ކަނޑުއޮތްގިރި މަތިން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: ޝަމްއާން ޝާކިރު
13 ޖޫން 2024 - 10:37
ކ. ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެ އިން ބިމެއް ހޯދުމުގެ މަޝްވަރާތައް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ކުރަމުން އަންނަ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ކަނޑުއޮތްގިރިއަކީ މިފްކޯ އިން ބާޒާރަށް ނެރޭ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުން ކުރާ ރަށެކެވެ.
އެ ރަށުގައި ފެންވަރު ރަނގަޅު މަސް ފެސިލިޓީއެއް ގާއިމު ކޮށްފައިވީ ނަމަވެސް ބަނދަރު ތިލަވެ، އެއްގަމު ތޮށި ހަލާކުވެފައި ވާތީ ދޯނިފަހަރު ގާތްކުރަން އުނދަގުލެވެ. އެހެންވެ، އެ ފެސިލިޓީގެ ބޭނުން އެންމެ ރަނގަޅަކަށް ނުހިފެ އެވެ.
ބޮޑު ކަންނެލި މަސްވެރިން އިއްޔެ ކުރި މުޒާހަރާގެ ތެރޭގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރީގެ ހާލަތު އޮތީ ކަންނެލި ކިރަން އަދި ކަންނެލި ބާލަން ވެސް ވަދެވޭ ގޮތަކަށް ނޫން ކަމަށެވެ.
އެހެންވެ، ކަންނެލި ނެގުމުގެ މަސައްކަތް ހުޅުމާލެ އަށް ބަދަލު ކުރަން ސަރުކާރުން ބޭނުންވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ އެޗްޑީސީއާ މުއާމަލާތް ކުރަމުން ކަނޑުއޮތްގިރި ސުވޮޕް ކުރެވޭތޯ. ކަންޑުއޮތްގިރި އާ ހުޅުމާލެއިން ބިމަކާ،" ޝިޔާމް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން މިފްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަނޑުއޮތްގިރި ފެސިލިޓީ ހުޅުމާލެ އަށް ބަދަލު ކުރުމަށް އިއްޔެ ވެސް މިނިސްޓްރީ އާއި ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތަކެއް ކުރި އެވެ.
އެ ފެސިލިޓީ ބަދަލު ކުރަނީ ކަނޑުއޮތްގިރި އަށް އަރައި ފޭބުމާއި ޖާގައިގެ ދަތިކަމާއި އެހެނިހެން އޮޕަރޭޝަންތައް ހިންގުމުގައި ވެސް ގިނަ ގޮންޖެހުންތަކެއް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތް ހުޅުމާލެ އަށް ބަދަލު ކޮށްފި ނަމަ ގިނަ ފަސޭހަތަކެއް ލިބި މަސައްކަތްތައް އަވަސް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުމްރީ
14 June 2024
ކަނޑުއޮތްގިރި ވިއްކާލަން ތައްޔާރުވަނީ. ވިއްކާލާނީވެސް މި ސަރުކާރުގެ ބޮޑަކަށް ހިއްސާ ދޭން އެއްބަސްވާ ބަޔަކަށް.
ސަނީސައިޑްބޮންޑް
13 June 2024
ހަމަ ހުޅުމާލެނޫންތަނެއް ނުފެނުނުދޯ؟ މިތާކައިރީގަމިއޮތީ ޖެހިޖެހިގެން ޙިންމަފުށި، ތުލުސްދޫ އަދި ދިއްފުށިވެސް. ނޫނޭނޫނޭ މާތްވެގެންވާ މާލޭގެބިމާދުރަށް އިޤްތިސާދީއެއްވެސްކަމެއް ނުގެންދާތި.
ކޮރަލް
13 June 2024
ކަނޑު އޮތް ގިރި އޮތް ގޮތަށް ބާއްވާފަ ހުޅުމާލެ އިން ބިމެއް ނަގާ ތަރައްގީ ކުރުން ރަނގަޅެވެ. ކަނޑު އޮތްގިރި އެރަށުގެ ވެލިއު ނޫހުގަ ޖަހާލިނަމަ ރަނގަޅުވާނެ އެވެ.
މުޑަހަންޖާ
13 June 2024
ރާއްޖެއަށް ބޭނުންވާ ދަނޑުގޮވާންކުރަން މުޅިރާއްޖޭގައި އަތްފުނާއަޅައިގެން ފެނުނީ ކ.މާލޭކާރީ ކަނޑުއަޑީއޮތް ފަޅެއް. ކަންނެލިދޯނިފަހަރު ކާރިކުރެވޭނެ ޖެޓީއަކަށްވެސް މުޅިރާއްޖެއިން ކ.ހުޅުމާލެ ނޫންތަނެއް ކަމަކުނުދިޔަ. ހުޅުލޭ ރަންވޭ ބަންދުވެއްޖިއްޔާ ބޯޓު ޖައްސަން ޖެހެނީ އިންޑިއާއަށް. މިދެން ފުކެއް ބޮޑުވަރުނޫންތަ.
ކުރީކޮޅު
13 June 2024
ރާއްޖޭގައި ކަންނެލި ދޯނިފަހަރު ކައިރިކޮށްލެވޭ ރަށެއް ކ.މާލޭ ނޫނީ ނެތީތަ.
އަސް
13 June 2024
ތި ރަށް ވިއްކާލަންް ތި އުޅެނީ، މިކަހަލަ ސެޓަޕްތަށް ރަގަޅު ކޮށްފަ އެސެޓްގެ ގޮތުގަ ވެސް ބޭނުން ކުރެވޭނެ
ކޮވެލި
13 June 2024
ކުރަފި ވިސްނުން. މަށަށް ފެންނަނީ ތިތަން މުލީއާގެ ކާރިއަށް ބަދަލު ކުރަން. ކީކޭ ބުނާނީ. ސިކުނޑިއެކޭ ކިޔާފައި ކުރައްޕެއްގެ ވިސްނުން ހުރީ މަދު މީހެއްގެ.
އޮނަރަބްލް އަފީފު ދީދީ
13 June 2024
ސްކޭން ކީއްކުރަންތޯ ގިނަފަހަރަށް ލޭގެ ގްރޫޕް ބަލާލެވެންނުހުންނަ ކުޅުދުއްފުށި ހޮސްޕިޓަލާއި، ޑރ ސަމަދު ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލާއި Addu Equatorial Hospital އަކީވެސް އެހާ ރަނގަޅަށް ނުހިންގޭ އަދި ރަނގަޅު ޑޮކްޓަރުންވެސް ވަޒީފާއަދާކުރަންދާން ބޭނުންވާތަންތަނަށް ނުވާތީއާއި، "އެ ހޮސްޕިޓަލް ތައް ހުރިކަމުގައިވިޔަސް އެމީހުން ބޭސް ފަރުވާކުރަން މާލެ އަންނާތީ" މިދެންނެވި ތަންތަންވެސް ތިޔަ ރަށްކޮޅަށް ބަދަލުކޮށްދެވޭނެ ގޮތެއް އޮތްތޯ މަޝަބަރާކޮށްބަލަ.
އެކަލޯ
13 June 2024
މިހާރު ހިއްކަން ފަށާފައި އޮތް ރަށަށް ބަދަލުކޮށްބިލަ އެ ނިމުނީއެއްނު
ޜަދުން
13 June 2024
ކަނޑުއޮތް ގިރި ވިއްކާލަނީ