ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މި ހަފުތާގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފަހު ގެންދަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 ފެބުރުއަރީ 2017 - 11:47
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކޮށްފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް" ގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވި ވާހަކަ ކަރެކްޝަނަލް ސާވިސްއިން މިއަދު ދޮގުކޮށްފި އެވެ.
މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް"ގެ ތެރެއަށް، އިރަށް ދޮންވާ ގޮތަށް އަދީބު އޮންނަވާތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި އެހެން ބައެއް ގައިދީން ވެސް ތިބީ އެ ހާލުގައި ކަމަށް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގައި ޖަލަށް ލާފައިވާ މަހްލޫފް ނެރުއްވި ބަޔާނެއްގައި ވަނީ ވިދާޅުވެފަ އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން މަސައްކަތް ކުރުމާއި ޚިޔާނާތުގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އަދީބު އޮންނެވީ އެހެން ގައިދީން ވެސް ގެންގުޅެމުން އަންނަ ގޮޅިއެއްގަ އެވެ. އަދި ޖަލުގައި ވަކި މީހަކާ މެދު ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
"ވަކި ތަފާތު ކުރުމެއް އަދީބާ މެދު ނުގެން ގުޅެން، އަދީބު އޮންނެވީ ހޮހޮޅައެއްގައެއް ނޫން، ކޮންކްރީޓުން ތަނެއް ހަދައިގެން މީހަކު ގެންގުޅެމުން ނުދޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުގައި ތިބޭ ހުރިހާ ގައިދީންނާ މެދު އަމަލު ކުރަމުން އަންނަނީ އިންސާނީ ކަރާމާތަށް އުނިކަން ނާންނަ ގޮތަށް ކަމަށެވެ. ގައިދީންގެ ކަންކަން ގާތުން ބަލަމުން އަންނައިރު، އެ މީހުންނަށް ކާން ދެނީ އިންސާނުންނަށް އެންމެ އެކަށީގެންވާ އެއްޗެހި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފުށީ ޖަލުގެ ޔުނިޓް ދިހައެއްގައި ހުންނަވައި މި މަހުގެ ކުރީކޮޅު މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އަދީބުގެ ސިއްހީ މައްސަލަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަން އޭނާއާ އެކު ކުރެވޭ މުއާމަލާތްތަކުން އެނގިވަޑައިގެންފައިވާ ކަމަށެވެ.
"ޔުނިޓް ދިހައެއްގައި އަޅުގަނޑާއި އަދީބު، ބިތްގަނޑު ޖަހައި ވަކިކޮށްފަައިވާ ބައިތަކުގައި ތިބޭއިރު، އޭނާގެ ސިއްހީ މައްސަލަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަން އޭނާއާ އެކު ކުރެވޭ މުއާމަލާތްތަކުން އަޅުގަނޑަށް އެނގިފައިވެ އެވެ،" މަހްލޫފްގެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުނޯސް
23 February 2017
ސައުދީ ރަސްގެފާނު ހުންނަކަހަލަ ޕްރައިވެޓް ވިލާއެއްގަތޯ؟
ލަބީދް އެންޑް ކަބީރް
23 February 2017
އާޗާ. ޢަހަރެމެންގެ އަދީބުސޯ ހީވަނީ ފިލްމުސްޓާރެއްހެން.
ކައްކަކާކޯ
23 February 2017
އައްދޭ ހާދަފަހަކުންނޭދޯ މިބައިގަނޑު މި ނޫހަށް ބަޔާން މިދިނީ! މިއީ އެއްގަހަކުން ނިރު ފަޅައިގެން ހެދޭ ބައިގަނޑެއް މިމީހުންނެއް ތެދެއްނުހަދާނެ!
ޢަލީ
23 February 2017
އެހެންވެދޯ ރާއްޖެއިން ބޭރައްގޮސް ފަރުވާހޯދަންޖެހެނީ އަނިޔާނުކުރާތީދޯ ކަރަންޓުގަ ނުޖައްސާތީދޯ ތިމިހުން ދައްކާވާހަކަ ގަބޫލެއް ނުކުރަން
ޛިމް
23 February 2017
މާލޭގައި ރާއްޖެތެރޭ ރައްޔިތުން އުޅޭ ނިކަމެތި ހާލުގެ ވާހަކަ ނުދައްކަނީ ކީއްވެގެންބާ؟ ޢަބަދުވެސް މިގައުމުގައި ކުށްވެރިންގެ ހިމާޔަތުގައި ވަރަށް ގިނަ ބަޔަކު މަސައްކަތްކުރޭ؟؟
ސަމަަިލް
23 February 2017
މަހުލުފް ވެސް ދެން ަުޅޭގޮތެކޭހީވޭ. ބޮހަޅާކު
ރީތިރަށް
23 February 2017
ހުރިހާ ކަމެއް އަދީބުލައްވާ ކުރުވާފަ، ހުރިހާ ފޮނިކޮޅެއް ބޯލާފަ، އެ ނިކަމެތި ސޮރަށް %500 އިތުބާރުކޮއްފަ، އެސޮރު ޖަލަށް...
..
23 February 2017
މަހުލޫފު އެބުނީ ހަމަ ތެދު ވާހަކައެއް. ޖަލުގެ މެޑިކްބައިގަ އުލޭ ފްރެންޑެއްވެސް އެހެން ބުނި
--
23 February 2017
ދޮގު ނުހަދާ ކަރެކްޝަން ސަރވިސް. ކިތައްފަހަރުކަމއެއްނޭގެ އަދިބު ޑޮކްޓަރަށް ދައްކަން ރިކުއެސްޓް ކުރީ. އެކަމަކު އަބަދުވެސް ރިޖެކްޓް ކޮށްލަނީ. އެކަމަކު ބައެއް މީހުން ހަފްތާއަކު އެއްފަހަރު މާލެ އަންނަ މީހުންވެސް.
ބަދީއު
23 February 2017
ކުއްވެރި ވީމަ އަދަބު ދޭން ލަނީ ޖަލަށްތޯ ނޫނީ ގަނޑުވަރަށްތޯ؟