އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވި ސަރަހައްދު: އެ މައްސަލާގައި ފެނަކަ ކޯޕަރޭޝަން ވަނީ ޖޫރިމަނާ ކޮށްފައި --- ފޮޓޯ: އުނގޫފާރު ޑޮޓް ކޮމް
23 ޖުލައި 2024 - 17:23
ރ. އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އަދި އެ ކުދިން ސަލާމަތްކުރަން އުޅުނު މީހާ މަރުވި ހާދިސާއާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ އިހުމާލު އޮތުމުން އެ ކުންފުނިން 50،000ރ. އިން ޖޫރިމަނާ ކުރަން މޯލްޑިވްސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނިންމައިފި އެވެ.
މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި މި ހާދިސާ ހިނގީ އެ ރަށު މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް ކުޑަކުއްޖަކު ކަރަންޓުގައި ޖެހުމުންނެވެ. އަދި އެ ހާދިސާގައި މަރުވީ އެ ކުއްޖާ ސަލާމަތް ކުރަން މަސައްކަތް ކުރި 18 އަހަރުގެ ޒުވާނެކެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގި ގޮތް ބެލިއިރު، ހާދިސާ ހިނގަން މެދުވެރިވީ މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސާކިޓް ބްރޭކަރާއި މިނިއޭޗާ ސާކިޓް ބްރޭކަރު ހަރުކޮށްފައި ނުވާތީކަން ކަމަށެވެ. އަދި ފެނަކައިން ހިދުމަތް ދެމުން އަންނަ ގިނަ ރަށްތަކުގައި މަގުބައްތިތައް ދިއްލަމުން ދަނީ އާތު ލީކް ސާކިޓް ބްރޭކަރު ހަރުނުކޮށް ކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ބަޔާނުުގައި ބުނެފައިވެ އެވެ.
އެ އޮތޯރިޓީން ބުނީ މި ހާދިސާ ހިނގީ މަގުބައްތި ތަކުގެ ސަލާމަތީ ކަންކަމާމެދު ފެނަކައިން އިހުމާލުވެފައި ކަމަށް ވާތީ އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ޖޫރިމަނާގެ 50،000ރ. ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ވަނީ އަންގައިފަ އެވެ.
މީގެ އިތުރުން މިފަދަ އިތުރު ހާދިސާތަކެއް ހިނގައިދިޔަ ނުދިނުމަށް ފެނަކައިން ހިދުމަތް ދޭ ރަށްރަށުގައި ސަލާމަތީ ބްރޭކަރުތައް 30 ދުވަހުގެ ތެރޭގައި ހަރުކުރުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި މި މުއްދަތުގައި ހަރުނުކުރެއްވިނަމަ، އެ ހިދުމަތް މެދުކަނޑާލުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގައިފަ އެވެ.
އެ މައްސަލާގައި ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކުރިއިރު، އެ ކުންފުނިން ފަހުން ހެދި އިންސްޕެކްޝަނަކަށް ފަހު އެ ކުންފުނިން ބުނެފައިވަނީ ގިނަ ރަށްރަށުގެ މަގުބައްތި ހުރީ ރައްކާތެރި ގޮތަކަށް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިދަންމިޔަރު
24 July 2024
މާދަމާ އަނެއް މަރު!! ފެނަކަ އޯކޭ!! މޯލްޑިވްސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ކުރެވޭނެކަމެއްނެތް!! ދައުލަތުގެ އެއް ޖީބުން އަނެއް ޖީބަށް ލާރިލުމަކުން އާންމު މީހާއަށް އޮތް ނުރައްކާ ކުޑައެއް ނުވޭ
ނިދަންމިޔަރު
24 July 2024
ވަރަށް އޮށްޓަރެއްނެތް ނިންމުމެއް. ތަންތަނުގަ ތިބޭ އިސްވެރިން ޒިންމާދާރު ކުރެވޭނެ ގޮތެއް މި ގައުމުގަ ނެތީބާ؟ ތި ހާދިސާއެއް ހިނގިއިރު ތިޔަތަނުގަ ތިބި އިސްވެރިން ތިކަމުގެ ޒިންމާ ނަގަންޖެހޭނެ. ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައްނާޅާ، ކަރަންޓުގެ ޙިދުމަތްދިނުން އެއީ ބަލައިގަނެވޭނެ ކަމެއްނޫން. މިކަހަލަ ކަންކަމުގަ އަމަލުކުރާނެ ގޮތުގެ ގާނޫނެއްވެސްނެތީތޯ؟
އަހޫދު
24 July 2024
އާއިލާ އަށް މިލިއަނުން ރުފިޔާ ދޭން ޖެހޭ.
