އެވެންޖާސް 5 ގެ ކަވާ
07 ޖޫން 2024 - 07:43
މާވެލް ސްޓޫޑިއޯސްގެ ސުޕަހީރޯ ފިލްމު ސީރީޒް "ދަ އެވެންޖާސް"ގެ ފަސްވަނަ ފިލްމު ރިލީޒްކުރާނެ ތާރީހާއި އަދި ފިލްމުގެ ކާސްޓު އިއުލާންކޮށްފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، "ދަ އެވެންޖާސް 5" އިން މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ 60 ކެރެކްޓަރު ފެންނާނެ އެވެ.
ނަމަވެސް މި ފިލްމުގެ ހާއްސަ ކެރެކްޓާތަކުގެ ތެރޭގައި ހިމެނޭ މާކް ރަފަލޯ، ކްރިސް ހެމްސްވޯތު، ބެނެޑިކްޓް ކަމްބާބެޗް އަދި ޓޮމް ހިޑްލްސްޓޯން ކަހަލަ އެކްޓަރުން ފިލްމުން ފެންނާނެ ކަމުގެ ޔަގީން ކަމެއް ލިބިފައި ނެތް ކަމަށް ރިޕޯޓްތައް ބުންޏެވެ.
ކުރިން މި ފިލްމުގެ ޓައިޓަލްގެ ގޮތުގައި ކަނޑައެޅި "އެވެންޖާސް: ދަ ކޭންގް ޑައިނާސިޓީ" މިހާރު ވަނީ ނަމުން އުނިކޮށްފަ އެވެ.
މި ފިލްމު ރިލީޒުކުރާ ގޮތަށް ނިންމާފައި ވަނީ 2026 ވަނަ އަހަރު މެއި މަހުގެ އެއްވަނަ ދުވަހު އެވެ.
މިއީ އެމްސީޔޫގެ ހަވަނަ ފޭސްގެ ފުރަތަމަ ފިލްމެވެ. އަދި މި ފިލްމު ފެށޭނީ "ފެންޓާސްޓިކް ފޯ"ގެ މަންޒަރަކުން ކަމަށް މާވެލް ސްޓޫޑިއޯގެ ވެރިޔާ ކެވިން ފީޖް ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
09 June 2024
ދިވެހި ސްޓާރރަކު ތިކަހަލަ އިންޓަރނޭޝަލް ފިލްމަކުން ފެންނަން ވަރަށްބޭނުން.... ބޮއިހަލަކި
ބޮނީ
07 June 2024
މި ވެސް ނޫޅުން ދޯ ނިމޭކަށް. އާ ފިލްމް ތައް އާ ކެރެކްޓަރޒް އާ އެކީ ހަދާ ކަށް ނުވޭތް އަދިވެސް.
ކަނީ
07 June 2024
މި ކޮމެންޓު ފެނިފައި މާވެލުން މިކަމާ ވިސްނާނެ
މާވެލް
09 June 2024
ތިކަން ބަލަމުން މިދަނީ