ޚަބަރު / ހެލްތު މިނިސްޓްރީ

ހުއްދަ ނެތި ހިޖާމާ ޖަހާ މައްސަލާގައި އަދިވެސް ފިޔަވަޅެއް ނާޅާ

ފަޒީލާ، އޭނާގެ ހިޖާމާ ސެންޓަރުގައި: އެތަނާ ދެކޮޅަށް އަދިވެސް ފިޔަވަޅެއް ނާޅާ

ލައިސެންސެއް ނެތި ހިޖާމާ ޖެހުމުގެ މަސައްކަތް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަޒީސް ހިޖާމާ ސެންޓަރާ ދެކޮޅަށް ފިޔަވަޅު ނޭޅި ދިގުލައިގެން ހިނގައްޖެ އެވެ.

ސިއްހީ ބައެއް މައްސަލަތަކަށް ހިޖާމާއިން ފަރުވާ ލިބޭ ކަމަށް ބުނުމާއި އަދި އާއްމުންނާ މެދު މުއާމަލާތްކުރާ ގޮތުން އެ ސެންޓަރުގެ ވެރިޔާ ފަޒީލާ އުސްމާނަށް އަބަދުވެސް އާއްމުންގެ ފާޑުކިޔުން އަމާޒުވެ އެވެ. އޭގެ ތެރެއިން ހަކުރު ބައްޔާ ގުޅޭގޮތުން 2022 ވަނަ އަހަރު ދެއްކި ވާހަކަތަކެއް ހޫނުވެ، ހިޖާމާ ސެންޓަރު މިނިސްޓްރީން ބަންދު ވެސް ކުރި އެވެ.

އެކަމަކު އޭގެފަހުން އަނެއްކާވެސް އެ ހިޖާމާ ސެންޓަރު ހުޅުވައި، ފޭސްބުކް ޕޭޖުގައި ވެސް އެކަން އިސްތިހާރުކޮށް، ފާޅުގައި އަންނަނީ އެ މަސައްކަތް ކުރަމުންނެވެ.

ހުއްދަ ނެތި ހިޖާމާ ޖެހުމުގެ މަސައްކަތް ކުރާތީ އެތަނާ ދެކޮޅަށް ފިޔަވަޅު އަޅަން ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން މިދިޔަ މަހުގެ ކުރީކޮޅު ވަނީ ހެލްތު މިިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓަށް ފޮނުވައިފަ އެވެ. ނަމަވެސް، އަޅާނެ ފިޔަވަޅެއް ނާންގަ އެވެ.

ފިޔަވަޅު އެޅުމުގެ ކުރިން މިނިސްޓްރީން ވަނީ މިދިޔަ އާދިއްތަ ދުވަހު ފަޒީލާއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ.

ލައިސެންސް ނެތި ސިއްހީ ހިދުމަތް ދޭތީ ހެލްތު ޕްރޮފެޝަނަލްސްގެ ގާނޫނުގެ ދަށުން 75،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އޭގެ އިތުރުން ހެލްތު ސާވިސް ގާނޫނުގެ ދަށުން ތަން ބަންދުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ލިބެ އެވެ.

ފަޒީލާ "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ދުވާލެއްގެ މައްޗަށް ތިރީހަކަށް މީހުން އޭނާ ކައިރިން ހިދުމަތް ހޯދާ ކަމަށެވެ. އެ ކޮންމެ ސެޝަނަކަށް 1000ރ. ގެ މަގުން އޭނާ ނަގަމުން އަންނައިރު ދުވާލެއްގެ މައްޗަށް 30،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް އޭނާއަށް ލިބެ އެވެ. އެއީ މަހެއްގެ މައްޗަށް 800،000 އެއްހާ ރުފިޔާ އެވެ.