ހަޔާތް
24 July 2024
އާއިލާއިން ފެނަކަ އަދި ދައުލަތާ ދެކޮޅަށް ދައުވާ ކުރަންވާނެ. މި ގައުމުގަ ޚިދުމަތްދޭ ތަންތަނުން ބިރަކާ ނުލާ އުޅެނީ ޒިންމާނުކުރުވާތީ.
މިތުރުބޭ
24 July 2024
ހަމައެކަނި ފެނަކަ ޖޫރިމަނާ ކުރުމުން ފުދޭތަ؟ ކޮބާ ކައުންސިލްގެ އިހްމާލް؟؟؟
މިސްޓަރ ޓިނޭ
24 July 2024
މަރުގެ ދިޔަ ، މަރުހޫމުގެ އާއިލާ އަށް ދޭން ޖެހޭނެ
ކާރިސާ
24 July 2024
ތިޔަޖޫރިމާނާގެ އަދަދު ކިތަންމެ ތަނުންވެސް ކުޑަ، އަދި ހިނގާދިޔަ ހާދިސާ އަކީ ވަރަށް ހިތާމަވެރި ހާދިސާއެއް، އެހާދިސާގައި ދުނިޔެ ދޫކޮށް ދިޔަ ޒުވާން ކުއްޖާއަކީ ބަތަލެއް. ވަރަށް ގިނަ ބަޔަކަށް ނަމޫނާއެއް ދައްކުވައިދިން ޝަހުސެއް. މަރުހޫމައް ފާފަ ފުއްސަވައި ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުޢާކުރާން. މިހިތާމަވެރި ހާދިސާގައި ދުނިޔެއާ ވަކިވެގެން ދިޔާ ކުއްޖާގެ ޒިކުރާ އާލާކޮށް އެކުއްޖާގެ އާއިލާއަށް ތިޔަކުރި ޖޫރިމާނާގެ ފައިސާ ދިނުމަށް ގޮވާލަން.
50000
24 July 2024
ތި ފައިސާ ވަންނަނީ ކޮންތާކަށް. ކަނާތު ޖީބުން ވާތު ޖީބަށްތަ؟ މަރުޙޫމްގެ ޢާއިލާއަށް ދެނީ ކޯއްޗެއް؟
އަހުމަދު އަލީ
23 July 2024
ތަންތަން ޖޫރު މަނާ ކުރުމުން ހައްޤު ގެއްލުނު މީހާ އަށް އޮތީ ކޮން ބަދަލެއް.
އައްޔަ
23 July 2024
އޯ ސަހަރޯ މިނިމްމާލީ ޖޫރިމަނާޔަކުން ޒުވާންކުއްޖެއްގެ ފުރާނައިގެ އަގު 50 ހާހުން ނިމްމާލީމާ ކޮބާ އޭރު ފެނަކާގަ ހުރި އިސްވެރިޔާ އޭނާ 25 އަހަރައް ޖަލައް މަރުވިމީހާގެ އާއިލާއައް މަހަކު 35 ހާސް އޭރު ފެނަކާގަ ތިބި ހުރިހާ މުއައްޒިފުން މުސާރައިން އުނިކޮއްފަ ދޭންޖެހޭނެ ވަރު ކަމެއްތީ ކޮބާ ހިއުމަންރައިޓްސް މުއައްސަސާއެއްގެ ހުރިހާވެރިން ޒިމްމާވާންޖެހޭނެ ތިހާކުޱަކޮން ތިކަން ނިމްމާނުލާ