10 ޖުލައި 2024 - 21:47
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން މިދިޔަ މަހު ބަލައިގަތް އާމްދަނީ، ކުރިން ލަފާކުރި ވަރަށް ވުރެ 28.8 ޕަސަންޓު ދަށްވެއްޖެ އެވެ.
މީރާ އިން އާންމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އެ އޮތޯރިޓީން ވަނީ މިދިޔަ މަހު ޖުމްލަ 2.05 ބިލިއަން ރުފިޔާ ބަލައިގެންފަ އެވެ. އޭގެ ތެރޭގައި، ސީދާ އެމެރިކާ ޑޮލަރުން ބަލައިގަތް 76.57 މިލިއަން ހިމެނެ އެވެ.
މިދިޔަ މަހު ބަލައިގަތް އާމްދަނީ އަކީ މީރާއިން ބުނި ގޮތުގައި، މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 26.8 ޕަސަންޓު އިތުރު އަދަދެކެވެ. އެކަމަކު މިއީ، އަހަރު ފެށުނުއިރު ލަފާކުރި މިންވަރަށް ވުރެ 28.8 ދަށް އަދަދެއް ކަމަށް މީރާއިން ބުންޏެވެ.
ލަފާކުރި މިންވަރަށް އާމްދަނީ ނުލިބުމުގެ ސަބަބުތަކުގެ ތެރޭގައި ކޯޕަރޭޓް އިންކަމް ޓެކްސް އާއި ބޭންކް ޕްރޮފިޓް ޓެކްސް އަދި ޓޫރިޒަމް ބިމު ކުލި ދަށްވުން ހިމެނޭ ކަމަށް ރިޕޯޓުގައި ބުންޏެވެ.
މިދިޔަ މަހު ވެސް، މީރާއަށް ބަލައިގަތް އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި އެކަނި، 748 މިލިއަން ރުފިޔާ މީރާއަށް ދައްކާފައިވާ އިރު، މިއީ ޖުމްލަ އާމްދަނީގެ 36.49 ޕަސަންޓެވެ.
ދެވަނަ އަށް އެންމެ ގިނައިން ދައްކާފައިވަނީ އިންކަމް ޓެކްސް އެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު ބަލައިގަތް 629 މިލިއަން ރުފިޔާ އަކީ ޖުމްލަ އާމްދަނީގެ 30.69 ޕަސަންޓެވެ.
އެމެރިކާ ޑޮލަރުން މީރާއަށް އެންމެ ގިނައިން ދައްކާފައިވަނީ ޓީޖީއެސްޓީ އެވެ. ޓީޖީއެސްޓީގެ ގޮތުގައި މީރާއަށް ދެއްކި 27.3 މިލިއަން ޑޮލަރަކީ، ޖުމްލަ ޑޮލަރު އާމްދަނީގެ 35.7 ޕަސަންޓެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މީރާއިން ބަލައިގަތް އާމްދަނީ ވަނީ 12.5 ބިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، ގާތްގަނޑަކަށް 1.9 ބިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބޭ
11 July 2024
މިދިޔަ އަހަރުގެ ޖޫން މަހަށްވުރެ މި އަހަރުގެ ޖޫންމަހުގެ އާމްދަނީ 26.8 އިންސައްތަ އިތުރުވެފައި. އިތުރުވެފައި އެއޮތީ ގާތްގަނޑަކަށް ތިންބައި ކުޅަ އެއްބައި. އެއީ ވަރަށް ބޮޑު އަދަދެއް. ޢެކަމަކުވެސް އަންދާޒީ ކުރިވަރަށް ވުރެ 28 ފަސަންޓް ދަށް. އެހެންވީމައި ބުނެވޭނީ ބަޖެޓް މާ ބޮޑަށްވެސް އޯވަރ ފޯކާސްޓް ކޮށްފައިވާކަން.
ތުއްތޭ
11 July 2024
ދައްކާނަމަ އެއްނު ލިބޭނީ. ނުދެއްކީމަ މާފުކޮށްދޭ. ދެން ކީއްކުރަން ދައްކަންވީ. މީ ގާނޫނު މުގުރާ މީހުންގެ ސުވަރުގެ. މިގައުމުގަ މޮޅު އޮތީ ގާނޫނު މުގުރާ ކުށްވެރިންނަށް. ގާނޫނަށް އަމަލުކުރާ މީހުންނަށް އެއްވެސް މޮޅެއް ނުލިބޭނެ.
އޮނަރަބްލް އަފީފު ދީދީ
11 July 2024
ފަތުރުވެރިޔާ އަތުން ޓެކްސް ނެގުމަށްފަހު ރާއްޖޭގެ ވަރަށް ގިނަ ރިސޯޓުތަކުން ދައުލަތުގެ ޓެކްސް އޮފީސް މީރާއަށް ނުދައްކާ އެބަހުރި. މިފަދަ ފަރާތްތަކުން ރިސޯޓް ކުލިފަދަ ފައިސާވެސް ނުދައްކާ. # މާލޭ އެއަރޕޯޓާއި އިމިޤްރޭޝަންގެ ތަފާތު ހިސާބުތަކުން ރާއްޖެއަންނަ ފަތުރުވެރިން އިތުރުކަމަށް ދައްކާއިރުވެސް އަދި ޓީއެމްއޭއިން ފަތުރުވެރިން ދަތުރު ކުރާ އަދަދު އިތުރުވީ ކަމަށްވިޔަސް ރިސޯޓްތަކުން ޓެކްސް މަދުން ދެއްކިޔަސް މިވަނީ ކިހިނެއްކަން ބަލާކަށް މީރާ ބޭނުމެއްނުވޭ!؟
އުސްމާނުބެ
11 July 2024
އެމީ ހުން ދުވާނީ ކަންމަތީ ފިހާރަ ތަކުންނާ ، ދެންވެސް އުޅޭ އާދައިގެ ވިޔަފާރިތަކުން
ޑރ ވާންޗޯ
11 July 2024
އެކަން ބަލަން ޖެހެނީ އޮޑިޓެއްހަދަން އެކަންނެތް ކުރެވޭކަށް. މީރާ ފަލީހަތްވާނެ ރިސޯޓުތަކަށްވުރެބޮޑަށް.
ކަންނިމާލި
10 July 2024
36.49 + 30.69 + 35.7 = 102.88
އަދޫ
10 July 2024
އަސްލު އާމްދަނީ ދަށެއްނުވޭ، މާ މަތިން އަންދާޒާ ކުރެވުނީ.