ފުލުހުންނާއި ސިފައިން އޮޕަރޭޝަނެއްގައި: ބޭސްފަރުވާގެ ހޭދަ އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށް އޮޑިޓްގައި ބުނެފައިވޭ. -- ފޮޓޯ | މިހާރު
11 ޖޫން 2024 - 09:47
ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސަށް މިދިޔަ އަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެން 35 ޕަސެންޓް އިތުރަށް ހޭދަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި، އޮޑިޓް އޮފީހުން ބުނެފައިވާ ގޮތުގައި ބަޖެޓުގައި އިތުރު އިންޝުއަރެންސްތަކަށް 179 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު އަހަރު ނިމުނު އިރު އެ އަދަދު ހުރީ 241 މިލިއަން ރުފިޔާގަ އެވެ.
އޮޑިޓް އޮފީހުން ބުނީ، ސިފައިންނާއި ފުލުހުންނަށް އާސަންދައިގެ އިތުރުން ދޭ ފުލް ކަވަރޭޖު އިންޝުއަރެންސް ނިޒާމަށް ބަޖެޓު ކޮށްފައިވާ އަދަދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް އޮތީ ހަމަވެފައި ކަމަށެވެ.
ވޭތުވެދިޔަ ފަސް އަހަރު ވެސް ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސްއަށް ބަޖެޓް ކުރި އަދަދަށް ވުރެން އިތުރަށް ވަނީ ހޭދަކޮށްފަ އެވެ. އަދި އެއް އަހަރުން އަނެއް އަހަރަށް ފުލުހުންނާއި ސިފައިންނަށް ދޭ އިންޝުއަރެންސް ބަޖެޓު ވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ސިފައިންނާ ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް 2019 ވަނަ އަހަރު 148 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެހެންވެ، ވޭތުވެދިޔަ ފަސް އަހަރުތެރޭ ސިފައިންނާއި ފުލުހުންގެ އިންޝުއަރެންސް އަށް ކުރި ހޭދަވަނީ ގާތްގަނޑަކަށް 40 ޕަސެންޓަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު ސަރުކާރުން ސިއްހީ ހިދުމަތްތަކާއި އެހެން ސަބްސިޑީތަކަށް ކުރި ހޭދަވަނީ 9.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެއް އަހަރުން އަނެއް އަހަރަށް ދައުލަތުން ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމަކީ ދައުލަތުގެ މުޅި މާލީ ނިޒާމަށް ދިމާވެފައިވާ ބޮޑު ބުރައެއް ކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްނުވާ އެވްރިތިންގ
13 June 2024
ހާދަ ބަލިބައެކޭ ދޯ ފުލުހުންނާ ސިފައިންނަކީ. ޞިއްޙަތަށް ބަލައިލައިގެން އުޅެބަލަ
ސޭލްސްމަން ޑަކްޓަރ
13 June 2024
ޕްރައިވެޓް ހޮސްޕިޓަލް ތަކުން އެތާންގެ ޑަކްޓަރުން ބުނެގެން މި ބޮޑެތި ޓެސްޓް ތަކާ ސަރޖަރީތަށް އަހަރެމެންގެ ޚަރަދުގައި އެއްވެސްބެލުމެއް ހައްދެއްނެތި، އަދި ކޮންމެހެން ބޭނުންނުވިއަސް ބައެއް ޓެސްޓް ހެދުން، އެހެންތާކުން ހަދާފައޮތް ޓެސްޓް ޤަބޫލުނުކޮށް އަލުން ހެއްދުން މިއީ އާއްމުކަމެއް. މިކަން ކުރުވުމަށް އެ ޑަކްޓަރުންނަށް އެ ހޮސްޕިޓަލުތަކުން ދޭ އިންސެންޓިވްއަކީ، އޭގެ ބައެއް އެ ޑަކްޓަރުންނަށް އެމީހުންގެ މުސާރައިގެ އިތުރުން ދިނުން. ދެންވާނެގޮތް މި ވަނީ
މަހާރަދުން
12 June 2024
ރަނގަޅު ބަޖެޓެއް ކޮންމެ 15 މީހަކަށް މިލިޔަނެއް...ދެންތިބި ގޮނޑީ ހޫނުކޮށް އަތްޖަހަންތިބޭ ޖެނެރަލުންގެ މުސާރަޔަށް 15 ބިލިޔަން...މިއޮތީ ވާގައުމެއް!!! ދިވެހިންނަށް ހަލާކު ހުރި!!
ނަށީދު
12 June 2024
އެއްކޮޅުން ބަލަމާ ޕޮލިޓީޝަނުން (މަޖިލިސް މެންބަރުންނާ، ރައީސްއާ، ކެބިނެޓާ މިނިސްޓްރީގެ ސިޔާސީ މަގާމުތަކާ) ސިފައިންނާ ފުލުހުންގެ ބޭސްފަރުވާއަށް ހޭދަވީވަރު. ދެން ބަލަމާ ބާކީ ރައްޔިތުންގެ ހޭދަވީވަރު. ހީވަނީ ބާކީ ރައްޔިތުންގެ ކުޑަވާނެހެން.
