އޭޖީ އުޝާމް: ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސިޓްތައް އާންމުކުރަން ދައުލަތުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
23 ޖުލައި 2024 - 22:15
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލުތައް ހިމެނޭ ރިސިޓްތައް ހާމަކުރުމާ ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސް، އެ ރިސިޓްތައް ހާމަކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.
އދ. ގައި ތަގްރީރު ކުރެއްވުމަށް 2022 ވަނަ އަހަރު އިބޫ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކުރަން ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެވެ.
އެ މައްސަލާގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ އެ ސްޓޭންޑު ދިފާއުކޮށް، އިބޫގެ ދަތުރުފުޅަށް ކުރި ހަރަދުގެ ރިސިޓްތައް ހާމަކުރަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ރިސިޓްތައް ހާމަ ނުކުރިޔަސް، ދަތުރުފުޅުގެ ހަރަދުތައް ކުރިން ދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ނަމަވެސް އެ ނިންމުން ބަދަލުކޮށް އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ދިރާސާ ކުރުމަށްފަހު އެ މައްސަލަ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ހައި ކޯޓުން އަންގާފައިވާ ގޮތަށް ރިސިޓްތައް ހާމަކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ދައުލަތުން މީގެކުރިން ބުނަމުން އައީ ރިސިޓްތަކަކީ މައުލޫމާތެއް ނޫން ކަމަށާއި މައުލޫމާތަކަށް ވާނީ ދަތުރުފުޅަށް ކުރި ހަރަދާ ގުޅޭގޮތުން ރިސިޓްގައި ހިމެނޭ ތަފްސީލުތައް ކަމަށެވެ. އަދި އެ ތަފްސީލުތައް ކުރިން ވެސް ދޫކޮށްފައިވާނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންދަލޫސިޔާ
24 July 2024
މި ސަރުކާރުގެ ރައީސް އާއި އިސްވެރިންގެ ދަތުރުތަކުގެ ޚަރަދުގެ ތަފުސީލް ވެސް ހާމަކުރޭ. ވެރިން ތިޔަ ދަތުރުކުރައްވަނީ އަޅުގަނޑުމެން ރައްޔިތުންގެ ޓެކްސް ފައިސާއިން.
ނަޝާއަތް
24 July 2024
ލީޑަރުން ކުރާ ހަރަދު ތައް ވަގުތުން ވަގުތަށް އިނގެން ޖެހޭ. ޑރ.މުއިއްޒުގެ މި ސަރުކާރުން ހަރަދުތައް ވަރަށް ދެފުއް ފެންނަ ގޮތެއްގަ ކިޔާ ދޭ. އެކަން ވަރަށް ބަލައިގަންނަން.
ސަމާހް ސަލީމް
24 July 2024
ހާމަކަން ބޮޑު ގޮތެއްގައި ދެފުއް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރެޓިކް ވެރިކަމުގެ ބިންގަލެއް. ސޯލިހުގެ އަމަލުތަކުން މި އުސޫލަށް ބުރޫއަރާ
މިލާން
24 July 2024
ރަސީދުތައް ފޮރުވައިގެން ބެހެއްޓުމަކީ އާންމު ފައިސާ ނުބައިކޮށް ބޭނުންކުރުމުގެ މާނައަކަށް ވެދާނެ ކަމަށާއި، ސަބަބަކީ ސާފު ޖަސްޓިފިކޭޝަނެއް ނުވަތަ އޯވަސައިޓެއް ނެތުމުން
ނަޒާހް
24 July 2024
ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ނެތި، އާންމުންނަށް ސޯލިހު ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތް
ޖަމްޝީދް
24 July 2024
ރަސީދުތައް ހާމަކުރަން ސޯލިހު ދެކޮޅު ހެދުމުން ޓެކްސް ދައްކާ ފަރާތްތަކުގެ ފައިސާ ޚަރަދުކުރާ ގޮތުގެ ހާމަކަން ކުޑަކަމުގެ ޝައްކު އުފެދޭ
ގަފޫރް
24 July 2024
ކިހިނެތް ވީ؟ ޖަރީމާ ބޯކޮށް ހުރި ފާޑު ޖަހަނީ. މާ ވަރަކުން އެއްޗެއް ނުދައްކަން ތެޅޭތީ
ރިމާއްކޮ
24 July 2024
ޑރ.މުއިއްޒު ސަރުކާރުން ކިރިޔާ މިތާ ކައިރި ރަށަކަށް ދަތުރެއް ކޮށްލިޔަސް އޭގެ ވާނުވާ ކިޔާ ދޭ. އަދި ކިޔާ ނުދެވި ހުރި އެއްޗެއް ވިއްޔާ އޭގަ ހިފާ މި އާއިދު ވެސް ހީވަނީ އެހެން ފަދަ ކަމެއް ހެން ދެ ދޮލަށް ނިދި ނައިސް. ކީއްވެގެންތަ މި ހާމަ ކުރަން ނުކެރިގެން ތިއުޅެނީ؟
އަބްޑޫޅް +
24 July 2024
"ރިސިޓް" އޭ؟ އެ ބަހަކީ ރަސީދު.
ސާހިން
24 July 2024
މި ސަރުކާރު ފެށުނީ ދުނިޔޭގެ ރައީސުންނާ ބޮޑުވަޒީރުންނާ އިއްޒަތްތެރިން ނަށް ބަދުބަަސް ބުނެ ގަދަރުކުޑަކުރުމުގެ ޕްލޭނަކުން ،މިހާރު ފޯކަސް އެ އަބުރާލީ، ރައީސުންނާ ދިވެހި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރި ބޭފުޅުންނާ ގައުމުގެ އިއްޒަތްތެރިންގެ ގަދަރު ކުޑަކުރުމަށް. ތިކަން އަދި އިބޫ އާއިހަމައިން ނުނިމޭނެ.