28 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 87%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަޚްރްވެރި ދިވެހިން

03 July 2024

އާނ! ދިވެހިން ކަމެއްކުރަންވާނީ ހުއްދަނަގައިގެން, އަދި ސަރުކާރުގެ އިސްފަންތީގަ ތިބޭމީހުންނަށްވެސް ބައިއަޅައިގެން, ބަރާބަރަށް ޓެކްސްވެސް ދައްކައިގެން.އެކަމަކު މިއީ އާއްމުން, މިކަން މިހެން ނޯންނާނީ އިސްފަންތީގަ ތިބޭމީހުންނަށާއި ރާއްޖޭގައި އުޅެ ބިދޭސީ ވިޔަފާރިވެރިންނަށް.

The name is already taken The name is available. Register?

ނާސިރު

01 July 2024

ދިވެހިރާޢްޖޭގާ ހުއްދަ ނަގާގެން ކާކު ތޯހިޖާމާ ޖަހަނީ

The name is already taken The name is available. Register?

އެކަކުވެސް

02 July 2024

އެކަކުވެސް ނެތް. ހުއްދަ ދިނުމަށް ޓްރޭނިންނެތްވެސް ނުހިންގާ. އަދި ބޭރުގެ ޤައުމުތަކުގެ ސަރުކާރުތަކުން މިސާލަކަށް އިންޑިޔާއިން ހިޖާމާ ކޯސް ހެދިޔަސް މި ރާއްޖޭގަ ޤަބޫލެއްވެސް ނުކުރޭ އަދި ރާއްޖެގެ ހެލްތު ޤަބޫލުކުރާ ބޭރުގެ ތަނެއް ވެސް ނުދެއްކޭ. އަސްލު ސުންނަތެއް ސަރުކާރަކަށް މިހެން މަނަލެއް ނުކުރޭވޭނެ . ޓްރޭނިންތައް ނުވަތަ ސްކުރީނިން ޕުރެކްޓިކަލް އެގްޒާމެއް ނުވަތަ އެއަށްވުރެން ވެސް ރަގަޅު އެގުޒާމެއް ހަދައިގެންވެސް މި ސުންނަތް ދިރުވަންޖެހޭ.

The name is already taken The name is available. Register?

ދިވެހިންވެސް

03 July 2024

ދެންވިސްނާ މި ކުޑައާބާދީގެ 20 ވަރަކަށް އަހަރުފަހަށް! ކޮންމެދިވެއްސަކާއި އިނގެންއުޅޭނީ ބޭރުމީހެއް! ދިވެހިވަންތަކަން ގެއްލުނީ. ޏަޖިސް މަޖްލިސްގަވެސް އުޅޭނީ ކޮންމެވެސް ބޭރުމީހެއްގެ މީހެއް, ގަވައިދުތައްވެސް, ހެދޭނީ އެމީހުން ނަށް! ދިވެހިންގެ އާބާދީވެސް ހިފެއްޓުމުގެ ސަބަބުން އޮންނާނީ މަސްހުނިވެ ނިމި ގޮސް! މިއީ މިރާއްޖެ ދާ މިސްރާބު!

The name is already taken The name is available. Register?

ފަޒީފަޒީ

01 July 2024

ރަސޫލާ ވެސް ހިޖާމާ ޖެއްސެވީ ހުއަދައެއް ނަންގަވަިގެނެއްނޫން. ޙިޖާމާ ޖެހުން އެއީ ހުއްދަ ނަގަން ޖެހޭކަމެއްނޫން.

The name is already taken The name is available. Register?

ވ ވެދުން

01 July 2024

“ ހުއްދަ ނެތި ހިޖާމާ ޖެހުމުގެ މަސައްކަތް ކުރާތީ އެތަނާ ދެކޮޅަށް ފިޔަވަޅު އަޅަން ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން މިދިޔަ މަހުގެ ކުރީކޮޅު ވަނީ ހެލްތު މިިނިސްޓްރީގެ ލީގަލް ޑިޕާޓްމަންޓަށް ފޮނުވައިފަ އެވެ. ނަމަވެސް، އަޅާނެ ފިޔަވަޅެއް ނާންގަ އެވެ.” އިތުރަށް ބުނާނެ އެއްޗެއް ނެތް. ވަރަށް ވެދުން.

