އިއްޒުއްދީން ސްކޫލްގެ އިމާރާތުގެ ބައެއްގައި ރެނދެެއް ލާފައި.
23 ޖޫން 2024 - 17:52
އިއްޒުއްދީން ސްކޫލް ހިންގާ އިމާރާތުގައި ރެނދެއް ލުމުން، އެ ސްކޫލާ މެދު ބައެއް ބެލެނިވެރިން ސުވާލު އުފެއްދި ނަމަވެސް އެއްވެސް ބަޔަކަށް އިއްޒުއްދީން ސްކޫލު މިހާރު ހިންގާ ބިން އަދި އެހެން ސްކޫލެއް ވެސް އެ ތަނަށް ބަދަލެއް ނުކުރާނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ދެއްވައިފި އެވެ.
މީގެ ތިރީހަކަށް އަހަރު ކުރިން އޭރުގެ އެމްއީއެސް އަށް ހާއްސަކުރި އަދި މިހާރު އިއްޒުއްދީން ސްކޫލު ހިންގާ އިމާރާތުގެ ބައެއްގައި ރެނދެއް ލާފައިވާތީ، އެ ސްކޫލުގައި ކުދިން ކިޔެވުން ރައްކާތެރިތޯ ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ އެސެސްމެންޓެއް ހަދަމުންނެވެ.
ސްކޫލުގެ ބެލެނިވެރިންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި އެ މިނިސްޓްރީން ވަނީ އެސެސްމަންޓުގެ ނަތީޖާ އަށް ބަލައި ކުދިން އެހެން ތަނަކަށް ބަދަލު ކުރަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، އެ ކަމާ މެދު ވަކި ގޮތެއް ނިންމާނީ އިންފްރާސްޓްރަކްޗަރު މިނިސްޓްރީގެ އެސެސްމަންޓް ރިޕޯޓު ލިބުމުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިއްޒުއްދީން ސްކޫލް މިހާރު ހިންގާ އިމާރާތާ ޖެހިގެން ހުންނަ ވިލާ ކޮލެޖަށް އެ ސްކޫލް އިމާރާތް ދޭން އުޅޭ ކަމަށް ބައެއް ބެލެނިވެރިންނާއި ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން މިނިސްޓަރު އިސްމާއިލް އެކަން ދޮގުކުރެއްވި އެވެ.
އިއްޒުއްދީން ސްކޫލްގެ ކުދިން އެ ސްކޫލުގައި ތިބެން ރައްކާތެރި ނުވާ ކަމަށް ބުނެފައި، ދެން އެހެން ބަޔަކަށް އެ އިމާރާތް ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. މި އުޅެނީ އިއްޒުއްދީން ސްކޫލުގައި ރެނދެއް ލައިގެން،"--- މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ އެއްވެސް ބަޔަކަށް އިއްޒުއްދީން ސްކޫލް ނުދޭނެ ކަމަށެވެ. އެހެން ސްކޫލެއް ވެސް އެ އިއްޒުއްދީން އިމާރާތަށް ބަދަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޒުއްދީން ސްކޫލްގެ ކުދިން އެ ސްކޫލުގައި ތިބެން ރައްކާތެރި ނުވާ ކަމަށް ބުނެފައި، ދެން އެހެން ބަޔަކަށް އެ އިމާރާތް ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތެއް ނޫން. މި އުޅެނީ އިއްޒުއްދީން ސްކޫލުގައި ރެނދެއް ލައިގެން،" އިސްމާއިލް ވިދާޅުވި އެވެ.
އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ކުރިން ވިދާޅުވީ، އިއްޒުއްދީން ސްކޫލު ބަންދުކުރަން ނުވަތަ ސްކޫލުގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލު ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެ ސްކޫލާ މެދު އަމަލުކުރަން ޖެހޭ ގޮތެއް ނިންމާނީ އެސެސްމެންޓް ހަދައި އޭގެ ނަތީޖާ އަށް ބެލުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް "މިހާރު" އާ ކުރިން ވާހަކަ ދައްކަވަނީ.--- ފައިލް ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ރެނދު ހުރި ކަން ފާހަގަ ވެގެން ދެ ޓީމެއް ގެންގޮސްގެން ބެލި ކަމަށާއި ކުދިންނަށް ކިޔަވައިދޭން ބޭނުންކުރަން އެ އިމާރާތް ރައްކާތެރި ނޫން ކަމަށް އެ ޓީމުތަކުން ބުނި ކަމަށް، ޕްރިންސިޕަލާ ހަވާލާދީ ވާހަކަދެއްކި ބައެއް ބެލެނިވެރިން ބުނެފައި ވެ އެވެ.
އެ ރެނދުގެ މައްސަލަ ފާހަގަވުމާ އެކު، އިއްޒުއްދީން ސްކޫލްގެ ބައެއް ބެލެނިވެރިން ދަނީ އެކި ކަހަލަ ވާހަކަތައް ދައްކަމުންނެވެ. އޭގެ ތެރޭގައި އެ ތަން ވިލާ ކޮލެޖަށް ދިނުމާއި ސީއެޗްއެސްއީގެ އިމާރާތެއްގެ ގޮތުގައި ބޭނުންކުރަން އުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތައް ހިމެނެ އެވެ. އެ ހުރިހާ ތުހުމަތުތައް ވެސް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ދޮގު ކުރަމުންނެވެ.
ދެން ވާހަކަ ދެއްކީ އިއްޒުއްދީން ސްކޫލްގެ ކުދިން ކައިރީގައި ހުރި ދަރުވަމަވަންތަ ސްކޫލަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ އެވެ. އެކަމަކު، އެ ކަމާ މެދު ވެސް ގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިއްޒުއްދީން ސްކޫލަކީ މާލޭގައި އެއްދަންފަޅި އަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. އެ ސްކޫލްގައި މި އަހަރު ގްރޭޑް 10 އަށް ކިިޔަައިދޭން ފަށާފައިވާއިރު ކުދިންގެ އަދަދު 600 އަށް ވުރެ މައްޗެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންނަގޮތް
24 June 2024
އަޅެ މީހަކު ބަލާލަބަލަ، ނިމިދިޔަ ސަރުކާރުން ރަހުނު ކުރީ ކިތައް ސުކޫލުތޯ އަދި ކިތައް ހޮސް ޕިޓަލްތޯ.
ސިކުނޑި
24 June 2024
ރައީސްގެ ވައުދުތަކާއި އެއްރާގެއް މިކަމުގައިވެސް ހުރީ! ރަނގަޅު ގޮތެއްވާނެއޭ ކިޔަނީ ވާނެ ގޮތެއް ނުކިޔާ! އިމާރާތަކީ 30 އަހަރުވެފައިވާ ތަނެއް! ކުދިން ބޭތިއްބުން ރައްކާތެރިއެއްނޫން! އެހެން ކިޔާލަކިޔާލާ 1 މަސް ދިޔައީ! މިހާރު ބަދަލު ކުރަން ޖެހިއްޖިއްޔާ ބަދަލު ކުރާނެ ތަނެއްވެސް މިހާރު އިނގެންވާނެ! ގައިމުވެސް އައު އިމާރާތެއް އަޅައިގެން ކުދިން ބަދަލެއް ނުކުރެވޭނެ!
އާދިލް މަނިކްް
24 June 2024
ރައްޔިތުންގެ ކޮންމެ ސުވާލަކަށް މިހާ އަވަހަަށް ޖަވާބުދާރީވުމަކީ ހެޔޮ ސަރުކާރެއްގެ ސިފައެއް.
ރުސްމާާ
24 June 2024
ސުކޫލްތަކުގަ ރެދުލީމާ އެކަން ހައްލުކުރާނީ. އެހެންނޫނީ އަލުން އިމާރާތް އަޅާނީ. އެއީ އެހެނަބަޔަކަށް އިމާރާތް ދޭންޖެހޭ ސަބަބެއްނޫން.
