ވިޔަފާރި / އޭޑީކޭ ހޮސްޕިޓަލް

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ސެޕްޓެމްބަރުގައި ބާއްވަނީ

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ވެނޫ ޕާޓްނަރާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭޑީކޭ ހޮސްޕިޓަލުން ކޮންމެ އަހަރަކު ވެސް ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ސެޕްޓެމްބަރު މަހު ބާއްވަން ނިންމައި އިއުލާނުކޮށްފި އެވެ.

އެކަން އިއުލާނު ކުރެއްވީ އެ ހޮސްޕިޓަލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި މި އަހަރުގެ ކޮންފަރެންސް އޮންނާނީ ސެޕްޓެމްބަރު 9 އިން 12އަށެވެ.

މި ބައްދަލުވުމުގައި އަފްއާލް ވިދާޅުވީ މި ކޮންފަރެންސަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ކޮންފަރެންސެއް ކަމަށެވެ، އަދި މި ކޮންފަރެންސަކީ ސިއްހީ ދާއިރާއިން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސްކަން އޭނާ ފާހަގަކުރެއްވި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"މި ފަހަރުގެ ކޮންފަރެންސްގައި ވެސް ރާއްޖޭގައި ތިބި ސިއްހީ މާހިރުންނަށް ބޭނުންވާ ތަމްރީނުތައް ތަރައްގީކުރުމަށް ބާއްވާ ވޯކްޝޮޕްތައް ކުރިއަށް ދާނެ. މި ވޯކްޝޮޕްތަކަކީ ދާއިރާގެ ކުންފުނިތަކާއި، ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުން ހިންގާ ވޯކްޝޮޕްތަކެއް. މި ވޯކްޝޮޕުން ވެސް ސިއްހީ ދާއިރާގެ ފަރާތްތަކަށް މި ދާއިރާގެ އެންމެ ފަހުގެ މައުލޫމާތުތަކާއި އެކި އިކުއިޕްމަންޓާ ގުޅޭ މައުލޫމާތުތަކާއި، ތަމްރީނުތައް ލިބޭނެ." އަފްއާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފަހަރު ވެސް ލައިވް ސާޖަރީޢެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ސާޖަރީ ލައިވް ސްޓްރީމްކުރާނެ ކަމަށެވެ. އަދި މި ފަހަރު ކޮންފަރެންސް ވެނިއުގައި ތިބޭ ބައިވެރިންނަށް ވެސް، މި ސާޖަރީ ލައިވްކޮށް ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މި ކޮންފަރެންސަކީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އަޅުގަނޑުމެން ކުރަމުންދާ ވަރަށް މުހިންމު މަސައްކަތެއް. މި ކޮންފަރެންސްގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ ވަރަށް ބޮޑަށް ކުރިއަރައިފި ކަމަށް ގަބޫލުކުރަން،" އައްފާލް ވިދާޅުވި އެވެ.

ބްރެއިން އެންޑް ސްޕައިންގެ ނަމުގައި ކުރިއަށް ގެންދާ ކޮންފަރެންސްގައި އިލްމީ ހޯދުންތައް ހުށަހަޅައި ދާއިރާއާ ގުޅުން ހުރި އެކި މައުލޫތަކަށް މަޝްވަރާ ކުރެ އެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑޮކްޓަރުން ބައިވެރިވާ މި ކޮންފަރެންސްގައި އޭޑީކޭ ހޮސްޕިޓަލުން ދާއިރާއާ ގުޅޭ ގޮތުން ތައާރަފުކުރަންް ނިންމާފައިވާ އާ ހިދުމަތްތައް އިއުލާނު ވެސް ކުރެ އެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޑައިމަންޑް ޕާޓްނަރާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މި ކޮންފަރެންސްގެ ޕާޓްނަރުންނާ އެކު ވަނީ ސޮއިކޮށްފަ އެވެ. މި ކޮންފަރެންސްގެ ވެނިއު ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައި ވަނީ ވިލާ ނޯޓިކާ އެވެ. އެ ތަނުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުއާވިޔަތު އުމަރެވެ. ޑައިމަންޑް ޕާޓްނަރެއްގެ ގޮތުގައި ސޮއިކުރީ ވޯލްޑިވްސް އެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ފަސީހު އެވެ.

އައްފާލް ވިދާޅުވީ މި ކޮންފަރެންސް އަކީ ކާމިޔާބު ކޮންފަރެންސެއްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ދަނީ ޕާޓްނަރުންގެ އެހީތެރިކަމާއި އެކު ކަމަށެވެ. އަދި ކޮންމެ އަހަރަކު މި ކޮންފަރެންސަށް ވިލާ ނޯޓިކާ އާއި ވޯލްޑިވްސްއިން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރެއްވި އެވެ.

މި ކޮންފަރެންސަކީ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ޑޮކްޓަރުން ބައްދަލުވެ، ހިޔާލު ބަދަލުކޮށް، ދާއިރާގެ މައުލޫމާތު މުއްސަނދިކުރަން ލިބޭ ފުރުސަތެކެވެ. މި ކޮންފަރެންސް އެންމެ ފުރަތަމަ ބޭއްވީ 2017 ވަނަ އަހަރު އެވެ. މިއީ މި ކޮންފަރެންސް ބާއްވާ ހަ ވަނަ އަހަރެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454