ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ގައުމީ ސަލާމަށް ސެލިއުޓްކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
05 ޖޫން 2024 - 12:25
ކުރިއަށް އޮތް ހަތަރު އަހަރަށް ކަނޑައެޅި ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭނާ އެކު، އެ އިދާރާގެ ހިދުމަތްތައް ލާމަރުކަޒު ކުރުމަށް ހާއްސަ އިސްކަމެއް ދެވޭނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފުތިތާހު ކޮށްދެއްވީ މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.
އެ ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވީ ފުލުހުންގެ ގާނޫނުގައިވާ ގޮތަށް އެ އިދާރާގެ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެ އިދާރާގެ ހިދުމަތްތައް ލާމަރުކަޒު ކުރުމުގެ ބޭނުމަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުން ކަމަށާއި އެއީ ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭންގައި ވެސް ހާއްސަ އިސްކަމެއްދީފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވެ، ލާމަރުކަޒު ކުރުމަށްޓަކައި އަޅުގަނޑުމެން ކަނޑައަޅާފައިވާ ބައެއް ކަންތައްތައް ވަރަށް ތަރުތީބުކޮށް މި ޕްލޭންގެ ދަށުން ކުރިއަށް މި އޮތް ހަތަރު އަހަރުގެ ތެރޭގައި ތަންފީޒު ކުރެވިގެންދާތަން ފެންނާނެ،" އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފުލުހުންގެ ހިދުމަތްތައް ލާމަރުކަޒު ކުރާނީ ރައްޔިތުންނާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ގުޅިގެން އެ އެންމެންގެ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ އެ މަސައްކަތުގެ ދަށުން މިހާރު ފުލުހުން މާލެ އިން ކޮންޓްރޯލް ކުރަމުން އަންނަ ވަރަށް ގިނަ ކަންކަމުގައި ގޮތް ނިންމުމުގެ ބާރު އަތޮޅުތަކުގައި ތިބި ރީޖަނަލް ކޮމާންޑުތަކަށް ދޫކޮށްލާނެ ކަމަށެވެ. މި ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ފުލުހުން ހިދުމަތް ދިނުމުގައި ލާމަރުކަޒީ ނިޒާމެއް ގެންގުޅޭ ނަމޫނާ އިދާރާއަކަށް ފުލުހުން ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނި ގޮތުގައި، ފުލުހުންގެ އާ ސްޓްރެޓެޖިކް ޕްލޭންގައި ވަނީ މައިގަނޑު ފަސް ކަމަކަށް ހާއްސަ އިސްކަމެއްދޭން ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ؛
• ކުށާއި ކުށުގެ ބިރުވެރިކަން ނައްތާލުމަށް މަސައްކަތްކުރުން.
• ފުލުހުންނާއި މުޖުތަމައާ އޮންނަ ގުޅުން ވަރުގަދަކުރުން.
• ފުލުހުންގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ފިޒިކަލް އިންފްރާސްޓްރަކްޗާ އާއި ޓެކްނޮލޮޖީ އަދި އެހެނިހެން ވަސީލަތްތައް އަޕްގްރޭޑްކުރުން.
• ފުލުހުންގެ އެތެރޭގެ ޑިޕާޓްމަންޓްތަކާއި ސިސްޓަމްތަކާއި ޕްރޮސެސްތަކާއި ގަވާއިދުތަކާއި ޕޮލިސީ އަދި ޕްރޮސީޖާތައް ރިވިއުކޮށް އިސްލާހުތައް ގެނައުން.
• ފުލުހުންނަކީ ދެފުށް ފެންނަ ޕްރޮފެޝަނަލް ހިދުމަތެއް ދޭ އިދާރާއަކަށް ހަދައި، ފުރިހަމަ އަށް ޖަވާބުދާރީ ވެވޭ ވަރުގެ ތަނަކަށް ހެދުން.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ހަސީނާ
06 June 2024
ބަސް މަދު ކުރާށެވެ. އަމަލް ގިނަ ކުރާށެވެ.
ބަރުބާދު
06 June 2024
ފުލުހުން ލާމަރުކަޒުނުވެ ކިހިނެއްތޯ ހިދުމަތް ލާމަރުކަޒުކުރާނީ؟.
ޙަސަން ބިކާރީ
05 June 2024
ފުލުހުންގެ ތެރޭތިބި ދުވަސްވީ ވެރިން ބޭރުކުރަން ޖެހޭ. ޢެނޫން ގޮތަކަށް ތަން ރަނގަޅެއް ނުވާނެ. ކޮންމެ ވެރިކަމެއް އަޔަސް ތިބެނީ އެމީހުން. ދުވަސްވީ ވެރިންގެ މަސައްކަތުގެ ޖޯރު މިހާރު ވަނީ ގެއްލިފަ. ޙިދުމަތެއް އެމީހުން ފަރާތުން ނުލިބޭ. ބަދަލަކަށް ނުހޭނޭ. ޓެކްނޮލޮޖީ އަކަށް އަހުލުވެރިއެއް ނުވޭ. މުޅި ފުލުސް އޮފީސް ހިނގަނީ އޮޓޯގަ.
