމާލު ވިއިރު އެ ދަރަށުގެ މުހިއްމުކަމެއް ނުވިސްނާ، އަފީފް ދީދީ ރަށު މީހުން އެ ދެރަށުން ނާޖާއިޒް ފައިދާ ނެގުން ނޫން ކަމެއް ނުކުރޭ.
އަލީ41
19 November 2025
އައްޑޫ ސިޓީގެ މޭޔަރަށް މާދަމާ ސިޓީކައުންސިލް ހިތަދޫ އިތުރު ދެއަވަށް އިތުރުކޮށްފަ އިއުލާންކޮއްދީ . ކޯއްޓޭ އަވަށް ކަށިނަރަ އަވަށް .. ފޯއްމުލަކުގަ 8 އަވަށް . ހިތަދޫ އަށްވުރެން އާބާދީ މަދު . ބިންކުޑަ .
ބަރާބަރު
19 November 2025
ރަގަޅު ނިންމެވުމެއް. ސާބަސް ރައީސް މުއިއްޒު. ކައުންސިލަރުން އިންތިޚާބް ކުރަންވާނީ މަޖިލިސް ކޮންމެ ދާއިރާާއަކަށް ކައުންސިލަރެއް. ތިޔަ ކައުންސިލަރުން ގިނަ ކުރީމާ ލިބުނު ފައިދާއެއް ނެތް ފެންނާކަށް. މިދިޔަ ދުވަސްތަކުގައި ދުނިޔެ ވަށާ އުދުހުމާއި ކައިވެނި ކުރުން ނޫންކަމެއް ނުކުރޭ.
ހަމަމަކަން
19 November 2025
ފުވައްމުލައް ސިޓީ ކައުންސިލްގައި މޭޔަރުގެ އިތުރުން 8 މެންބަރުން ތިބޭނެ ކަމަށް ކަނޑައަޅާފައިވެ އެވެ. ފުވައްމުލަކަށް އެ އަދަދު ކަނޑައަޅާފައިވަނީ އެ ސިޓީއަކީ 8 އަވަށެއްގެ މައްޗަށް އެކުލެވޭ ސިޓީއެއް ކަމަށް ވާތީ ކަމަށް އިސްލާހުގައިވެ އެވެ ގާނޫނު އަސާސީ ގައި ބުނަނީ ދިވެހިން އެންމެން ހަމަހަމަ ކަމަށް. އަވަށް ހަމަހަމަ ކުރާ ވާހަކައެއް ނެތް.
ފުވައްމުލަކު
19 November 2025
ފުވައްމުލަކަކީ ހާއްސަ ރަށެއް! އަބަދުވެސް