އެމެރިކާގެ ސީކްރެޓް ސާވިސްގެ ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވި ކިމްބަލީ ޗީޓްލް، ކޮންގްރެސް އަށް ހާޒިރުކޮށް ސުވާލުކުރަނީ: އޭނާ އިސްތިއުފާ ދެއްވީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަމަލާދިން މައްސަލައިގައި. -- ފޮޓޯ: އޭއެފްޕީ
23 ޖުލައި 2024 - 23:24
އެމެރިކާގެ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ސީކްރެޓް ސާވިސްއަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކަށް ފަހު އެ އިދާރާގެ ޑިރެކްޓަރު ކިމްބަލީ ޗީޓްލް އަންގާރަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.
ކެމްޕެެއިން ރެލީއެއްގައި ވާހަކަ ދައްކަން ހުންނަވަނިކޮށް، އުމުރުން 20 އަހަރުގެ މީހަކު ދިން ބަޑީގެ ހަމަލާގައި ޓްރަމްޕް ޒަހަމްވި ހާދިސާއަށް ފަހު ޗީޓްލް އިސްތިއުފާ ދެއްވުމަށް، ވެރިކަންކުރާ ޑިމޮކްރެޓުންނާއި ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުން ވެސް ވަނީ ގޮވާލައިފަ އެވެ.
"މިހާރުވެސް މާ ލަސްވެއްޖެ. މިކަން މިދިޔަ ހަފްތާގައި އޮންނަން ޖެހޭނީ ނިމިފައި،" ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ރައީސް، ރިޕަބްލިކަން ޕާޓީގެ މެންބަރު މައިކް ޖޯންސަން ވިދާޅުވި އެވެ. "އެކަމަކު ޑިމޮކްރެޓުންނާއި ރިޕަބްލިކަންގެ ގޮވާލުމަށް އިޖާބަ ދިނީތީ އުފާކުރަން."
ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް ފަހު މިހާރު ވާދަ ނުކުރަން ނިންމަވާފައިވާ ރައީސް ޖޯ ބައިޑެން ވަނީ ޗީޓްލްސް ތިރީހަކަށް އަހަރު ސީކްރެޓް ސާވިސްގައި ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވަނީ ގައުމު ދިފާއުކުރުމުގައި ފުރާނަ ނުރައްކަލަށް ހުށަހެޅޭ ހާލަތުގައި ވެސް ތެދުވެރި މަސައްކަތްތަކެއް ކޮށްދެއްވާފައި ކަމަށް ބައިޑެން ވިދާޅުވި އެވެ.
ޗީޓްލްގެ އިސްތިއުފާއާ ގުޅިގެން ބައިޑެން ނެރުއްވި ބަޔާނުގައި ވިދާޅުވީ "އެ ދުވަހު ވީ ގޮތް އެންމެންނަށް ވެސް އެނގޭ" ކަމަށާއި އެކަމަކު "ދެން އެފަދަ ކަމެއް ތަކުރާރު ނުވާނެ" ކަމަށެވެ. ބައިޑެން ވިދާޅުވީ ޗީޓްލްގެ ބަދަލުގައި ވަރަށް އަވަހަށް މަގާމަށް ބޭފުޅަކު ހަމަޖައްސާނެ ކަމަށެވެ.
ކޮންގްރެސް އަށް ހާޒިރުކުރުމުން ޗީޓްލް ވަނީ ޓްރަމްޕަށް ހަމަލާ ދެވުމަކީ ސީކްރެޓް ސާވިސްގެ ފަހުގެ ތާރީހެއްގައި އެންމެ ބޮޑު އޮޕަރޭޝަނަލް ފެއިލިއާ ކަމަށް ވިދާޅުވެފަ އެވެ.
ޗީޓްލް ވަނީ 27 އަހަރު ވަންދެން ސީކްރެޓް ސާވިސް އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. އޭގެ ފަހުން އޭނާ 2021 ވަނަ އަހަރު ވަނީ ޕެޕްސީކޯ ނޯތު އެމެރިކާގެ ސެކިއުރިޓީ ހެޑްގެ މަގާމަށް ވަޑައިގެންފަ އެވެ.