ޕަބްޖީ
05 June 2024
މަރުކަޒްކޮއްފަ އޮންނައިރުވެސް ތިބެނީ ޕަބްޖީ ކުޅެން ، ދެން ލާމަރުކަޒް ކުރީމަ ވާނީ ކިހިނެއް.
ޙަމީދު.
05 June 2024
މަރުކަރުކޮށް އެންމެ ސީޕީ އަކާއި އޭނާގެ ވަށައިގެން އެބުރޭ ދެތިން މީހެއްގެ ބާރުގައި ތަން އޮތުމުގެ ބަދަލުގައި ރީޖަންތަކަށް ބާރު ދިނުމުން ކޮންމެ ރީޖަނެއްގައިވެސް ސީޕީއެއް އަދި އެސިސްޑެންޓުން ތިބޭނެ. މިހާރަށްވުރެން ބޮޑުތަނުން ހިދުމަތާއި އިތުބާރު ފުލުހުންނަށް އޮންނާނެ.
1828
05 June 2024
ލާމަރުކަޒެއް ނުކުރާނެ. ތިޔައީ ހުސް ހޮޅިވާހަކަ. ސަރުކާރުވެސް އަދި ފުލުހުންވެސް ބޭނުމެއްނުވާނެ މާލެގައި އޮތް ބާރުތައް ރާއްޖެތެރެއަށް ދޭކަށް.
ޑރ ވާންޗޯ
06 June 2024
ލާމަރުކަޒުކުރުމަކީ މާލޭގައޮތް ބާރުތަކެއް ރާއްޖެތެރެއަށް ދިނުމެއްނޫން، އެއީ މާލޭގައޮތް ބާރުވެރިކަން ރާއްޖެތެރެއަށްވެސް ފުރިހަމަޔައް ހިންގުން.
ބޮޑުހުސޭނު
05 June 2024
އަމިއްލަގޭގަމިތިބެނީބަންދުވެގެން. ވައިރޯޅިޔެއްވައްދާލަންކުޑަދޮރެއްހުޅުވާލިޔަސް ވައިރޯޅިޔަށްވުރެކުރިންވަންނަނީ ޕާޓޭޔެއް. ހަމަޔަށްޓްރެފިކުވެސް ނުބެލެހެއްޓޭ. މަގުމަތީ އަމާންކަމެއް ނެތް. މޮޅުވާހަކަދައްކަން ހަޔާތެއްނެތް.
އޮނަރަބްލް އަފީފު ދީދީ
05 June 2024
ތިޔަ ސްޓްރެޓެޖިކް ޕްލޭންގެ އިތުރުން ދިވެހި ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތައް ގެނެސް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަޅާ ކޮންމެ ރީޖަނެއްގައި ކޮމިޝަނަރ އަކު ބަހައްޓަވާ 3 ރީޖަންގެ ކޮނިޝަނަރ ރިޕޯޓް ކުރައްވާންޖެހޭ ފަރާތަކީ ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ކަމުގައިކަޑައަޅާ މިބަދަލުތައް ގެނައުމަށް ޕޮލިސް ބޯޑަށާއި މަޖިލީހަށް ހުށަހަޅުއްވާ.
1828
05 June 2024
ތިކަންކަމެއް ނުކުރާނެ. ކަމިޝަނަރ ހުންނަވަން ޖެހޭނީ އެމީހުން ޤަބޫލުކުރާ ގޮތުގައި މާލޭގައި އެކަނި.
ޕޮލިސްގައި
05 June 2024
މިކަމަށް ތާއިދު. މީގެ ދިރާސާއެއް އަޅުގަނޑު ކުރިން މެލޭޝިޔާގައި އޮންނަނީ ތިގޮތައް. އެ މޮޑެލް އެންމެ ރާއްޖެ އާއި އެންމެ ގުޅޭ ޕޮލިސިންގ މޮޑެލް އަކީ.
ރިޓަޔާޑް.
05 June 2024
އަސްލު ތިޔަފަދަ ބަދަލު ތަކެއްގެނެސްގެން ނޫނީ މިތަނުގައި ވަކި ހިއްޕައިގެން ތިބި މީހުންގެ އަށްދަށުން ތަން ސަލާމަޔް ނުވާނެ. 3 ރީޖަނަކަށް އޮތީމާ ކަންކަން އެތައް ގޮތަކުން ޕުރޮފެޝަނަލައިޒް ކުރެވޭނެ.
