ރައީސް އދ. ގައި ތަގްރީރު ކުރައްވަނީ: އެ ދަތުރުފުޅަށް ދައުލަތުން ކުރި ހަރަދުގެ ތަފްސީލު ހިމެނޭ ރިސިޕްޓްތައް ހާމަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ވެސް ވަނީ ނިންމާފައި --- ފޮޓޯ/ރައީސް އޮފީސް
25 މެއި 2023 - 19:23
އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ތަގްރީރު ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހިމެނޭ ރިސިޓްތައް ހާމަކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދުކޮށްފި އެވެ.
އދ. ގައި ތަގްރީރު ކުރައްވަން ރައީސާއި ދައުލަތުގެ އިސް ބޭފުޅުންގެ ވަފުދެއް 2021 ވަނަ އަހަރު އެމެރިކާގެ ނިއުކޯޔަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފްސީލު އެނގޭނެ ރިސިޕްޓްތައް ހާމަކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމުމުން އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ހަރަދުތަކުގެ ރިސިޓްތައް ހާމަކޮށްފިނަމަ ރައީސްގެ ސެކިއުރިޓީ އަށް ބުރޫ އަރައި އަދި ބައެއްގެ ޒާތީ މައުލޫމާތުތަކެއް އާންމު ވެދާނެ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، ގާނޫނު އޮތްގޮތުން އެފަދަ މައުލޫމާތުތައް އުނިކުރުމަށްފަހު ވެސް ރިސިޓްތައް ދޭންވާނެ ކަމަށެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން އޮތީ އެގޮތަށް ކަމަށްވާތީ އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އެހެން ނަމަވެސް ހުކުމުގައިވާ ގޮތުން، އެ ރިސިޓްތަކަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބުނާ މައުލޫމާތުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމާ މެދު ދައުލަތުން ސުވާލު އުފައްދައިފައެއް ނުވެ އެވެ. އަދި އެގޮތަށް ސުވާލު އުފެއްދިނަމަ ރައުޔު ތަފާތުވުމުގެ ފުރުސަތު އޮތީ ވެސް ކަމަށް އެ ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާބަންކޯ
25 May 2023
ހާމަކޮށްފިޔާ ހުންނާނީ ހުސް ޓޮބްލެރޫން ޗޮކްލެޓްތަކާ ޗެނަލް ސެންޓުފުޅިތައް
ބޮޑުމީހާ
25 May 2023
ޑިމޮކްރަސީއަކީ ދެފުށް ފެންނަ ނިޒާމު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީކިޔަކަސް އަދި ޑިމޮކްރެޓިކްވެވުނީކީ ނޫން. އެތައްބަޔަކަށް ބޯހިޔާވެހިކަން ފޯރުކޮށްދެވޭނެހާ ފައިސާ ތިދަތުރަށް އެކަނި ހުންނާނެ ޚަރަދުކޮށްފަ
ދގދސެފ×
25 May 2023
ހާމަކޮއްފިއްޔާ މުޅިން ސޯޓުބޭލޭނެ. އެހެންވީމާ އެވަރަކަށް އެހިފާއްޓަނީ.
ސޮނިބެ
25 May 2023
މަޖިލިސްގެ ރައީސް ބުނީ. ތިމަންނަ މަރާލަން ދިން ހަމަލާއަށް ފަރުވާކުރަން ކުރި ހުރިހާ ޚަރަދެއް ކުރީ ޖަރުމަނު ސަރުކާރުންނޭ. އަޅޭމީހަމަ ތެދެއްތަ. ހާދަ ހީނުވެޔާ މިހުހާ ވަރެއް ކޮށްދޭނެކަމަށް. މީގެ ކަރަދަށް ދިވެހި ދައިލަތުން ދިން އެއްޗެއް ހަމަ ނެތީތ.
އެހެންވީމާ
26 May 2023
ހުރިހާ ޚަރަދެއް ކުރީ ޖަރުމަނު ސަރުކާރުންނަމަ ދެން އެބަ ޝައްކުވޭ އެ ހަމަލާގެ ފަހަތުގައިވަނީ އެމީހުން ކަމަށް. އެމީހުން ކުރި ކަމެއްގެ ހެކި ނައްތާލެވޭނީ ފަރުވާކުރަން އެގައުމަށް އެހާ އަވަހަށް ގެންގޮސްގެން.
މުހާވިރާ
25 May 2023
އަޅުގަނޑަށް ފެންނަނީ ދައުލަތުން ޕަބްލިކް ޑޮމެއިންއެއް ހަދާފައި ދައުލަތުގެ ހުރިހާ އިދާރާއަކުން ކުރާ ޚަރަދުގެ ރަސީދުތަކާއި ދައުލަތަށް ލިބޭ ހުރިހާ އާމްދަނީއެއްގެ ރަސީދުތައް އާއްމުންނަށް ފެންނާނެހެން އެ ޑޮމެއިންއަށް ލާން މަޖުބޫރުވާގޮތަށް ގާނޫނު ފާސްކުރަން. އޭރުން އެއްވެސް މީހަކު ތިޔަ މައުލޫމާތު ލިބިގަތުމުގެ ގާނޫނުގައި ހިފައި ދަމާކަށް ނުޖެހޭނެ.
ޢޭނަ
25 May 2023
މާލިއްޔަތު ގަވާއިދު އޮތް ގޮތުން އެއީ މިހާރުވެސް ހާމަ ކުރަންޖެހޭ މައުލޫމާތު. ވަރަށް ގިނަ މުއައްސަސާތަކުގެ ވެބްސައިޓްގާ މިހާރުވެސް ޢާއްމުކުރޭ.. ރައީސް އޮފީސް އިސްތިސްނާވާކަން އެނގި ފަކާއެއްނެތް.
ހަންބޯ
25 May 2023
ތިވަރުންވެސް ނުކެރޭނެ ހާމަކުރާކަށް. އިބޫގެ ވައި ކަޓާނެފާނެ ހާމަކޮށްފިއްޔާ..
ދޮން ހަސަނު
25 May 2023
ކޮބާ ހާމަކުރޭ.