ފްރާންސް 0 - 0 ނެދަލެންޑްސް
22 ޖޫން 2024 - 01:56
ލައިޕްޒިގް (ޖޫން 22) – ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޑީން، ދެވަނަ ބުރުގެ ޖާގަ ހޯދަން އެންމެ ބޮޑު ފަހި ފުރުސަތު އޮތް ދެ ޓީމު ކަމަށްވާ، ފްރާންސާއި ނެދަލެންޑްސް ކުޅުނު މެޗު ލަނޑެއް ނުޖެހި ނިމިއްޖެ އެވެ.
ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ނަތީޖާ ނުނެރެވުމުން، ދެވަނަ ބުރުގެ ޖާގަ، އެ ގުރޫޕުން އެއްވެސް ޓީމަކަށް ކަށަވަރެއް ނުވެ އެވެ. އެ ދެ ޓީމުގެ ތެރެއިން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް، އެ ޓީމަށް މިރޭ ދެވަނަ ބުރު ކަށަވަރުވީހެވެ.
މެޗު ފެށި ގޮތަށް ވެސް ފެނުނީ ނެދަލެންޑްސްގެ ހަމަލާއެކެވެ. ފުރަތަމަ މިނެޓްގައި އެ ޓީމުގެ ޖެރްމީ ފްރިމްޕޯންގަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭނާގެ ހަމަލާ ކޯނަރަކަށް ބޭރަށް ދިޔައީ ފްރާންސްގެ ކީޕަރު މައިކް މެއިނަންގެ އަތުގައި ޖެހިފަ އެވެ.
މެޗުގައި އެންމެ ގިން ފުރުސަތު ލިބުނީ ފްރާންސްގެ އެންޓޮއިން ގްރީޒްމަނަށެވެ. ފުރަތަމަ ހާފުގައި އެކަނި ވެސް އޭނާ ފަސް ހަމަލާއެއް ފޮނުވާލި އެވެ. ދެވަނަ ހާފުގައި ވެސް އޭނާ އަށް ލިބުނު ފުރުސަތު އަދި މާ ތަނަވަހެވެ. އެކަމަކު ގޯލަށް ހަދާލެވޭ ވަރުގެ ބޯޅަ އަކަށް ނުވި އެވެ.
މީގެ ކުރިން އެއް މެޗެއްގައި އޭނާ، އެންމެ ގިނަ ހަމަލާ ފޮނުވާލީ މީގެ އަށް އަހަރު ކުރިން، އަމިއްލަ ބޭއްވި ޔޫރޯ 2016 ގެ ސެމީ ފައިނަލުގައި ޖަރުމަނާ ދެކޮޅަށެވެ. އެ މެޗުގައި ހަތް ހަމަލާ އޭނާ ފޮނުވާލި އެވެ.
މެޗުގައި، ނެދަލެންޑްސްގެ ގަޕްކޯ އަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.
ދެވަނަ ހާފުގައި ފްރާންސްގެ މާކޯސް ތުރާމް އާއި އުސްމާން ޑެމްބެލޭ އަށް ލިބުނު ފުރުސަތުތުތަކަކީ ލަނޑަކަށް ހަދާލެވޭނެ ވަރުގެ ފަހު ފުރުސަތުތަކެކެވެ.
މެޗުގެ 68 ވަނަ މިނެޓްގައި، ސައްހަ ލަނޑެއް ޖެހުނު ކަމަށް ހީކޮށް، ނެދަލެންޑްސްގެ ޒަވީ ސިމޯން އުފާފާޅު ވެސް ކުރި އެވެ. އެކަމަކު ލައިސްމަނާ ވާހަކަ ދެއްކުމަށް ފަހު ރެފްރީ ނިންމީ ލަނޑެއް ނޫން ކަމަށެވެ. އަދި ވީއޭއާރް މެދުވެރިކޮށް ވެސް ކަށަވަރު ކުރީ ސައްހަ ލަނޑެއް ނޫން ކަމަށެވެ.
އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ލަނޑެއް ނޫން ކަމަށް ރެފްރީ ފުރަތަމަ ނިންމި ހިސާބުން ފެށިގެން ސިމޯންސް ހުރީ މާޔޫސްވެފަ އެވެ.
މެޗުގެ ފަހުން ވަގުތު ފްރާންސްގެ އެޑްރިއަން ރަބިއޯ، ރަނގަޅު ބޯޅައެއް ނެދަލެންޑްސްގެ އޭރިއާގެ ތެރެއަށް ނަގައިދިނެވެ. އެކަމަކު އެ ބޯޅަ ފޮނުވާލެވޭ ހިސާބުގައި ފްރާންސްގެ އެއްވެސް ފޯވާޑެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ ހަސަނު
22 June 2024
ނެދަލޭންޑްސް ޖެހީ ސައްޚަ ލަނޑެއް. އިނގިރޭސީން ނަކީ މާ މޮޅު ރެފްރީން ކަމަށް ހެދިގެން އުޅޭ ބައެއް. ޑަމްސްފުރީސް އޮފްސައިޑް ގަ ހުއްޓަސް ޒަވީ ގޯލަށް ވައްދާލި ބޯޅައިގައި ބަލަން ޖެހޭނީ އޭނާ ގައި ބޯޅަ ޖެހުނުތޯ، ނޫނީ އޭނާ އެ ހުރިތަނުގެ ސަބަބުން ، ކީޕަރަށް އެބޯޅަ ދިފާއު ކުރަން އުދަނގޫ ވި ތޯ! ހަމަގައިމުވެސް ޑަމްސްފުރީސް ހުއްޓަސް، ނެތަސް ކީޕަރަކަށް އެބޯޅަ އެއް ނުނެގޭނެ. ކިތައްމެ ވީއާރެއް ބެއްޔަސް، މިފަހަރު ތިއޮތީ ގޯސް ހަދާފަ.
ލޮލްް
22 June 2024
އާޓިކަލްގެ ނިމުން އެހާއެހާއެއްނޫން. މިގުރޫޕުގެ ކުރިޔަށް ހުރި މެޗުތަކަށް އަލިއަޅުވާލާފައި އާޓިކަލް ނިންމާލިނަމަ ފުރިހަމަވީސްކަމުގައި ދެކެން.