ސީކްރެޓް ސާވިސްގެ އިސްވެރިއަކަށް ހަމަޖެއްސެވީ 2022 ވަނަ އަހަރު ރައީސް ބައިޑަން އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލީލީ
25 July 2024
ރާއްޖޭގެ ވެރިންނަށް ގޯހެއް ހެދިއްޖެ ނަމަ ކޮކަޑިކައި ގަދަވި މީދަލަށްވުރެ ހައްތާ ނުބައިވެ މަގާމު ދިފާއުކޮށް ބަގުޑި ބެއްދޭތޯ ބަލަނީ. މީހާ ނުބައިވެ ހަޔާތްކުޑަވީ ވަަރަކަށް ސިޔާސީ ޕާޓީތަކުން އެމީހަކަށް ކުރާ ތާއީދު ބޮޑުވާކަން ފާހަގަ ކުރެވޭ.
ނުވާކަންކަން
24 July 2024
މިގައުމުގަ ނުވާނެ ތިކަހަލަ ކަމެއް
މަހަމޫދުބޭ
24 July 2024
ދެން މި މީހުން ޓެރަރިސްޓެކޭ ބުނެ ފޮނުވާ ލިސްޓް ފެނިފަ މިތާތިބި ގަމާރުން ތެޅިފޮޅެނީ ހީވަނީ މި އެމެރިކާވަރު ބަޔަކު ނެތް ހެން
ބަދަ
24 July 2024
މޮޅެތި ނަންކިޔާގެން މިތިބެނީ..ކަމެއް ދިމާވީމަ މިއިގެނީ އަސްލު ފެންވަރު.ގައިގަ ހަރުކޮށްފަ ހުންނަ ފިސްތޯލަ ނައްޓަން އެކަނި މިއިގެނީ.އެއަލުން ހުންނަތަނަށް ޖަހާކަށް ނޭގޭ.
ރާބެތާގެ
24 July 2024
އޮބާމާ/ކުލިންޓަން ހިންގި ޖަރީމާއެއް މީ. ނަމަވެސް ޗީޓްލް ގެ ބޮލަށް ހުރިހާ ކަމެއް ފަހުވަގުތު ޖެހުނީ އެގޮތަށް ރޭވިފަ އޮތީމަ. މިކަން ޗީޓްލް އާއި ރައީސް ޓުރަމްޕަށް ވެސް އިނގިލައްވާ.. ޗީޓްލް އަށް ފާގަތި މުސްތަގްބަލެއް އެދެން.
ބައި ބަސްތާ ސިމެންތި
24 July 2024
ސީކްރެޓް ސާވިސްގެ އެޖެންޓެއްގެ ގޮތުގަ އެ ސީންގަ ހުއްޓެއްނު ފޫޓު ހަމަނުވާ އާންޓީއެއްވެސް ޕޮކެޓަށް ފިސްތޯލަ ނުޖެހިގެން އުޅުނު. އެ ދައިތަ ބޭރު ނުކުރޭތަ؟
އެއްބަސްތާ ސިމެންތި
25 July 2024
ހަމަހަމަ ކުރާށޭ ކިޔާފަ މިބައިމީހުން އަންހެނުންނާއި ހަވާލު ކުރަނީ އެމީހުންނާއި އެކަށީގެންނުވާ ކަންތައް ވިއްޔާ..!!!
ބާގިރުގެ ޖާބިރު
24 July 2024
މިއޮތީ އެއްކަލަ ހަމަހަމަ ކުރަންވެގެން ފެމިނިސްޓެއް ތަނަކަށް ލީމަ އަތަށް ގޮއްވާލާފަ. ޕެޕްސިކޯގެ ތެލުލި އަލުވި ގާޑުކުރަން ހުރި މީހެއް މިއީ. ކީކޭ ދެން ބުނާނީ.
ފެމިނިސްޓް ކަތްދާދީ
24 July 2024
ޕަކާސް. ގޯ ބެކް ޓު ގާޑިން ޑޮރީޓޯސް
އެމްސް
24 July 2024
ކުރީގެ ރައީސް އަދި ރަޢިއްޔަތުންގެ މަޖިލިސްގެ ރައީސްއަށް ދެވުނީ އަދި މާބޮޑު ޙަމަލާއެކެވެ! އެހެނަސް މިފަދަ ޒިއްމާއެއް އެއްވެސް ފަރާތަކުން ނެގިތަނެއް ފެނިގެން ނުދިޔައެވެ!
ތަކަނޭ
24 July 2024
މި ރާއްޖޭގަ ބޮޑުން ޒިންމާ ނެގުމެއް އޮވޭތަ؟ އެއްމެ ދަށަށް ހުންނަ ސޮރު ބޮލަށް ކަނޑާލާފަ އޭނަ ގަންބާލާފަ ނިންމާލާނީ. މާފުށީ ޖަލުގަ ބަޑި ޖެހުމުގެ ހާދިސާ މިކަމުގެ ހެއްކަކަށް ފުދޭ