އެސްޓީއޯއަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ޝިޕިން އިން -- ފޮޓޯ: މިހާރު
16 ޖޫން 2024 - 09:15
މިދިޔަ އަހަރު އެސްޓީއޯ ގްރޫޕްގެ ވިޔަފާރިތަކުގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ކަން ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެމްއެސްއެސްގެ އާމްދަނީ ވަނީ 22 ޕަސެންޓަށް ކުރިއަށް ޖެހިފަ އެވެ. އެކުންފުންޏަށް މިދިޔަ އަހަރު 376 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެ އެވެ. އޭގެ ކުރިން އަހަރު އެ ކުންފުނީގެ އާމްދަނީ ހުރީ 308 މިލިއަން ރުފިޔާގަ އެވެ.
އެސްޓީއޯގެ ސަބްސިޑަރީތަކުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އިންޝުއަރެންސް ކުންފުނި އެލައިޑުންނެވެ. އެ ކުންފުނީގެ އާމްދަނީ ވަނީ 19 ޕަސެންޓަށް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެކުންފުންޏަށް 519 މިލިއަން ރުފިޔާ ލިބުނެ އެވެ. އޭގެ ކުރިން އަހަރު އެލައިޑުގެ އާމްދަނީ ހުރީ 436 މިލިއަން ރުފިޔާގަ އެވެ.
މިދިޔަ އަހަރު އެކުންފުންޏަށް ޖުމްލަ 17 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެއީ 2022 ވަނަ އަހަރަށް ވުރެ ދެ ބިލިއަން ރުފިޔާ ދަށް އަދަދެކެވެ. އެސްޓީއޯއަށް 2022 ވަނަ އަހަރު ވަނީ 19 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އާމްދަނީ އެހާ ބޮޑަށް ދަށްވީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުންނެވެ. ތެލުގެ ވިޔަފާރިއަކީ އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ދާއިރާ އެވެ. މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 13 ބިލިއަން ރުފިޔާ ތެލުގެ ވިޔަފާރިން ލިބިފަ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 3.4 ޕަސެންޓް ދަށް އަދަދެކެވެ.
އެ ވިޔަފާރީގެ އިތުރުން ޓްރޭޑިން އާއި ކޮންސްޓްރަކްޝަން، ޕީޕަލްސް ޗޮއިސް އިން ވެސް އެކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އޭގެ ކުރީ އަހަރަށް ވުރެ ދަށްވެފަ އެވެ.
މިދިޔަ އަހަރު އެކުންފުނީގެ އާމްދަނީ ދަށްވި ނަމަވެސް، އެކުންފުންޏަށް ލިބުނު ފައިދާ ވަނީ 90 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެކުންފުނީގެ މިދިޔަ އަހަރު ފައިދާ 818 މިލިއަން ރުފިޔާއަށް އަރަ އެވެ. އާމްދަނީ ދަށްވި ނަމަވެސް، ކުންފުނީގެ ފައިދާ ބޮޑުވީ، އެކުންފުނީގެ ހަރަދުތައް ކުޑަވެފައިވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޑަހަންޖާ
17 June 2024
ތިކަމުގެ މޭސްތިރިއާއަކީ ދިވެހިރާއްޖެ ދެކެފައިނުވާވަރުގެ އިގުތިސޯދީ މާހަރަކަށްވެފައި، އެމަނިކުފާނަށް އަބްދުލްކަލާމު އެވޯޑު ނުލިބުނެއްކަމަކު ތިކަމުގެ ފައިދާ ކުރަމުންދާތީ އަހަރެމެން އިތުރަށް ބުނާނެ އެއްޗެއްނެތް.
