15 ޑިސެމްބަރ 2025 - 22:44
މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ، އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީ ޕްރޮގްރާމްގެ ދަށުން މިދިޔަ މަހު ގާތްގަނޑަކަށް 7.6 މިލިއަން ރުފިޔާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހަމަޖައްސައިދީފި އެވެ.
އެންސްޕާއިން މިއަދު އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ހޯދި ފަރުވާތަކަށް އެހީއަށް އެދުނު 278 ކޭސްއަކަށް 4.5 މިލިއަން ރުފިޔާ ހަމަޖައްސައި ދިނެވެ.
އޭގެ ތެރެއިން 1.2 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދީފައިވަނީ ކަށީގެ ބަލިތަކުގެ 44 ކޭސް އަކަށެވެ. ދެވަނައަށް އެންމެ ގިނައިން އެހީ ދީފައިވަނީ ކުޑަކުދިންގެ ބަލިތަކަށެވެ. އެގޮތުން، 19 ކޭސްއަކަށް 871،000 އަށް ވުރެ ގިނަ ރުފިޔާގެ އެހީ ވަނީ ދީފަ އެވެ.
ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް އެހީ ހަމަޖައްސާދެވުނު ގޮތުގެ ތަފްސީލް
— NSPA (@NSPAmaldives) December 15, 2025
ނޮވެންބަރު 2025 pic.twitter.com/pzJ9p1Eyts
މީގެ އިތުރުން ވިހެއުމުގެ ތަފާތު 60 ކޭސްއަކަށް ވެސް ޓްރީ ޓޮޕް ހޮސްޕިޓަލަށް 820،000ރ. އަށް ވުރެ ގިނައިން އެންސްޕާއިން މިދިޔަ މަހު ދޫކޮށްފައި ވެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން މިދިޔަ މަހު އެހީއަށް އެދުނު ތަފާތު 166 ކޭސްއަކަށް 3.05 މިލިއަން ރުފިޔާގެ އެހީ އެންސްޕާއިން ފޯރުކޮށްދިން ކަން ހިސާބުތަކުން ދައްކަ އެވެ.
އޭޑީކޭއިން ހޯދި ފަރުވާތަކުގެ ތެރެއިން އެންމެ ގިނައިން އެހީ ފޯރުކޮށްދީފައިވަނީ މައިބަދަ އާއި ނާރުގެ ބަލިތަކަށް ފަރުވާކުރުމަށެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ހުޅުވި އަމިއްލަ ހޮސްޕިޓަލް އޭޑީކޭ އިން 17 ކޭސްއަކަށް އެންސްޕާއިން ވަނީ 754،00 އަށް ވުރެ ގިނަ ރުފިޔާ އެހީ ދީފަ އެވެ.
އޭޑީކޭ އަށް ބަލާއިރު ދެވަނައަށް އެންމެ ބޮޑު އެހީއެއް ދީފައިވަނީ، ހިތުގެ އެކި ބަލިތަކުގެ ތަފާތު 16 ކޭސްއަކަށް 618،000 އަށް ވުރެ ގިނަ ރުފިޔާ އެވެ.
އެއާއެކު، މިދިޔަ މަހު އެ ދެ ހޮސްޕިޓަލުން ފަރުވާ ހޯދި 444 ކޭސްއަކަށް ޖުމްލަ 7،598،203.12ރ. ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ތެރެއިން ދޫކޮށްފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
16 December 2025
އޭޑީކޭ އާއި ޓްރީ ޓޮޕް އަށް ބޮޑު ފައިދާ އެއް ވަނީ އެންސޕާ އިންނެވެ. ރަށް ރަށުން ބޭސް ފަރުވާ އަށް އޭޑީކޭ އަށް އަންނަ މީހުން އޭޑީކޭގެ ރެސްޓޯރަންޓް އަށް ވަދެބަލާށެވެ. މިސަރަހައްދުގެ ގައުމުތަކަށް ވުރެ އެއްޗެހީގެ އަގު ބޮޑު ވާނެ އެވެ. ސަރުކާރު ބިމެކެވެ.
އަމޭރު
16 December 2025
ތިޔަ ހޮސްޕިޓަލްތައް ތިޔަ ހިންގައިދެނީ ސަރުކާރުން ރައްޔިތުންގެ ފައިސާއިން ދޯ
ޙަމަހުވާ
16 December 2025
އޭޑީކޭ އަކީ ދައުލަތާ ރައްޔިތުން ދޮންނަ މެޝިނެއް.
