މާފުށީ ޖަލު: ޖަލަށް މަނާ ތަކެތި ވައްދާ ނެޓްވޯކްގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައި.-- މިހާރު ފައިލް ފޮޓޯ
29 ޖޫން 2024 - 11:20
މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި އެހީތެރިވާ ނެޓްވޯކްގައި ހިމެނޭ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 11 އޮފިސަރަކު ޝަރިއަތް ނިމެންދެން ބަންދުކޮށްފި އެވެ.
މާފުށީ ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި ޖަލު އޮފިސަރުން އެހީތެރިވާ ކަމުގެ ތުހުމަތުކުރެވިގެން ބުރާސްފަތި ދުވަހު ވަނީ ފުލުހުންގެ ބޮޑު އޮޕަރޭޝަނެއް އެތަނުގައި ހިންގައިފަ އެވެ.
އެ އޮޕަރޭޝަނާ ގުޅިގެން 13 އޮފިސަރަކު ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހިމެނޭ މީހުންގެ ބަންދު ޖަހަން ކޯޓަށް ހާޒިރުކުރުމުން 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. ބާކީ ދެ އޮފިސަރުންގެ ބަންދުގެ މުއްދަތަށް ކޯޓުން ދިނީ ފަސް ދުވަހެވެ.
ފުލުހުން ހައްޔަރުކުރީ މާފުށިން ނުވަ އޮފިސަރުންނާއި ކާށިދޫން ދެ އޮފިސަރުން އަދި އުތީމުންނާއި މާލެއިން ވެސް އެއް އޮފިސަރެވެ.
އެ މައްސަލާގައި މައުލޫމާތު ދޭން ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން ފުލުހުންގެ އިންޓެލިޖެންސުން އެއްކުރި މައުލޫމާތުގެ އަލީގައި، މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގާއި ފޯނު ފޯރުކޮށްދިނުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އެމީހުންގެ އެކައުންޓްތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވެ އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި މި ޖަލު އޮފިސަރުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކުރި އެކައުންޓުތަކުގެ ވެރިފަރާތްތައް ހޯދައި އެމީހުންނާ މެދުގައި ވެސް ގާނޫނީ ފިޔަވަޅު އަޅާނެ އެވެ.
މާފުށީ ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް ހިފެހެއްޓިއިރު ޖަލު އޮފިސަރުން އެކަމަށް އެހީތެރިވާ ކަމަށް އަބަދުވެސް ދެކެވެ އެވެ. އެކަމަކު އެކަމުގެ ތުހުމަތުގައި އޮފިސަރުންގެ ބޮޑު ނެޓްވޯކެއް ހައްޔަރުކުރި މިއީ ފުރަތަމަ ފަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިްން ޝާމް
30 June 2024
މިނިސްޓަރ ގޭގަ ހުންނަވައިގެން ވެސް ބަންދުގަ ތިބި ކަރެކްޝަން އޮފިސަރުންގެ ޙާލު ބެލޭގޮތް ހައްދަވަން ޖެހޭނީ،
ޓިނޭ
30 June 2024
މިހާރު ޝަރީއަތް ނިމިފަ އޮންނާނީ، ދެން ދޫކޮއްލާ. ބަދަލުވެސް ދޭންޖެހޭނެ.
އޮފިސަރ
30 June 2024
ޞަލަ ހާދަ ލުއިކޮށްލައިގެން އޫޅޭ ދެބޭފުޅަކު އެބަ އުޅުއްވައޭ ދެއްތޯ. ޟި ކިހާވަރެއްގެ ނުފޫޒެއް ހިންގާ ދެބޭފުޅެއްކަންވެސް އަޅުގަނދުމެންނަށްވެސް އެގިލައްވާނީ މި ވިޔަފާރީގަެި އުޅުއްވާ ބޭފުޅުންގެ ވަނަވަރު ހާމަކޮއްލަދެއްވީމަނުންތޯ. ނޫނީ މުއައްސަސާ ޖެހިލޫންވާވަރުގެ ބަޔަކީދެއްތޯ؟
ހަސަންބޭ
30 June 2024
އަހަރެން އަޖައިބުވާ ކަމަކީ މިއޮއްހާ ދުވަހު ޖަލުން ކޯލްތައް ކޮށް އެތަށް ރައްޔިތުންގެ މާލިއްޔަތު ދޮލެލި އިރުވެސް ފިޔަވަޅު އަޅައިގެންވެސް މައިތިރިނުވީމަ މުވައްޒަފުންގެ އަތެއް އޮތްތޯ ކަރެކްޝަނުން ނުބަލާ މިތިބީ ހަމަ ރަނގަޅަށްވެސް ފައިސާ ގެ ދަހިވެތި ކަމުގައިތާ.
ގުދުގުދާބެއްޔާ
29 June 2024
އަހަރެންގެ ބައްޕަ ބުނީ ރަށުން މާލެ ފުންމާލާގޮތައް ފުރަތަމަވެސް ބަލާލާނީ މާލޭގެ ބޮޑުތި އިމާރާތްތަކާ ބޮޑެތި ވިޔަފާރިތަކަށް! ދެން ވަންނާނީ އިމިގްރޭޝަން، ކަސްޓަމް ، އެމްޕީއެމް، ޖަލުތަކުގެ އޮފިސަރުންނަށް! ވަދެފަ ޚިޔާނާތްތެރިވެ ދެން ވަންނާނީ ޖަލަށްކަމަށް! ޖަލުން މިނިވަންވީމަ އެހެރީ ބޮޑެތި ވިޔަފާރި ވެރިއަކަށްވެފާކަމަށް! ހަރާމެއް ހަލާލެއް ނުބަލާނެ ކަމަށް!
