އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް: އޭނާ މަގާމުން ވަކިކުރުމުގެ މައްސަލައިގެ ބަހުސް ކުރުމަށް މާދަމާއަށް ވަނީ އެޖެންޑާކޮށްފައި-- ފޮޓޯ: ނިޝާން އަލީ/ މިހާރު
21 ޖުލައި 2024 - 21:23
މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއެރުވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ގަވަރުނަރު މަގާމުން ވަކިކުރުމަށް ރައީސަށް ލަފާއެރުވުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމެވެ.
ނާޒިމް އެ މައްސަލަ ހުށަހަޅުއްވައި ވިދާޅުވީ ގައުމުގެ އިގްތިސާދު ހީނަރުވެގެން ދިޔައިރު އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލުވެފައި ނެތް ކަމަށާއި މަނިޓަރީ ޕޮލިސީ އޭގެ އެންމއެ އެކަށޭނެ ގޮތުގައި ހިނގަމުންދަތަން ނުފެންނަ ކަމަށެވެ.
އެ މައްސަލަ ބަލއި މާލިއްޔަތު ކޮމިޓީން ވަނީ ޖަވާބުދާރީވުމުގެ ފުރުސަތު އަލީ ހާޝިމަށް ދެ ފަހަރެއްގެ މަތިން ދީފަ އެވެ. އެކަމަކު އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީން ތާވާލުކުރި ބައްދަލުވުންތަކަށް އޭނާ ވަޑައިނުގަންނަވަ އެވެ.
މަޖިލީހުގެ އާންމު ކޮމިޓީން މިރޭ 8:30 ގައި ބޭއްވި ބައްދަލުވުމުގައި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް 8 މެމްބަރުންގެ އިއްތިފާގުން ނިންމީ މާދަމާގެ ބަހުސް އެއް ގަޑިއިރަށް ކުރިއަށް ގެންދާށެވެ.
އެ މައްސަލާގައި އަލީ ހާޝިމް މަޖިލީހަށް ފޮނުއްވި ރިޕޯޓުގައި ވަނީ ރާއްޖޭގައި އިގުތިސާދީ ކާރިސާއެއްގެ ބިރު މިހާރު ބޮޑުވެފައިވަނީ އެމްއެމްއޭ އާއި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތު ކަން ނުދިނުމުގެ ސަބަބުން ކަމަށެވެ.
އިގުތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި، ގައުމު އިގުތިސާދީ ފުން އަނދަވަޅަކަށް ވެއްޓުނަ ނުދީ ރައްކާތެރި ދިމާލަކަށް ވާސިލުވާނެ ގޮތްތައް ޔަގީންކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސީޙު
22 July 2024
އިބޫ ސަރުކާރުގަ އެތަށް ބިލިއަން ރުފިޔާއެއް ޕްރިންޓް ކުރިއުރު ގަވަރުނަރު ކޮބާ އޭރު
ވަސީއު
22 July 2024
އިބޫގެ ސަރުކާރުން ގައުމު ހިންގަން ނޭނގުނީމަ ގައުމުގެ އިގްތިސާދު މިހާލަތަށް ގޮއްސަ މިއޮތީ
އަލްސަންް
22 July 2024
މީނަ މީޓިންތަކަށް ނުގޮސް ކޮން ބަހަނާއެއްތަ މިދައްކަނީ ؟؟ ފަރުވާ ކުޑައީ، ބަލަ މަތަ ދާންވީ މީޓިންތަކަށް؟؟؟؟
ކނމދ
22 July 2024
ކޮބާ ވަކިކޮށްފީންތަ.
ވޯލް
22 July 2024
އެމްއެމްއޭ އާ ހެދިތަ ދައުލަތުގެ ދަރަނި ބޮޑުވެގެން މިއުޅެނީ. ސަރުކާރުތަކުން ކަންކަން ކުރާގޮތުން ވާކަމެއް ދަރަނި ބޮޑުވުމަކީ. ނިމިދިޔަ ސަރުކާރުންވެސް އިނތިހާއަށް އިސްރާފާ ކޮރަޕްޝަން ހިނގީ، މިހާރު މިއޮތް ސަރުކާރުންވެސް ހަމަ އެމޭރެމުން ކަން ކުރަނީ. ސިޔާސީ ބޭކާރު މަގާމުތައް ލިމިޓެއްނެތި އިތުރުކޮށް އަދި އޭގެ ތަފްސީލް ހާމަނުކޮށް ތިބެފަ ގަވަރުނަރު ފަހަރުން ދުވީމަވޭތަ.
މަސްއޫދު ޝަރީފް
22 July 2024
މި ނިންމުމުގެ ސަބަބުން ދުނިޔޭގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިޤްތިޞާދީ ސިޔާސަތުތައް ބައްޓަން ކުރެވޭނެ. މިދިޔަ ސަރުކާރާ ހިލާފަށް.
މައިސަރް
22 July 2024
ހާޝިމް އަކީ މިދިޔަ ސަރުކާރުގެ ޕަޕަޓެއް، ސިޔާސީ ނުފޫޒު އެއްކިބާވެފަ ހުރި ރަނގަޅު ގަވަރުނަރެއް ބޭނުންވަނީ
އޮނަރަބްލް އަފީފު ދީދީ
22 July 2024
ރައްޔިތުން ފަޙްރުވެރިވާފަދަ ސަރުކާރެއް އެކުލަވާލާނެކަމަށް ވަޢުދުވެ ވަޑައިގެން ވެރިކަމާއި ޙަވާލުވި ފަރާތުން (ވެރިޔާ އާއި އެބޭޅާގެ ޕާޓީ އަދި ކެބިނެޓް ރުހުން ލިބިގެން) ވަޒީފާ ދީފައިވާ ފަރާތް ތަކާއި، މަޖިލީހަށް ހޮވިވަޑައިގަތް މެންބަރުންނަށް އެކަނި ބަލާލި ކަމުގައިވިޔަސް "އެއީ ރައްޔިތުން ބޭނުންވިގޮތްތޯ" ސާފުކޮށްލަން ބޭނުން އެތައް ބަޔަކު އެބަތިބި. އެކަމަކު ކީއްކުރާނީ. ހާލަތު އޮތީ ރައްޔިތުންނަށް އެފަދަ ވާހަކަ ދައްކާ އަޑު އުފުލޭ ގޮތަކަށްނޫން.
ފާތިމަތު އަލީ
22 July 2024
އަލީ ހާޝިމްގެ ބެލުމުގެ ދަށުން އިގްތިސާދު ވަނީ ދަށަށް ގޮސްފަ. އޭނާ ވަކިކުރުމަށް ނިންމުމަކީ ރަނގަޅު މިސްރާބަކަށް އެޅޭނު ފިޔަވަޅެއް.
އަހުމަދު ސަޢީދު
22 July 2024
އަލީ ހާޝިމް ކޮމިޓީއަށް ދެފަހަރު ހާޒިރުނުވުމުން އެނގެނީ އޭނާ ޖަވާބުދާރީވުމަށް ބޭނުން ނުވާކަން. އޭނާ ވަކިކުރަންޖެހޭ