ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: އޭނާ ރޭ ވިދާޅުވީ ފުޓްބޯޅަ ހިމެނޭގޮތަށް ރާއްޖޭގެ ކުޅިވަރު ކުރިއަށް އޮތް ތަނުގައި އުޖާލާކޮށް ފެންނަ ކަމަށް --- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
03 ޖޫން 2024 - 12:03
ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ފުޓްބޯޅަ ފޯރިގަދަވެގެން ދާނެ ތަން ފެންނިވަޑައިގަންނަވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
މި މަހު 14 ގައި ފަށާ، ޔޫރޯ ފުޓްބޯޅަ މުބާރާތަށް ޕީއެސްއެމްގެ ކަވަރޭޖް ލޯންޗުކުރުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރާފިއު، ރޭ ވިދާޅުވީ ފުޓްބޯޅަ ހިމެނޭ ގޮތަށް ރާއްޖޭގެ ކުޅިވަރު ކުރިއަށް އޮތްތަނުގައި އުޖާލާ ވެގެންދާނެ މަންޒަރު އޭނާ އަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ކުޅިވަރު، އަދި ހަމަ ފުޓްބޯޅަ ވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި އަޅުގަނޑަށް ފެންނަނީ ހަމަ ވަރަށް އުޖާލާކޮށް އިތުރަށް ފޯރިގަދަވެގެން ދާނެ ކަމަށް،" ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުޅި ރާއްޖެ ހިމެނޭ ގޮތަށް، ކުޅިވަރުތައް އާލާކޮށް ދިރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެކަމުގައި ރައީސާއި މުޅި ސަރުކާރު ދެމުންގެންދާ އެއްބާރުލުން ފާހަގަ ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ މަހު، ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން، މަޖިލީހުގެ ތަޅުމަށް ވަޑައިގެން ރާފިއު ވިދާޅުވީ ފުޓްބޯޅައިގައި މުޅި ރާއްޖެ ތަމްސީލުވާނެ ނިޒާމާކަށް މަސައްކަތް ފަށައި ބާރު ސްޕީޑްގައި އެ ކަން ކުރިއަށް ގެންދާ ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ވެއްޓިފައިވާ ދަށް ހާލާތާ މެދު، ރައީސް ޑރ، މުއިއްޒު ވެސް މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވައި ދެއްވުމުގެ ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ ފުޓްބޯޅައިގައި ސަރައްދީ ފެންވަރުގައި ވެސް މީގެ ކުރިން ރާއްޖެ ނުދާހާ ދަށަށް މިހާރު ގޮސްފައިވާ ކަމަށެވެ.
"ދިވެހީން އެންމެ ލޯބިކުރާ ފުޓްބޯޅަ އަށް (އެކަނި) ނަޒަރު ހިންގައިލާއިރު ވެސް، ސަރަޙައްދީ މުބާރާތެއްގައި ދުވަހަކު ރާއްޖެ ނުދާހާ ދަށަށް އަޅުގަނޑުމެން ހިނގައްޖެ،" ރައީސް ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިންގެ ރާއްޖެ22
03 June 2024
މީނަޔާ މީނާގެ އައުވާނުންނަށް ފެންނަނީ
އަކޭ
03 June 2024
ހުވަފެންފުޅެއްގައި ދެއްތޮ
ދަބަރޭ
03 June 2024
ކޮންމެ ކަމެެއް ވާނޭ ނުބުނޭ. ތި މޮޅު ޕްލޭނަކާ އެއްޗެހި ކިޔާދިނީމާދޯ އެނގޭނީ ވާނެކަމެއްވެސް.
ކޮރަލް
03 June 2024
ތިޔަ ދައްކާ ވާހަކަ ގަބޫލު ކޮށްފާނަމެވެ. ކުރީން ހިންގާފަ ހުރި ކޮރަޕްޝަންގެ މައްސަލަ ތައް ބަލާ ނިންމާލަ ބަލާށެވެ. އޭރުން ތިޔަ ބުނާ ގޮތަށް ކަން ނުވިއަސް ޝަކުވާ އެއް ނެތެވެ.
ޖުއްބާ
03 June 2024
ތީ ކުރީގެ ސަރުކާރުގެ ޔޫތު މިނިސްޓަރު މަހުލޫފުގެވެސް ބަހުރުވަ ހުރިގޮތް. އެކަމަކު ބޯޅަދަނޑުން ފެނުނީ ބަންގާޅުމީހުން ވަދެ ފުރާލިތަން އެކަނި.
ބަރޯ
03 June 2024
ފަސް އަހަރު ފަހުން މީނާގެ މަގާމު ގެއްލިގެން ދާތަންވެސް އެބަ ފެނޭ......
އެހެން ކަމަކާ
03 June 2024
ކުރިން ވަރަށް ދަނޑަށް ވެސް ދިއައިން. އެކަމު މިހާރު ގޭންގުތައް ލައިގެން އެމީހުން އެ ދޮންނަން ގެންގުޅޭ އެއްޗަކަށް ފުޓުބޯޅަ ހެދިފަހުން ދިވެހި ފުޓުބޯޅައަކަށް ހެވެއް ނޭދެން. ކުޑަކުއްޖަކު ކުޅެލަން ދާނެ ތަނެއް މި މާލެ ސަރަހައްދަކު ނެތް. އޮންނަނީ ގޭންގުތަކުން ހިސޯރު ކޮށްފައިވާ ފުޓްސެލް ޕިޗުތަކެއް. އެތަން ތަނަށް ސްޕޮންސާގެ ގޮތުގައި ފައިސާ އަޅަނީވެސް ކޮންބައެއްކަން އެނގޭ. ވޭޕާ ސިނގެރޭޓު ކުޅުމުގެ ކުރިންނާ ފަހުން ބޮމުން ކޮން ފުޓުބޯޅައެއް.
އަބްޑޫޅް +
03 June 2024
އުހުނ. ނުފެނޭ. ފުޓުބޯޅާއަކީ ޕާޓީ ސިޔާސަތުގެ ބަދަލުގަ އޮތް އެއްޗެއް. މިހާރު، ކަލޭމެން ޕާޓީ ސިޔާސަތޭ ކިޔައިގެން ދައުވާކުރާ، ފުލޯކު އެއްޗެއް، ބޭރު ފުށުން، ދުނިޔެ ގަބޫލު ކުރޭ. އެހެންވީމަ ހަމަ ސެއްލަ. އެއްކަލަ 30 އަހަރުގެ ޑިކިޓޭޓަރުވެސް، ހަމަ މިގޮތަށް ސެއްލަ.
ޚސކސކ
03 June 2024
ތިޔައީ ހީވާ އެއްޗެއް.