އޮނަރަބްލް އަފީފު ދީދީ
29 June 2024
ދައުލަތުގެ ތިޖޫރީ ލޫޓުވާލާ ދައުލަތް ދަވާލި ކަން ތާރީޙުން އިގެން އޮތީ ތިރަށުތެރެއިން ނިކުތް ތިރަށު ޤަބީލާ ތަކުގެ މީހުންގެ އަތުގައިކަން ނޭގިގެނެއް އަހަރުމެން ނޫޅެން. # ޒަމާނެއްގައި ތިރަށުމީހާ ރާއްޖޭގެ އެހެން ރަށްރަށަށް ފުންމާލާފައި ބޮޑާ ހޭކިޔަސް މިއަދު ރާއްޖޭގެ އެއްވެސް ރަށަކުން ތިރަށު މީހުންނަކީ ސީދީން ކަމަށް ބަލައި ނަހަދާނެ. # ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންގެ މައްޗަކަށް ދެން ދުވަހަކުވެސް ކުރިން ތިރަށުމީހުން ކުރި ދުއްޕާނެއް ނުކުރެވޭނެ.
ްއަހަރެން
29 June 2024
ކިހިނެއްތަ މިގައުމަށް މިއެތެރެވަނީީ . އެބަޔަކަށް އެބަޖެހޭ ހޭއަރުވާލަން ދޯ
އިބބ
29 June 2024
މައްސަލަ ފެންމަތިވި ހިސާބުންނޭ؟ މި އޮތް ހުރިހާ ދުވަހު ސްކޭމް ކޯލްތައް ކޮށް، މީހުން އަތުން ފޭރި ހަދައިގެން ޕޮލިހަށް މައްސަލަ ހުށައެޅީމާ، އެއީ ޖަލުން ކުރާ ކަމެކޭ ކިޔާފަ ތަހުގީގު ނިންމާލި އިރު މައްސަލް ފެންމަތި ނުވޭ؟ ކޮންމެވެސް ސަރުކާރުގެ އިސް ބޭފުޅުކާ ގުޅުން ހުރި މީހަކު ސްކޭމް ކޮށްލީމާ މައްސަލަ ފެންމަތި ވެގެން މި މީހުން މި ހޯދުނީ؟ ޖަލުތަކުގަ ތިބޭ މީހުން ފޯނު ގެންގުޅޭ ކަމާ، ސޯޝަލްްމީޑިޔާގަ ޕޯސްޓް ކުރާ ކަމާ، ސްކޭމް ކޯލް ޖައްސާކަން އެންމެނަށް އެނގޭ
ކޮރަލް
29 June 2024
ބޮޑެތި ކުއް ކުރާ މީޙުން ހައްޔަރު ކުރެ އެވެ. ބަންދު ކޮށް ފި އެވެ. ދޫކޮށްލައިފި އެވެ.
ތުނޑުހަސަނު
29 June 2024
ކަސްޓަމްސްއާއި އިމިގްރޭޝަންގެ ކޮރަޕްޝަން ވެސް އެހާބޮޑު. އަވަސް ފިޔަވަޅުތަކެއް އަޅުއްވައިގެން މި ދެތަނުގެ ކޮރަޕްޝަން ވެސް ނިމުމަކަށް ގެންނަވާނެކަމަށް އުންމީދުކުރަން. ބޭރުމީހުންނަށް ކޯޓާ ދިނުމުގައި ވެސް އެހާ ކޮރަޕްޝަން ހިންގާ. ބަންގްލަދޭޝް މީހުންގެންނަން މިއަހަރު ދިން ކޯޓާވެސް ދިނީ ރިޝްވަތުނަގައިގެން. ކުރިން ހުށެހަޅި މީހުންނަަށް ނުދީ ފަހުން ހުށަހެޅި މީހުންނަށް ދިނީ ރިޝްވަތު ދިނުމުން. މިހުންނަނީ ބޮޑެތި މައްސަލަތައް. ކަސްޓަމްސްގެ ވާހަކަ ދެންއޮތީ.
ބްލަޑް
29 June 2024
ތިކަހަލަ ކިތައް މީހުން މިސަރުކާރު އައިފަހުން ނޫސްތަކުގެ ފަލަ ސުރުޙީއަށް އެރި: ފެނަކަ، އާރު.ޑީ.ސީ، ޓްރާންސްޕޯރޓް، މިލިއަނުން އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި ކަމަށް ކިހާވަރަކަށް ވާހަކަ ދެކެވުނު. ކޮބާ ރިޔަލްސްޓޭޓް ވިޔަފާރީގަ މިލިއަނުންރުފިޔާ ނެގި މީހާ؟ ރާއްޖެ މިއީ މިހާރު ގޭންގްސްޓާރުންގެ ސުވަރުގެއަކަށްވެ ނިމިއްޖެ. މިތާނގަ ކުރައިމްގެ އަމަލު އަދި ކޮރަޕްޝަން އެއީ ޕްރޮފެޝަން އަކަށް ވެއްޖެ.