ތުރުކީގައި ބުރުގާ ހުއްދަކުރަން މަސައްކަތްކުރާތާ އެތައް ދުވަހެއް ވެއްޖެ. --ފޮޓޯ:އޭއެފްޕީ
23 ފެބުރުއަރީ 2017 - 09:48
އަންކަރާ (ފެބްރުއަރީ 23) - ތުރުކީގެ އަންހެން ސިފައިން ބުރުގާ އެޅުން މަނާކޮށްފައި އޮތް އޮތުން ސަރުކާރުން ހުއްދަ ކޮށްފި އެވެ.
ތުރުކީގެ އަސްކަރިއްޔާ އަކީ ބުރުގާ އެޅުން ހުއްދަކުރި އެންމެ ފަހު މުއައްސަސާ އެވެ. ސަރުކާރުގެ މުއައްސަސާތަކުގައި ބުރުގާ އެޅުން މަނާކޮށްފައި ވަނީ 1980 ގެ އަހަރުތަކުގަ އެވެ. ނަމަވެސް ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އެއީ މިނިވަންކަމާ ދެކޮޅު ނިންމުމެއް ކަމަށް ވިދާޅުވެ އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރައްވައިފަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ސިވިލް ސާވިސްގެ މުވައްޒަފުން ބުރުގާ އެޅުން ހުއްދަ ކޮށްފަ އެވެ. އަދި މިދިޔަ އޮގަސްޓް މަހު ވަނީ އަންހެން ފުލުހުން ވެސް ބުރުގާ އެޅުން ހުއްދަ ކޮށްފަ އެވެ.
ސުންނީ މުސްލިމުން ގިނަ ތުރުކީގެ ގިނަ އަންހެނުން މިހާރު ބުރުގާ އަޅާ. --ފޮޓޯ:އޭއެފްޕީ
ޔުނިވާސިޓީ ކެމްޕަސްތަކުގައި ބުރުގާ އަޅައިގެން އުޅުން ތުރުކީގައި ހުއްދަކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. މި ނިންމުމާ އެކު ސަރުކާރުގެ މުއައްސަސާތަކުގައި ކިޔަވާ އަންހެން ކުދިން 2013 ވަނަ އަހަރުން ފެށިގެން އަދި ހައި ސްކޫލް ކުދިން 2014 ވަނަ އަހަރުން ފެށިގެން ބުރުގާ އެޅުން ވަނީ ހުއްދަކޮށްފަ އެވެ. ތުރުކީ ޕާލަމެންޓުގެ ހަތަރު އަންހެން މެންބަރަކު 2013 ވަނަ އަހަރު ވަނީ ބުރުގާ އަޅައިގެން ޖަލްސާތަކުގައި ބައިވެރިވާން ފަށައިފަ އެވެ.
ތުރުކީގެ ސެކިއުލާ ގާނޫނުއަސާސީގައި 1920 ވަނަ އަހަރުން ފެށިގެން ވަކި ދީނެއް ހިމަނައިފައެއް ނުވެ އެވެ. އެކަމަކު އެ ގައުމުގެ އާބާދީގެ ބޮޑު ބަޔަކީ ސުންނީ މުސްލިމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލި
23 February 2017
މުސްނީ މުސްލިމުންނެވެ.
މޫސަ
23 February 2017
މާނަޔަކީ މިހާރު ދުނިޔޭގައި އިސްލާމްދީނަށް ފުރިހަމައަށް އަމަލުކުރާމީހުން.
ފަސްމަސްތުރުކީ
23 February 2017
މީގެ ފަސްމަސް ކުރީގެ ލިޔުން. https://mihaaru.com/world/5121 ތަފާތަކީ ކޮބައިތޯ؟
މިސާލަކަށް
23 February 2017
ތަފާތަކީ، ފުލުހުންނާއި ސިފައިންގެ ތަފާތު. އެއީ ފުލުހުން. މިއީ ސިފައިން