ހޯރަބޭ
16 June 2024
ރައީސް ސޯލިހަށް ހުރިހާ ސުކުރެއް ހައްގުވަނީ
ކަކުނިބޯ
17 June 2024
މިދިޔައަހަރު ރައީސަކަށްހުރީ ސޯލިހުތޯ އަހަލީ ދެން އެކަންފޭށިމީހަކަށް ސަނާކިޔަންވިއްޔާ ނާސިރަށްކިއްޔާ ރަނގަޅުވާނީ އެކަން ވަޅުޖަހާގެން ސަނާކިޔަންޔާ މައުމޫނަށް ސަނާކީމާ ނިމުނީ
ދިސްވޭއިން
16 June 2024
އެސްޓީއޯ އަކީ އެއީ ރިއަލް އެސްޓޭޓް ވިޔާފާރި އެމްޓީސީސީ އާއި ގުޅިގެން ހުޅުމާލޭގައި ކުރެވިދާނެ ކުންފުންނެެކޭ ފައިދާވި 800 މިލިއަން ރުފިޔާ އިން ހުޅުމާލޭގައި 1 ކިލޯ މީޓަރު ފުޅާ އަދި 1 ކިލޯ މީޓަރު ދިގު ބިމެއްގައި ރާއްޖޭގެ ލައިޓް އިންޑަސްޓްރިއަލް ޕާރކް ހަދަން 150 ބުރިއަށް އިމާރާތެއް ކޮންކްރީޓް ސްޓްރަކްޗަރ ނިންމާ އެތަނުގެ ފްލޯރ ތައް މާލޭގެ ވިޔާފާރިވެރިންނަށް 100 އަހަރަށް ކުއްޔަށް ދޭންވީއޭ އެއިރުން އެފައިސާ އަނބުރާ ލިބި ފައިދާ އެތައް ގުނައެއް އިތުރު
އޮނަރަބްލް އަފީފު ދީދީ
16 June 2024
މަތީގައިދެންނެވި ފަދައިން ކާޑުގެ ބާވަތްތަކާއި (ހަކުރު ނުހިމަނާ) ޑީސެލް، ޕެޓްރޯލް، ކޮރާސީނު ގެ އިތުރުން ރާއްޖެއަށްބޭނުންވާ Aviation Fuel ގެ ޔަޤީންކަންވެސް ޤާއިމްކުރަން ކ.ހުޅުލޭ އެއަރޕޯޓްގެއިތުރަށް ހަނިމާދޫ އަދި GAN International Airport ގައި ކޮންމެތަނެއްގައިވެސް މަދުވެގެން 40 މިލިޔަން ގެލަން ޖެޓްފިއުލް ސްޓޯރޭޖް ޤާއިމްކުރުން ވަރަށްމުހިންމު. # އެސްޓީއޯއިން މިކަން ކުރުމަށްޓަކާ އެސްޓީއޯއަށް ތެޔޮގަންނަ ބޭރުގެކުންފުނިތަކުގެ އެހީތެރިކަންވެސް ހޯދިދާނެ.
ވިސްނާށޭ
16 June 2024
އެސްޓީއޯ އިން ހުޅުމާލޭގައި ހަދާފައިވާ ހޮޓާ ވިލާ ކޮލެޖަށް ނުވަތަ މާލޭގައި ހިންގާ ކޮލެޖަކަށް ކުޑަ ކުއްޔަކަށް 100 އަހަރަށް މުޅި ގޯތި ކުއްޔަށް ދޭންވީއޭ އެތަން އެގޮތަށް ބޭނުން ނުކޮށް ބަހައްޓާން ހެޔޮނުވާނެއޭ މިފަދަ ކަންކަމާއި މެދު އެސްޓީއޯ ބޯރޑުން ނުވިސްނަނީ ކިއެއްވެތޭ ދެން ރާއްޖެ އަށް ބޭނުންވާ ތެޔޮ ގަންނަންވީ ސައުދީ އެރަމްކޯ އިން ދިވެހިރުފިޔާ ދީފައި ގަންނާނީ ބަދަލުގައި ސައުދީ ރިޔާލް އިން މުއާމަލާތް ކުރަން ޖެހޭނީ އެއިރުން ޑޮލަރަށްވާ ބަރޯސާ ނެތޭނެއޭ
ކަކުނިބޯ
17 June 2024
ބޮޑެތި ޖަންގުޝަންތަކާ ސަރުކާރުއޮފީސްތަކުގެ ޖަންކްޝަން ސާފުކުރާއިރު ކުރިޒަމާނުގައި ހުރެޔޯ ރިޔާލް މިބުނީ ހުރަވީ އަދި ޤާޒީބިލްޑިންގް
ކަޑަނުވޭ
16 June 2024
އިބޫގެ ދުރު ވިސްނުން
ޑރ ވާންޗޯ
16 June 2024
އިބޫގެ ދުރުވިސްނުން ރަނގަޅުކަމުން ވެރިކަމުންވެސް ދުރުކޮށްފަ އެއަށްވުރެވެސް ދުރަށް ވިސްނަން ޗާންސްދީފަ އެހެރީ.
މޫސާކުއްދާ
16 June 2024
ރައީސް ސޯލިޙްގެ އިޤްތިސާދީ ދުރުވިސްނުންފުޅުގެ ނަތީޖާ ކަމާއިމެދު ޝައްކެއްނެތް!