ޙަމީދު ސަރު.
05 June 2024
1828 އެބުނީ ހަމަ ތެދެއް. މިތަނުގެ ތެރޭގައި އެބަތިބި މާލެ ނޫން ސަރަހައްދަކަށް ދާން ބޭނުން ނުވާ އެތައް ބައެއް. އެމީހުން ތިކަމަކަށް ތާއީދެއް ނުކުރާނެ. އަނެއްކާ އެއީ މާބޮޑު އެއްޗެއް ނޭގުނު ކަމަށްވިޔަސް ސަރު މެންގެ ބާރުގައި ނުފޫޒުގަދަ ބައެއް.
އޮނަރަބްލް އަފީފު ދީދީ
05 June 2024
1828 އަށް: ތިއީ ތެދެއް. އެކަމަކު އަޅުގަނޑުމެން މިފަދަ ޕްލެޓްފޯމް ތަކުގައި "މާލެސަރުކާރުގެ އެއްރަށްދައުލަތް ޤަބީލާ ވަންތަ ސިޔާސަތާއި ދެކޮޅުކަން" ހާމަކޮށް އަޑު އުފުލުމުގައި ދެމިތިބެންޖެހޭ. އިއްޔެ ކުރިލިބިފައި ނެތް ކަމަށްވިޔަސް އަދި މިއަދު މާބޮޑު އުއްމީދެއް ނެތި ތިބިކަމުގައިވިޔަސް "މާދަމާ ޙާލަތު ބަދަލު ކުރެވޭނެ ކަމާއިމެދު އޮތް އުުއްމީދު ކުޑައެއްނޫން" އިގޭތޯ. 1828 މިސިޔާސަތާއި ދެކޮޅަށް ކޮންމެ ލިއުމަކަށްވެސް ކޮމަންޓް ކުރެވޭތޯ ބަލާތި.
އޮނަރަބްލް އަފީފު ދީދީ
05 June 2024
މަތީގައިދެންނެވި ބަދަލުގެނެސްފިނަމަ ފުލުހުންގެ ތެރޭގައި "މަޤާމްގެ ނާޖާއިޒުބޭނުންކޮށްގެން ހިންގިދާނެ އެތައްކަމަކަށް" ހައްލުހޯދަން ފުރުސަތުލިބޭއިރު 3 ރީޖަންގެ ޔުނިޓްތަކުގެ އިސްވެރިން އެއް ރީޖަނުން އަނެއްރީޖަނަށް ބަދަލުކުރުމާއި އުތުރުގައި ހިންގާ ބައެއް ސިއްރު އޮޕަރޭޝަން ތަކަށް ދެކުނުގެ ޑިވިޝަން އަދި ސެންޓްރަލްގައި ހިގާ ހަމަނުޖެހުން ހުއްޓުވުމަށް އުތުރުގެ ފުލުސް ފައުޖު ބޭނުންކުރުންފަދަ އެތައްކަމެއް ކުރެވި ފުލުހުންނަށް އޮންނަ ނުރައްކާވެސް ކުޑަކުރެވޭނެ.
އޮނަރަބްލް އަފީފު ދީދީ
05 June 2024
ތިޔަ ބަދަލުތައް ގެނެސް ނިމޭއިރުވެސް އޭރިޔާތަކުގެ ރީޖަނަލް އޮފީސްތައް ހުންނާނީ "މީހުން ދިރިނޫޅޭ" ފަޅު ރަށް ރަށުގައިތޯ!؟ އައްޑޫ ފޭދޫ، މަރަދޫ އަވަށުގައި ފުލުހުންގެ އިދާރާއެއް ފުލުސް ޕޯސްޓެއްވެސް ނެތި ޖެހިގެންއޮތް ފަޅުރަށް އާދެ ގޭން އެއަރޕޯޓްގެ ބޮޑު ބައެއްގައި ފެންސް ޖަހައި ޕިކްނިކް ކޭމްޕް ފަދަ ތަނެއް ހަދައިގެން އެތަނަށްވަދެ ފުލުހުން ތިބުމުން ރައްޔިތުނަށް އޮތީ ކޮން ރައްކަލެއްތޯ!؟ އެތަން މިހާރު ބޭނުންކުރަނީ މާލޭން ދާމީހުންގެ ހޮލިޑޭ ހޯމް އެއްގެ ގޮތަށް.
ލާމަރުކަޒީ
05 June 2024
ފުލުހުންނާއި ސިފައިންނާއި އިމިގްރޭޝަން ލާމަރުކަޒު ކުރުމަކީ ނުރައްކާތެރިކަމެއް.
1828
05 June 2024
ދެން މަރުކަޒުކޮށްފައި މުޤައްދަސް މާލޭގައި ބޭވީމައި ނިމިނީއެއްނު؟