The name is already taken The name is available. Register?

ކީއްވެ

01 July 2024

ކީއްވެ ހުއްދަ ދިނުމަށް ޓްރޭނިން ނުހިންގަނީ. ރާއްޖޭގަވެސް މަގުމަތީ މިހާރު އެބަހިންގާ ލާރިކާން ހިޖާމާ އެކި ލެވެލްތަކުގެ ކޯސްތަށް އެކަމު އެއީ މިނިސްޓްރީ ހުއްދަ ދޭ ކޯހެއް ނުން. ތާހާ ހިޖާމާ ކޯސް ކިޔަގއިގެން އެބަ ފެލާ މީހުން . މީގެ މައްސަލައަކީ މިނިސްޓްރީ މިކަމަށް ހުއްދަ ދިނުމަޢްޓަކައި ޓްރޭނިންނެއް ވެސް ދީގެން ނަމަވެސް ހުއްދަ ދިނުން. ހުއްދަވާހަކަ ދައްކަން ޖެޙޭނީ އެކަމަށް މަގުފަހި ކޮށްފައި. ރާއްޖެއަކު އަދި ބޭރަކުވެސް މިނިސްޓްރީ ހުއްދަ ކުރާ ކޯހެއް ނެތް .

The name is already taken The name is available. Register?

ހެލްތު މިނިސްޓްރީ

01 July 2024

އަނހާ ފަޒީ ކަނބުލޯ ކޮމެންޓު ނުކޮށް ހުއްދަ ހޯދަބަލަ.

The name is already taken The name is available. Register?

އުދުހޭ

01 July 2024

ކަންކަން ފާލުންނެއްޓިފައިވާ ގައުމެއްގައި އޮންނާނީ އެމީހަކަ އެމީހެއް. ހުޅުމާލޭ ބީޗުގަ ތަންތަން އަޅައިގެން ވިޔަފާރިކުރަންފެށީމާ އެޗްޑީސީން އެމީހުންނަށް ވަކި ބިމެއް ހަމަޖައްސަން ފުރަތަމަ އުޅުނީ، އެއުސޫލުން ތަންޏާ ދެން ހެލްތް މިނިސްޓްރީން ރަޖިސްޓްރީ ތައްޔާރުކޮށްގެންވެސް ފަޒީ ކްލިނިކުގަ ހިއްޕީމާ އެވީހުން.

The name is already taken The name is available. Register?

ނަސޭހަތް

01 July 2024

ފަޒީ އެއް ކަމަކު ހުއްދަ ނަގައިން ކުރަން ޖެހޭނީ. ހާއްސަ ކޮށް ބޭސް ވެރިކަން. ކީއްވެ ހުއްދަ ނުނަގަން ތި އުޅެނީ. އިސްލާމް ދީނުގަ އޮންނަ ރިވެތި ސިފައަކީ ވެސް އެއީ. ވެރިންގެ އަމުރަށް ކިޔަމަން ވާންޖެހޭނެ. ހަމައެކަނި ބޭރު ފުށުން ތިމާ އިސްލާމް ދީނުގައި އޮންނަ ގޮތް ދެއްކިޔަސް ކަމަކު ނުދާނެ. އެހެން ހުރިހާ ކަމެއްވެސް ރަނގަޅު ވާން ޖެހޭނެ. އަވަހަށް ހުއްދަ ނަގާ، ދޮންކަނބުލޯ...

The name is already taken The name is available. Register?

