އީދު ބަންދެއްގައި ބަޔަކު ދަތުރުކުރަން ތައްޔާރުވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 ޖޫން 2024 - 19:42
މި އަހަރުގެ ހައްޖު ދުވަސް ރާއްޖޭގެ ކަލަންޑަރުގައި އޮތް ދުވަހަށްވުރެ އަވަސް ވިއަސް، އީދު ޗުއްޓީއަށް ބަދަލެއް ނާންނާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން ނެރުނު ދެންނެވުމުގައި ބުނީ ސައުދީ އަރަބިއްޔާއަށް ހަނދު ފެނުމުން، ރާއްޖޭގައި ވެސް މިއަދަކީ ޛުލްހިއްޖާ މަހުގެ އެއް ވަނަ ދުވަސްކަމާއި އަރަފާތު ދުވަހަކީ އަންނަ ހަފުތާގެ ހޮނިހިރު ދުވަސް އަދި އަޟްހާ އީދަކީ އެއާ ޖެހިގެން އަންނަ އާދިއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.
ކަލަންޑަރުގައި ކުރިން އޮތް ގޮތުން ޒުލްހިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ އެވެ. އަދި އަރަފާތު ދުވަހަކީ މި މަހު 16 އެވެ. އަދި ބޮޑު އީދު ދުވަހަށް ވަނީ މި މަހު 17 އެވެ.
ދެންނެވުމުގައި ބުނީ އީދު ދުވަހާ ގުޅިގެން ބަންދުވާނީ މި މަހުގެ 17، 18، އަދި 19 ވަނަ ދުވަހަށް ވިއަސް، ކަލަންޑަރުގައި ކުރިން އޮތް ގޮތުން މި މަހުގެ 20 ވަނަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ބަލައި ގިނަ ބަޔަކ ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރުތައް ހަމަޖައްސާނެ ކަމަށެވެ.
އެހެންވެ، ސަރުކާރުގެ އޮފީސްތައް ޖޫން 20 ވަނަ ދުވަހު ހުޅުވައިފި ނަމަ ވަރަށް ގިނަ މުވައްޒަފުންނަށް ދަތިވާނެ ކަމަށް ފެންނާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށް، ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒު ނެރުއްވި ދެންނެވުމުގައިވެ އެވެ.
އެއާއެކު، އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ، ކުރިން ވެސް ހަމަޖައްސާފައިވާ ގޮތަށް މި މަހުގެ 23 ވަނަ ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަނ
08 June 2024
ރަނގަޅު ގޮތެކެވެ. މުސްލިމުންގެ ޚާއްސަޢީދެކެވެ.ފަސްދުވަސް ލިބޭގޮތަށް ހަފުތާއެއްގެ މުއްދަތު ޢީދަށް ދޭންވީއެވެ.
މުހައްމަދު
07 June 2024
ޗުއްޓީގައި ތިއްބަވާ އިރު ވީހާ ގިނަ ގިނަ އިން އެދުވަސް ތަކުގައި ޢީދު ތަކުބީރު ކިޔުމާއި ޔަހޫދީންގެ ފަރާތުން ފަލަސްތީނު ރައްޔިތުންނަށް ލިބޭ އަނިޔާތަކާއި ކުރިމަތިވާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށް، އަމާންކަމާއި ކެތްތެރިކަމާއި ރައްކާތެރިކަން ދެއްވުމަށް އެދި ދުޢާކުރުމަށް އެދެން!
މަންޠިޤް
07 June 2024
ހައްޖުދުވަސް އަވަހެއްނުވޭ! ކުރިންވެސް، މިހާރުވެސް އަދި ފަހުންވެސް އެދުވަސްވާނީ ހަމަ ޛުއްޙިއްޖާ މަހުގެ 9 ވަނަ ދުވަހަށް. ކަލަންޑަރު ހެދި މީހުންގެ ހިސާބު ދިމާނުވީމަ ގޯސްމިވީ ހަނދު.
ޖައުފަރް
07 June 2024
ރައްޔިނުންގެ އިހުސާސް ދަންނަށް ވެރިއެއް. މޭން އެއް
ކިޔާން
07 June 2024
ތެންކިއޫ ރައީސް. އަހަރުމެން ރައީސް ވަރެއް ނޯންނާނެ
ތިހާމް އަލީ
07 June 2024
އީދު ދިގުވީ. ރާއްޖެ އިން ބޭރަށް ދާން ވީ ދެން. ސަޅި
ހަނީފް އިމްތިޔާޒް
07 June 2024
ގިނަ ދުވަސް އީދަށް މިލިބުނީ. ސަޅި
އަފާފް އަބްދުލް މަޖީދު
07 June 2024
މިއީ އީދަށް ކުރިޔާލާ ޗުއްޓީ ނެގި މީހުންނަށް ރަނގަޅު ނިންމުން. ވިސްނުން ރަނގަޅު ސާރުކާރުގެ
އައިޝަތު މުނީޒާ
07 June 2024
މިހެންވެ މި ސަރުކާރު ކަމުދަނީ. އަދި އީދު އަވަސް ވިޔަސް ލިބެން އޮތް ޗުއްޓީ ކުރު ނުކުރާތީ
އަމީން މުހައްމަދު
07 June 2024
ރައްޔިތުންގެ އިހްސާސްތައް ދަންނަ ސާރުކާރެއް ވީމަ ނުކުރަން. ޝުކުރިއްޔާ