އެމްކިޔުއޭގެ ސީއީއޯ، ފިޒާނާ ރަޝީދު އަދި އެ އޮތޯރިޓީގެ ބައެއް މުވައްޒަފުންނާ އެކު.-- ފޮޓޯ | އެމްކިޔުއޭ
18 ޖުލައި 2024 - 11:29
ބައެއް ކޮލެޖުތަކާއި ޔުނިވާސިޓީތަކުން އީ-ލާނިންގެ ހުއްދަ ނުހޯދައި އޮންލައިން ކޯސްތައް ހިންގާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެފަދަ ތަންތަނަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ބުނެފި އެވެ.
އެމްކިއުއޭއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އޮންލައިންކޮށް ކޯސްތައް ހިންގަން މަތީ ތައުލީމުދޭ ހުރިހާ މަރުކަޒުތަކަކަށް ދީފައިވާ ހުއްދަ މިހާރު ބާތިލުކޮށްފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ވަނީ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު" އަދި "ގައިޑްލައިންސް ފޯ އީ-ލާނިން ގަވާއިދު މެއި 16، 2022 ގައި ގެޒެޓްކޮށްފަ އެވެ.
އެމްކިއުއޭ އިން ބުނީ ކޮލެޖްތަކާއި ޔުނިވާސިޓީތަކުން އެ ގަވާއިދާ އެއްގޮތަށް ޕްރޮގްރާމްތައް ހުށަހަޅައި ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އަދި ކިޔަވަން ފެށުމުގެ ކުރިން އެ ކޯހަކީ ހުއްދަ ދީފައިވާ ކޯހެއްތޯ ދަރިވަރުން ވެސް ޔަގީންކަން ކުރަން އެ އޮތޯރިޓީން އިލްތިމާސްކުރި އެވެ.
އެމްކިއުއޭ އިން ބުނީ އެކްރެޑިޓްކޮށްފައި ނުވާ ކޯހަކުން ހޯދާ ސަނަދެއް ގަބޫލު ނުކުރާނެ ކަމަށެވެ.
އެ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް ކޮލެޖްތަކާއި ޔުނިވާސިޓީތަކުން ކޯސްތައް އިޝްތިހާރުކޮށް ހިންގާ ނަމަ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދުގެ ދަށުން އެ ތަނަކަށް ފިޔަވަޅު އަޅާނެކަން މީގެ ކުރިން ވެސް އޮތީ އަންގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާސީނު
19 July 2024
ކިޔަވާ ކުދިންނައް ދޭ ބޮޑު އަނިޔާއެއްމީ، ފިޔަވަޅުތައް އަޅައި މިކަމުން ނާޖައިސް ފައިދާ ނަގާމީހުން ހިފާއި ހައްޔަރުކުަންވީ
ޖުމާން.
19 July 2024
އެމްކިޔުއޭއިން މިގޮތައް މިކަންކުރުމުން ދަރިވަރުންނަށް ކޯސްތަކުގައި ވަގުތާއި ފައިސާ ބޭކާރު ނުކޮށް، ޝަރުއީ ތައުލީމެއް ލިބޭނެކަން ކަށަވަރުކޮށްދޭނެ
ޒާހިދު.
19 July 2024
މިހާރުވެސް މާލަސްވެއްޖެ، ފިޔަވަޅުމިހާރުން މިހާރައް އަޅަންވީ
ލަޔާން.
19 July 2024
މިހާރު ޕްރޮގްރާމްތަކަށް އަލުން އެޕްރޫވަލްތަކެއް ހޯދަން މަޖުބޫރުވެފަ މިވަނީ
ނަޖުމީނު
19 July 2024
އަގުހުރި ތައުލީމެއްގެ ޔަގީންކަން ލިބޭނީ މިކަންމިހެން ކޮއްގެން
ރާހިލް
19 July 2024
އެމްކިއުއޭ އެޕްރޫވް ނުކުރާ ކިތަންމެ ކޯހެއްވެސް އެބަ ހިންގާ. މިއީ ދަރިވަރުންނަށް ދެވޭ އަނިޔާއެއް. މިއީ ކުރަން ވަރަށް ބޭނުންތެރި ކަމެއް.
މިލާން
19 July 2024
ކިތަންމެހާވެސް ރަނގަޅު ކަމެއް ތީ ކުރަން. މާ ލަސްވެސް ވެއްޖެ
ޙާޖީން
18 July 2024
ސެޓްފިކެޓްތަކުގެ ސައްޙަކަން ނުބަލާނަމަ، ކޮންމެމީހަކު މާސްޓަސް ޕީއެޗްޑީ ގެނެސްފާނެ.....
ހަސަންބެގެ އަލީ
18 July 2024
70 ގެ އަހަރުތަކާ ޖެހެންދެން ކިޔަވަން ޖެހޭނީ ބަކިބަޔަކު. ބައެއްމީހުން ފިލައިގެން އިންޑިއާއަށް ގޮސް، ޕާކިސްތާނުން އަރަބިކަރައިން ކިޔަވައިގެން އަންނަނީ ވަރަށް ހާލުން. އަންނަތަނާ އެބަހުރި އަރުވާލާފައި އުމުރު ހުސްވަންދެން. މިހާރުމީ އިންޓަރނެޓް ޒަމާން... ކުޅެން ނަހަދާތި!
ކޮއިފުޅާ
19 July 2024
ކަލޯ އަވަހަށް އޮޕަރޭޝަން ޑޮކްޓަރުކަން ނުވަތަ އިންޖިނިއަރުކަން ކިޔަވާ ގޭގަ އޮވެގެން. އިންޓަނެޓު ޒަމާނެއްނު. މާދަން ކަލޭ ޑޮކްޓަރަކަށް ވޭ އިންޓަރނެޓުން ކިޔަވައިގެން. ޓީޗަރު ކޯސްވެސް ފައްކާ ވާނެ. ދުވަހަކު ކުލާހަކަށް އެޓެންޑު ނުވެ ކޮންޕިއުޓަރު ފުރަގަހުގަ ހުރެ ކިޔަވައިގެން މުދައްރިސަކަށް ވީމަ ހަމަ ފައްކާވާނެ.
ވަހީދުގެ
18 July 2024
ތައުލީމަކީ ކޮންޓްރޯލް ކުރެވޭނެ އެއްޗެއްނޫން. ފިލާވަޅުތައް ޔޫޓިއުބަށް އަޅާނީ... ކިޔަވައިގެން އަންނަ މީހުންނަށް ޓެސްޓެއްދޭނީ.
ކޮންޓްރޯލްބެ
19 July 2024
ތައުލީމު ކޮންޓްރޯލް ކުރާވާހަކަ ބަޔަކު ނުދައްކާ. އެކަމަކު އޮންލައިން ކޯސް ހަދައިގެން ގޫގުލް ކޮޕީ ޕޭސްޓު ހަދައިގެން އެސައިންމެންޓު ހަދާފަ ހޯދާ ސަނަދެއްގެ ބޭނުމެއް ބުނެބަލަ؟ ޓެސްޓަކުން ފާސްވުމަށް ވުރެ ތިމާއަށް އެ ސަބްޖެކްޓެއް އެނގުނުވަރު މުހިއްމު ނޫންތަ؟