ތެލަމާ

01 July 2024

ރާއްޖެއަކު ނެތް މިނިސްޓްރީ ހއްދަކުރާ ހިޖާމާ ކޯސް ހިންގާ ތަނެތް ދެން ބޭރުން ކޯސް ހެދިޔަސް އެއެއްވެސް ޤަބޫލެއް ނުކުރެ. ދެން އެމީހުން ޤަބޫލު ކުރާ ތަނެއް ބުނެވެސް ނުދެވެ. އަދި ޙިޖާމާއަކީ ސުންނަތުް ސާބިތުވާ ފަރުވާއެއް މި ސުންނަތް އުވިދާކަށް މުރުތައްދުން އަތަކަށް ދުލެއް ނުކޮށްލެވޭނެ. ހުއްދަ އޭ ކިޔާ ވާހަކަ ދައްކާއިރު މިނިސްޓްރީގަ ތިބީ ހިޖާމާ އާ ސީދާ ދެކޮޅު ޑޮކްޓަރުންތަކެއް އެމީހުން ހުއްދަ ވާހަކަ އެދައްކަނީ އޮޅުވާލަން . އަދި ނެތް ހުއްދަ ދިން އެކަކުވެސް.

The name is already taken The name is available. Register?

ބަންގާޅީ

01 July 2024

ހުއްދަ ހޯދައިގެން ކުރަންޖެހޭ ކަންތައްތައް ކުރަންޖެހޭނީ ހުއްދަ ހޯދައިގެން. އެކަމަކު ދިވެއްސަކަށްވީތީ ފަޒީގެ ފަހަތުން ނުނެއްޓިގެން އުޅޭ މަންޒަރު މިފެންނަނީ. ބަންގާޅީން ކުރަމުން އަންނަ ކާބޯތަކެތީގެ ވިޔަފާރީގެ ވާހަކަވެސް ހަމަ ތިހާ ބާރަށް ދައްކަންވީނުން.

The name is already taken The name is available. Register?

ކީއްވެ

01 July 2024

ޝުބާސް ހާބަލް ޙިޖާމާ އެންޑް ހާރބަލް މެޑިސިން މީ ހުއްދަ ހޯދައިގެން ކުރާ ބައެއް ނޫން. ހުސް ދޮގު ހަދައިގެން . މިނިސްޓްރީން މިތަން ނުހުއްޓުވާ. މިނިސްޓްރީން ބުނީ ރާއްޖެއަކު އަދި އެއްވެސް މީހަކަށް ހިޖާމާ ޖާހާކަށް ހުއްދަ ނުދެމޭ. ހިޖާމާ އަށް ހުއްދަ ދޭކަށް މިނިސްޓްރީން އެއްވެސް ކޯހެއް ޓްރޭނިންނެއް ހިންގަނީ ކީނޫން. ސީދާ ބުލެކް މާކެޓަށް މީތި ދޫކޮށްލަން ކުރާ ކަމެއް. އޭރުން ބަދިގޭގަވެސް ހިޖާމާ ޖަހާނެ. ރަސްމީ ތަނެއް ނެތީމަ އަޅުގަންޑު ބަދިގޭގަ ޖަހަންޖެހުނު.

The name is already taken The name is available. Register?

ހށނ

01 July 2024

ބިތުގަ ހުރި ލިޔުމަށް ބަލާ އިރު، ހިޖާމާޖެހުމަށް އާސަންދަ ދިނުން މާއައުލާކަން ބޮޑެވެ.އެހެންނޫނީ އަހަރެމެން ގަބޫލުކުރާ ހަމަތަކާއި އަމަލާ ދިމާނުވާ ކަމަށްވާނީ. މިއޮތީ ރުގްޔާއާއި ހިޖާމާފަރުވާޔަށް އާސަންދަ ހަމަޖައްސަން ޖެހޭ ވަގުތުއައިއްސަ. މިއަދުގެ ސަރުކާރަކީ މިކަންވެސް ރައްޔަތުންނަށް ފަހިކޮށްދޭނެ ސަރުކާރު.

The name is already taken The name is available. Register?

އަހުމަދު އަތީގު

01 July 2024

ހައްހައްހާ, މީ މައްސަލަޔަކީ, ގަބޫލު ކުރާ ގޮތާ ކުރާ ކަމާ ދިމާ ނުވޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454