ބަބޫ
12 June 2024
ފުލުހުންނާ ސިފައިންނަކީ ދިވެހިން. އެމީހުންގެ އަނބިދަރިންނާ މައިން ބަފައިންނަކީވެސް ދިވެހިން. ވީމާ ހަމަ ދިވެހި ރައްޔިތުންގެ ބޭސްފަރުވާއަށް އެ ހަރަދު ކުރީ. ހަމަ އެކަނި މައްސަލަ އަކީ ހުރިހާ ހަރަދެއް ލިޔެކިއުމުން ބެލެހެއްޓުން. މިސާލަކަށް ވަކި ވަކި ރައްތަކާ އަތޮޅުތައް ހަމަ އެގޮތައް ލިޔެކިއުން ބަލަހައްޓާނަމަ ބިލިޔަނުން އަރާނެ.
އަޖައިބުއަންތަރީސް
12 June 2024
މޮޔަ ނުގޮވާ އިސްލާހު ވެވޭތޯ ދެންވެސްބަލާބަލަ
އެމީލިއޯ
11 June 2024
ހާދަ އަންފިޓް ބައެކޭދޯ
މޮހޯ
11 June 2024
ފުލުހުންނާ ސިފައިންނަށް ހިލޭ ބޭސްފަރުވާ ލިބެންޏާ ސަރުކާރުގެ އެހެން މުވައްޒަފުންނަށްވެސް ހަމަ އެގޮތަށް ހިލޭ ބޭސްފަރުވާ ލިބެންޖެހޭ. މީ ވަރަށްބޮޑު ނާއިންސާފުން ކުރެވެމުންދާކަމެއް.
ތުނޑުހަސަނު
11 June 2024
ސިފައިންނާއި ފުލުހުންނަށް ލިބޭ މިފަދަ ޢިނާޔަތްތަކުގެ ވާހަކަ ދައްކާއިރު އެމީހުންގެ ޒިންމާތަކުގެ ވާހަކަ ވެސް ދައްކަންޖެހޭ. ﷲގެ ރަޙްމަތްފުޅުން ކަމެއް ދިމާނުވިނަމަވެސް މިގައުމުގައި ފުރާނަ ދުވާއްލަން ހުވާކޮށްގެން ތިބި ހަމައެކަނި ބަޔަކީ ސިފައިން. 8 ގަޑިއިރު ޑިއުޓީކޮށްލާފައި އަނބިދަރިން ކައިރިއަކަށް ނުދެވޭ. ގައުމަށް ބޮޑުކަމެއް ދިމާވެއްޖެނަމަ އަނބިދަރިންނާއި މައިންބަފައިން ލޮލަށް ނުފެނި އެތައް ދުވަހެއް ހޭދަކޮށްލަންޖެހޭ. އެތައްތަފާތެއް މަސައްކަތުގައިހުރޭ.
ހުސް ހޮޅި ވާހަކަ
13 June 2024
އެހެންދިވެހިންނަށްލިބޭ އާސަންދައިން ކީއްވެގެންތަ ފުލުހުންނާ ސިފައިންގެ ޢާއިލާގައި ހިމެނޭ ދިވެހިންނަށް ބޭސްކުރަން ކަމު ނުދަނީ. މިއީ މައްސލައަކީ. މި ތަފާތު ކުރުން. ހުވާކޮށްގެންތިބީ ސިފައިން. މުޅި އާއިލާއަށް އަގުބޮޑު ތަންތަނުން ކަވަރ ކުރަންޏާ ދެން ނެތްދީ ހައްދެއް. ހުވައޭ ކިޔައިގެން ފޮނިކަނޑާއިރު، ފައިސާކޮޅަކަށް ބަޢާވަތްކުރަންވެސް ސިފައިން ތިބެނީ ތައްޔާރަށް
އިންސާފު ގާއިމްކުރޭ
11 June 2024
ދަތުގެ އެހެރަ އަގުބޮޱު ހިދުމަތް ތައްވެސް މިމީހުންނަށް ހަމަ ހިލޭ މީ އެއްވެސް އިންސާފެއްނޫން ޓުރީޓޮޕް އޭޱީކޭ ދެންވެސް ހުރި ޕުރައިޓު ތަނެއް ވިއްޔާ ހިންގަނީ މިމީހުންގެ މުލި އާއިލާ ދައްކާގެން އާދާގެ ރައްޔިތު މީހާ ޖެހެނީ ސަލާންޖަހަން ރާއްޖެއިން ބޭރަށް ދާންވެސް މިމީހުންނަށް ދެނީ ހައްދެއްނެތި ވ ރަންގަލަށް އެންގޭތީ މިބުނީ
މިލިޓަރީ ސުޓޭޓު
11 June 2024
އާއްމު މީހާ ބޭސް ފަރުވާއަށް ސަލާން ޖަހާ އިރު ދައުލަތުން ބޮަޑު މުސާރަ ދީ ޔުނިފޮމް ދީ ކާންބޯދީފަ އަދި ފުރީ މެޑިކަލު. އެމީހުންގެ އައުލާދަށް ވެސް. މި ކޮން ކަމެއް؟؟؟