ފޮރިން މިނިސްޓަރު ޒަމީރު، ފަލަސްތީނުން އދ.އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބާ މިއަދު ނިއު ޔޯކުގައި ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
27 ޖޫން 2024 - 22:31
ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާގެ ނިއު ޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ފަލަސްތީނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރާ ބައްދަލުކުރައްވައިފި އެވެ.
ޒަމީރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވެރިރަށް ވޮޝިންގްޓަނަށް ފަހު، މިއަދު ނިއު ޔޯކަށް ވަޑައިގެން، އެންމެ ފުރަތަމަ ވެސް ބައްދަލުކުރައްވާފައިވަނީ ފަލަސްތީނުގެ މަންދޫބާ އެވެ.
މި ބައްދަލުވުމުގައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ އެކު އދ. ގެ ދާއިމީ މެމްބަރެއްގެ ދަރަޖަ ހޯދަން ކުރާ މަސައްކަތުގައި ރާއްޖޭން ސާބިތުކަމާ އެކު ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
Met with Ambassador Riyad Mansour @Palestine_UN this afternoon and reaffirmed the unwavering commitment of the #Maldives to support our brothers and sisters in Palestine to attain their long overdue right to self-determination and admission as a full member State of the UN.
— Moosa Zameer (@MoosaZameer) June 27, 2024
The… pic.twitter.com/EPjyQsDPNw
މިނިސްޓްރީން ބުނީ ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ކެނޑިނޭޅި އަޑުއުފުލާނެ ކަމުގެ ޔަގީންކަން ވެސް ޒަމީރު ދެއްވި ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާ އަށް ފެއްޓެވި ދަތުރުގައި ޒަމީރު ފުރަތަމަ ވަޑައިގަތީ ވޮޝިންގްޓަނަށެވެ.
ވޮޝިންގްޓަންގައި ޒަމީރު ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އާއި ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ ގެ އިތުރުން އެމެރިކާ ސަރުކާރުގެ ބައެއް އިސް ވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
ނިއު ޔޯކުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އާއި އެ ޖަމިއްޔާގެ ބައެއް އިސްވެރިންނާ ޒަމީރު ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ނިއު ޔޯކަށް ކުރައްވާ ދަތުރުގެ ތެރެއިން، ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަތަރު ދުވަހުގެ މި ދަތުރު ނިންމަވައިލެއްވުމުގެ ކުރިން ނިއު ޔޯކްގައި ދިރިއުޅޭ ދިވެހިންނާ ވެސް ޒަމީރު ބައްދަލު ކުރައްވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަމާނީ މުސްލިމުން
28 June 2024
މިހާރުގެ ފަލަަސްތީން މަންދޫބަކީ ޕަޕެޓެއް ނޫންތަ، އެ ހުރީ މީހުން ކަތިލާ އިރުވެސް މީނަ ފިނި ކޮޓާރީގަ މީހުނާ ބައްދަލުކޮށްލާ ޑިނާތަށް ހަމަޖައްސައިލާ ވާހަކަ ދައްކާލަން.
އާދަނު33
28 June 2024
ދިވެހިން ވަރަށް އުފާވާނެ ފުރަތަމަ ފަލަސްތީނު މަދޫބާ ބައްދަލްކުރިވާހަކަޖެހީމަ!
ރުއްބުޑު
28 June 2024
އެއީ ފަލަސްތީނު ގެ ނަމުގަ އެނބުރޭ ފޭކްމަންދޫބެއް. އަސްލު މީހުން އެތިބީ ހާލުގަ ޖެހިފަ. ނިއުޔޯކުގެ މޭންސަން ގަ ރަޖާ އަޅައިގެން އެ އެތިބީ ޔަހޫދީ އެޖެންޓުންތަކެއް. ހޭވެރިކަން ވާނީ ކޮންއިރަކުން ބާ؟
ކުޑަނުބައި
28 June 2024
އެއްއަތުން ފިރުމާފަ އަނެއް އަތުން ޖަހަނީ ތޯ.
ސަލާން
28 June 2024
ހަމަ އެތާ އެތިބި ފަލަސްތީނުގެ ކޮންސުލޭޓް ވެސް ބަރާބަރައް އެމެރިކާ މީހުނާ މުއާމަލާތް ކުރާނެ. ރާއްޖޭން މީހަކު ގޮސް އެންމެންނާ ބައްދަލު ކުރީމަ ގޯސްވީ
ަސޭޑް
28 June 2024
ފަލަސްތީނުގެ މަންދޫބު، ދެން މުުޖުރިމު އެމެރިކާގެ ބޮޑުންނާ
ތަހުޒީބު
28 June 2024
އެންމެންނާ ގުޅުން ބޭއްވުމަކީ މައްސަލައެއް ނޫން. އެމެރިކާގަ ވެސް ފަލަސްތީން ގެ މިޝަންގެ މީހުން ވެސް އުޅޭ. އެމީހުން ވެސް ތިޔަހެން ވިއްޔާ ނިއުޔޯކުގަ އުޅެގެން ނުވާނެ އަދި އެމެރިކާ މީހުނާ މުއާމަލާތް ކޮއްގެން ވެސް ނުވާނެ.
1206
28 June 2024
ލޮލް. ފުރަމަ ބައްދަލުކުރީ އެމެރިކާގެ ވަޒީރު އެންތަނީ ބްލިންކަންއާދެ. ދެން ރައްޔިތުންގެ ކޮމެންޓްތަށް ފެނިގެން ތިވާހަކަ ތިޔަޖަހާލީ ނޫހުގަ
ލޮލްބެ
28 June 2024
ނިޔުޔޯކައް ގޮސް ފުރަތަމަ ބައްދަލް ކުރި ވާހަކަ އެބުނީ. ނިކަން ހަބަރު ރަނގަޅައް ކިޔާބަލަ. ބޭނުންވާ ތަންކޮޅު ނުކިޔާ