ހަސަނޭެ
16 June 2024
އެހެންވީމަ އަދުގެ ސަރުކަަރުން ޗައްކަރެއް ޖަހާ، ކުރީ ސަރުކާރުން އެސްޓީއޯ ދަވާލިކަމަށް ބުނެ ދެއްކީ ވާހަކަ މިވީ ރޯ ބުހުތާނު ޗައްކަރަކަށް
އޮނަރަބްލް އަފީފު ދީދީ
16 June 2024
ކުންފުނިން ސްޕަރމާޓް ނުވަތަ staple food އެތެރެކުރުމާއި (ހަނޑޫ، ފުށް ފިޔަވާ ހަކުރުވެސް ހުއްޓާލަންޖެހޭ.) ސްޕަރމާޓް ހުއްޓާލާފައި ދިވެހި ވިޔަފާރިވެރިންނަށް އިންޑިޔާއިން ފިޔާ، އަލުއި، ބިސް، ދޮންކެޔޮ، ކަރާފަދަ މޭވާއާއި ތަރުކާރީގެބާވަތްތައް އެތެރެކުރެވޭގޮތަށް އިންޑިޔާ ބަނދަރުތަކުން މާލެ، ކުޅުދުއްފުށި އަދި އައްޑޫއަށް މުދާއުފުލޭނެގޮތް ހަމަޖެއްސުން ރަނގަޅު. އޭރުން އިންޑިޔާ ބައެއްގެއަތުގައިއޮތް މޮނޮޕޮލީގެއްލި ދިވެހިނަށް މިމާކެޓަށް ވަންނާން ފުރުސަތުލިބޭނެ.
ނާޑުވާ
17 June 2024
އަފީފްދީދީ ތީ 5 ކުޅަނދު މަދު މީހެކޭ. އެހެންވެ ތިހާ މޮޔަ ވާހަކަ ތިޔަ ދައްކަނީ. އަމިއްލަ ކުންފުނި ތަކުން އިންޑިއާއިން ފިޔާ އަލުވި ގެންނަ ނަމަ ދިހެހިންނަށް އެ ނުކައި ހުންނަން ޖެހޭނީ. ދޭތެރެޔަކުން އިންޑިއާ ސަރުކާރުން އެ އެކްސްޕޯރޓް ކުރުން މަނާ ކުރޭ. އެކަމަކު ދިވެހި ސަރުކާރު ކުންފުންޏަށް ޚާއްސަ ހުއްދައެއްގެ ދަށުން އެ އިމްޕޯރޓް ކުރެވެނީ. ގަމާރީ ހަމަ.
އޮނަރަބްލް އަފީފު ދީދީ
17 June 2024
ނާޑުވާ ބުއްދި ވަރަށްމޮޅު. ރާއްޖެއަށް އެތެރެކުރާ ފިޔާ، އަލުވި،. ބިސް، ކަރާ، ކެބޭޖް، ކައްޓަލަ، އަލަނާސި ފަދަ އެތައް އައިޓަމެއްގެ ސީދާ ކޮންޓްރޯލް އޮތީ އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ FINNEST GROUP އަތުގައި. މިދެންނެވި މުދާ ރާއްޖެ ގެންނަނީ އިނޑިޔާ މީހެއްކަމަށްވާ ފަހީމް އޮޕަރޭޓްކުރާ އިންޑިޔާގެ ބޯޓަކުން. އޭނާއަތުން ގަންނަ މުދާނޫން އެހެން މުދަލަކަށް ބޯޓުން ޖާގަ ނުދޭއިރު STO ގެންނަ ތަކެއްޗަކީވެސް އޭނާ ވިއްކާ ތަކެއްތި.މޮޔަ ގޮވަނީ އަޅުގަނޑެއްނޫން ނާޑުވާ.
އޮނަރަބްލް އަފީފު ދީދީ
16 June 2024
މަތީގައިދެންނެވި ބަދަލުގެނެސް ދިވެހި ވިޔަފާރިވެރިންނަށް ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ، އަލުވި، ބިސް، ތަރުކާރީއާއި މޭވާގެ ބާވަތްތައް އިންޑިޔާއިން ކަނޑުމަގުން ރާއްޖޭގެ ބަނދަރުތަކަށް އުފުލޭނެގޮތް STO އިން ހަދައިފިނަމަ، އިންޑިޔާގެ FINEST GROUP އަދި ފަހީމް ކިޔާ އެޤައުމު މީހެއްގެ ބާރުގެދަށުގައިއޮތް މިވިޔަފާރީގެ ކޮންޓްރޯލް އެމީހުންއަތުންގެއްލި ދިވެހިވިޔަފާރިވެރިންނަށް ސީދާ އިންޑިޔާއިން މިދެންނެވިމުދާ އެތެރެކުރުމަށްފުރުސަތުލިބި ހަމައަގަށް އަގުތިރިވާނެ.