އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ނޫސްވެރިންނާ ބައްދަލުކުރަނީ.
03 ޖޫން 2024 - 19:54
ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތަކާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ބިލްގެ ފުރަތަމަ ކިޔުން އިއްވުން މާދަމާގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.
އެ ބިލްގެ ފުރަތަމަ ކިޔުން މާދަމާ އިއްވުމަށް ފަހު އަނެއް ދުވަހު ބަހުސް ފަށަން ނިންމާފައިވާ ކަމަށް އެނގިފައި ވެ އެވެ.
އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް މީކާއިލް އިސްލާހެއް ހުށަހަޅުއްވައި މާދަމާގެ ޖަލްސާ އަށް އެ ބިލްގެ ފުރަތަމަ ކިޔުން އިއްވަން އެޖެންޑާކުރިއިރު، ޕާސްޕޯޓު މަނާކުރުމަށްޓަކައި އެ ގާނޫނަށް އިސްލާހެއް ގެންނަން ސަރުކާރުން ވެސް ވަނީ ނިންމައިފަ އެވެ.
އެކަމަކު، ސަރުކާރުގެ ވިސްނުން ހުރީ އެނގިފައިވާ ގޮތުގައި އާ ބިލެއް ހުށަހެޅުމުގެ ބަދަލުގައި މީކާއިލްގެ ބިލަށް އިތުރު އިސްލާހުތައް ގެނެސް އިޒްރޭލުގެ ޕާސްޕޯޓު މަނާކުރެވޭނެ ގޮތްތަކެއް ހޯދުމެވެ. ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
މީކާއިލްގެ އިސްލާހުގައި ވަނީ އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތަސް އިޒްރޭލު ޕާސްޕޯޓެއް އޮތް ނަމަ ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފަ އެވެ.
މީކާއިލްގެ އިސްލާހު މަޖިލިހަށް ވައްދާފައި ވަނިކޮށް، ސަރުކާރުން އާ އިސްލާހެއް ހުށަހަޅަން ނިންމުމުން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ކަންބޮޑުވުން ފާޅުކުރި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ކެބިނެޓުގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އިޒްރޭލުގެ މީހުން ރާއްޖެ އެތެރެވިޔަ ނުދިނުން ހުއްޓުވުމަށްޓަކައި ގާނޫނަށް އިސްލާހު ގެންނާށެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ހިމެނިވަޑައިގަންނަވާ ގޮތަށް ވަޒީރުންގެ ކޮމިޓީއެއް ވެސް ރައީސް ވަނީ އުފައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަމާން އަލީ
04 June 2024
އަހަރުމެންގެ ރައީސް އޮތީ މިކަން ކޮށްފަ. މިކަމާ ނޫޅޭ
ފަތުހުﷲ
04 June 2024
މިކަހަލަ ވާހަކަ އެމްޑީޕީއިން ދެއްކީމަ ހުތުރު. 5 އަހަރެއްގަ ސުޕަރ މެޖޯރިޓީ އޮވެ ކުރެވުނު ކަމެއް ބުނެބަލަ
މުހައްމަދު ޖިހާދު
04 June 2024
ބަލަގަ ކަލޭމެންނަށް ސުޕަރ މެޖޯރިޓީ ލިބުނީމަ ކީއްވެ މިކަން ނުކުރީ
ތުބާ ނާޒިމް
04 June 2024
ބަލަގަ ސަރުކާރުން މިކަން ކުރީމަ ކޮން ކްރެޑިޓެއް ނަގަން އުޅޭކަށް.
ސިމާހް އަލީ
04 June 2024
ކަލޭމެން ތިކަމާ ނޫޅުނަސް ސަރުކާރުން މިކަން ކޮށްފި. މޮޔަ ނުވޭ މީކާއިލް
ޕީއެންސީގެ ސަޕޯޓާރެއް
04 June 2024
އެންމެ މޮޔަ މީހާއަށް ވެސް އެގޭނެ ޔަހޫދީން މަނާކޮށްފިއްޔާ އެ ޚަބަރް ފަތު އަޑު ކިޔާފައި ދުނިޔެއަށް ފެތުރިގެން ދާނޭ ކަމާއި ޔަހޫދީނަށް ހަމްދަރުދީ ވާ ޔޫރަޕާއި އެމެރިކާގެ ސިޔާސީ މީހުނާއި ފަރުދުންނާއި ރާއްޖެ ބޯއިކަޓްކުރަން ގޮވައި ހެދުމުން އިގްތިސޯދު ފުނޑި ސަރުކާރުގެ ވައުދުތައް ނުފުއްދި މުއިއްޒު ދައުރު މެދު ތެރޭން ވެއްޓޭނީ ނޫނީ ރިޔާސީ އިންތިހާބްގައި އެމްޑީޕީގެ ޝާޙިދް ހޮވޭނީ. ފަލަސްތީން މައްސަލަޔަކީ ކޮންމެ ބަޔަކުވެސް އަމިއްލަ ފައިދާ ބޭނުން ކުރާ ހަތިޔާރެއް
ބަސީރު
04 June 2024
މަ ގޭ ޝެންގެން ވިސާ ނުލިބޭނެދޯ. ޔޫރަޕްގަ ކިޔަވަން ތިބި ކުދިން ކޮޅު ދެން ތިޖެހުނީ އަވަހަށް ރާއްޖެއަށް އަންނަންތާދޯ. ބަޔަކު އަނެއްކާ އެކުދިން ކޮޅާ ދިމާކޮއްލައިފިއްޔާ ކިހިނެއްދޯ ހަދާނީ
ޙޮލޭ
04 June 2024
ޢެމެރިކާ ސިފައިން ޣައްޒާގައި އެޅިފާލަން ކަހަލަ ކަމެއް. އަޅުގަނޑު ހިތައް އަރަނީ ވ.ވ.ވ.ވ ތާކުންތާކު ނުޖެހޭ ކަޓު އަދި ދިވެހިން ދެކި ބާވެފައިވާ ވައްތަރުގެ ސިޔާސީ ފިތުނަ ހަދައިގެން ރައްޔިތުން ތާއީދު ކުރާނެކަމަށް ސިޔާސީން ދެކޭދެކުން ބަދަލު ނުވަނީބާއޭ؟ ޢެމް.ޑީ.ޕީ ބޮނޑިބުއި އަސްލު ސަބަބަކީވެސް އެއީ.
ރަދުން
04 June 2024
ތިކޮށައިދެނީ އެމްޑީޕީއަށް މަގު.
ހުސެންް
04 June 2024
ޓޫރިޒަމް ގުރުބާން ނުކުރޭ!!! އެމީހުންގެ ހާލާއިގެން އެމީހުންއުޅޭނެ. އަހަރަމެންނަށް ކުރެވޭނެ ކަމަކީ ދުއާކުރުމާއި، އެހީތެރިކަން ފޯރުކޮށްދިނުން. ރަޝިޔާކަހަލަ ގައުމަކަށް އެމެރިކާއިން ނުކުޅެވުނަކަސް، އެމެރިކާ އަޅާލާ އެންމެ ފޮޔަވަޅަކުން މިގައުމުދާނެ ފުނޑިގެން. ވީމާ ވަކިފަރާތަކަށް ނުޖެހި އަހަރެމެން އަހަރެމެންގެ އަމިއްލަ ހާލާއިގެން އުޅުން މާބުއްދިވެރިވާނެ. ޓޫރިޒަމަކީ ކަތިލާ ކަންބަޅިޔަކަށް ނަހަދާ.