ދާއިން
24 June 2024
މިކަން ސާފުކޮށްދެއްވީތީ މިނިސްޓަރަށް ޝުކުރުއަދާކުރަން. ރައްޔިތުން ބޭނުންވާކަހަލަ ފާސްޓް ރިއެކްޓިން ވެރިކަމެއް ގެނެވުނީތީ އުފާކުރަން.
ފިޔާޒް
24 June 2024
މިއީ ސަރުކާރުގެ ތަފާތުކަމަކީ. ދޮގު ވާހަކަތަށް ބަލައިނުގަންނާނެ. ރައްޔިތުންނަށް ހަގީގަތް ހާމަކުރާނެ.
މުޖްތަބާާ
24 June 2024
ބަޔަކުދައްކާވާހަކައެއް ދިވެހިން ގަބޫލްކުރާތީ ދެރައީ. މި ސަރުކާރަކީ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކަންކުރާނެ ސަރުކާރެއްނޫން.
އެސަސް
24 June 2024
އެސަސމެންޓ ހެދިޔަސް ތިޔަ އިމާރާތަކީ ސްކޫލެއް ހިންގަން އެންމެ އެކަށީގެންވާ އިމާރާތެއް ނޫން. ކުދިނަނަށް އެންމެ ރަނގަޅު ގޮތަކީ ދަރުމަވަންތަ އަށް ބަދަލުކޮށް ދެ ސްކޫލް އެއްކޮށްކުން. ތި އިމާރާތް އެންމެ ރަނގަޅީ ސަރުކާރު އޮފީހެއް ހިންގަން ދިނުން. ޢިމާރާތްތައް ކުއްޔަށް ހިފައިގެން އުޅޭ އޮފީސްތައް ބައިވަރު.
ކަތްދައްތަ
24 June 2024
އެމްއީއެސް ކުރިންހިންގީ ކުރީގެ އަރަބިއްޔާގެ ދެކުނުން އޮތް ގޮޅިއެއްގަ.އެތަނުގެ ބަދަލުގަ ރައީސް މައުމޫން ސަރުކާރުން އިމާރާތްކޮށްދެއްވި ތަނެއް މިހާރުގެ އިއްޒުއްދީން ހިންގާ އިމާރާތަކީ. ޢެއީ90ގެ ކުރީކޮޅު ހެދިތަނެއް. ކޮންކުރީޓްގެ އުމުރަށް ބަލާއިރު ރެދެއްލައިގެން އެތާ ނޫޅެވޭހާ ދުވަސްތަކެއް އަދި ނުވޭނު. އަންނިވެރިކަމުގަ ތިޔާތަން އޮތީ ދޯސްތު އިބުރާއަށް ދީފަ. އެކަމުން އަރައިނުގަނެ އުޅެނިކޮށް ތިޔަތަން ބާވާލެއްވި ވިލާއަށް ދިނީމަ ހަތަރެސްކަން ހަމަވީ.
ކޮމެންޓޭ1
24 June 2024
ނުވަދިހައިގަ ކުރީ ކޮޅު ރާއްޖެގެ ކޮންކްރީޓް މަސައްކަތުގެ ފެންވަރު ދަށް އަދިވެސް ވަރަށް ދަށް ފެންވަރެއްގަ ކޮންކްރީޓް މަސައްކަތް ރާއްޖެގަ ކުރަނީ.
އިއްޒަ
23 June 2024
ކޮންމެ ގޮތެއް ވިޔަސް ޢިއްޒުއްދީން ސްކޫލް ހިންގާ ކޮންސެޕްޓަށް، ގްރޭޑް 1 ން 10 އަށް، އެއް ދަންފަޅިއަށް ސްކޫލެއް ހިންގަން ކަމުދާ ޖާގައެއް އޮތްތަނެއް ނޫން ޢިއްޒުއްދީން ސްކޫލަކީ. ވަށައިގެން ބައްދާފަހުރި ކޮށްޓެއްގައި މިޒަމާނުގައި ކުދިން ކިޔަވަން ކަމަކު ނުދޭ. އަދި އެވެސް އެހާ ކުޑަ ޖާގައެއްގައި. ޢިއްޒުއްދީނުގެ ބަދަލުގައި އެހެން ސްކޫލެއް އަޅަން މާ ރަނގަޅު.