ފޫހި
16 December 2025
ތި ހަރަދުގެ 80% އަކީ ފުލުހުންނާއި ސިފައިންގެ އާއިލާތަކައް ކުރާ ހަރަދު
އިސްރާފް
16 December 2025
ކޮބާ ތި ދެ ހޮސްޕިޓަލް ހިންގަން ސަރުކާރުން އާސަންދައިގެ ގޮތުގަ އަދި ދޭ އެތައްސަތޭކަ މިލިއަންރުފިޔާގެ ވާހަކަ؟ އަމިއްލަ ހޮސްޕިޓަލްތަކަށް ސަރުކާރުން އާސަންދަ ދޭކަށް ނުޖެހޭ (ހަމައެކަނި ސަރުކާރު ހޮސްޕިޓަލްތަކުން ނުކުރެވޭ ކަންކަން ކުރަންނޫނީ)
ޙާސިލުވުން
16 December 2025
އެވަރިހަމަ ދޯ ސަރުކާރު ހޮސްޕިޓަލުގެ ބައެއް ޑޮކްޓަރުންނަށް ދައްކަން އޮންނަ ވެއިޓިންގް ލިސްޓު ދިގު ކަމުން އެތައް މަހެއްވާއިރު ވެސް ޑޮކްޓަރަށް ނުދެއްކުނަސް. ބަލި މީހާ ދުނިޔެ ދޫކޮށްފަ ދާ ފަހުން ވެސް އެބަހުރި ނަންބަރު ޖެހިގެން އައިޖީއެމްއެޗް އިން ގުޅާފަ.ދެން ކޮބާ ބޭރު ގައުމުތަކުގެ ޕްރައިވެޓް ހޮސްޕިޓާތަކަށް ކުރާ ހަރަދު؟ ސަރުކާރު ހޮސްޕިޓަލުތަކުގެ ކެޕޭސިޓީ ފުރަތަމަ މަތިކުރޭ ދެން ތިވާހަކަ ދައްކާ.
ބަކުރުު
16 December 2025
އޭއެމްޑީސީއަކީ ކުރިން އާސަންދަ ލިބޭތަނެއްނޫން. ޑޮކްޓަރަށްދައްކަން 450ރުފިޔާނަގާ. މީއެންމެއަގުބޮޑުކޮށްނަގާތަން. މީގެ އަހަރެއްހާދުވަސްކުރިން އާސަންދަ ލިބޭކަން އަންގާ ޑޮކްޓަރަށްދައްކަން އާސަންދައިން 100ރުފިޔާކަނޑާ 350ރުފިޔާ ނަގަންފެށި. މިހާރު އަނެއްކާ އޭއްޗެކޭ މީއްޗެކޭ ކިޔާ 100ރުފިޔާ އިތުރަށް ނަގަން ފަށައިފި. އަތުންހަމަ 450ރުފިޔާ ދައްކާ. އަދި އާސަންދައިން 100ރުފިޔާ ނަގާ. މިހާރުޖުމްލަ 550އެނަގަނީ.
ބަބޫ
16 December 2025
ތީ ހަމަ ކަލަ ގޮވުން. ރައްޔިތުންގެ ޓެކްސް ފައިސާއިން ރައްޔިތުންނަށް ޚަރަދުކޮށްފަ އެކަން ބޮޑުކަމަކަށް ހަދައިގެން އެވާހަކަ ދެއްކުން
ލަސް
16 December 2025
ރައްޔިތުންގެ ފައިސާއިން ރައްޔތުންނަށް ޚަރަދުކޮށްފަ ކަލަގޮވަނީ. ބަލަ އެއީ ކަލޭމެންގެ ޖީބުފުރަން ހުންނަ ފައިސާއެއް ނޫނޭ.
އަތްޖަހާ
16 December 2025
ޕްރައިވެޓް ހޮސްޕިޓަލް ތަކަށް ދާނީ މުއްސަނދިން. އެމީހުން ނަށް ރައްޔިތުންގެ ފައިސާ ޚަރަދު ކުރާކަށް ނުޖެހޭ. ދުނިޔޭގެ އެހެން ގަުމުތަކުގަ ވެސް ޕްރައިވެޓް ހޮަސްޕިޓަލަށް ފައިސާ ދައްކާނީ އަމިއްލައަށް ނޫނީ އެމީހެއްގެ އިންޝޫރެންސް އިން.
ތައްހާނު.
16 December 2025
ޖުމްލަކޮށް ތި ކޮމެންޓްއަށް އެއްބަސްވަން ނަމަވެސް ރާއްޖޭގެ ހާލަތު މުޅިން ތިހެން ބަލަން ތަންނުދޭ. އައި.ޖީ.އެމް.އެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގަ ނެތް ކެޕޭސިޓީއެއް އެންމެނަށް ފަރުވާދެވޭނެ. އަމިއްލަ ހޮސްޕިޓަލް ތަކުން ދެން ފަރުވާ ހޯދާ މީހުންގެ ހުރިހާ ހަރަދެއް ސަރުކާރަކުން ނުދައްކާ. އާމުކޮށް ޑޮކްޓަރަށް ދެއްކުމާ ހަދާ ޓެސްޓް ތަކުގެ ބޮޑުބައި އަމިއްލަ ޖީބުން ގިނަ މީހުން ދައްކަނީ. އެޑްމިޓް ކުރީމަ އަންނަ ބިލަށް އެންސްޕާ މި އެހީވަނީ.
އިބުރ
16 December 2025
@އަތްޖަހާ - ޕްރައިވެޓް ހޮސްޕިޓަލް ތަކަށް ދަނީ ސަރުކާރު ހޮސްޕިޓަލްތަކުން ކިއު ނަންބަރު ޖެހެނީ މީހާ މަރުވާ ފަހުން. ޕްރައިވެޓް ތަންތަނުން އަގު ބޮޑަސް އަވަހަށް ކިއު ތަރުތީބުން ޚިދުމަތް ލިބޭތީވެ އެތަންތަނަށް ދަނީ
އަލީ ފ.
16 December 2025
https://mihaaru.com/news/152448