ދިވެހި ޕާސްޕޯޓް: ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
25 ޖުލައި 2024 - 11:59
ނުވަ ދަރަޖައިގެ ކުރިއެރުމަކާ އެކު، ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ރާއްޖެއިން އަނެއްކާވެސް ދަމަހައްޓައިފި އެވެ.
ދުރާލާ ވިސާ ހޯދުމެއް ނެތި، ފަސޭހަކަމާ އެކު އެތެރެވޭ ޕާސްޕޯޓުތައް ބަލައިގެން ހެންލީ އެންޑް ޕާޓްނާސް އިން ނެރޭ ޕާސްޕޯޓް އިންޑެކްސްގައި ވޭތުވެދިޔަ ތިން އަހަރު ވެސް ރާއްޖެއިން ވަނީ މި ސަރަހައްދުގައި އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމު ހޯދައިފަ އެވެ.
މިއަހަރު ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ މިދިޔަ އަހަރަށް ވުރެ ނުވަ ދަރަޖަ މައްޗަށް ޖެހިފަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ މުޅި ދުނިޔެ އިން 61 ވަނައިގައި ކަމަށް ވިޔަސް، މި އަހަރު ރާއްޖެ އޮތީ 52 ވަނައިގަ އެވެ.
މިއީ ޗައިނާއަށް ވުރެ ވެސް މަތީ ދަރަޖަ އެކެވެ. ޗައިނާ އޮތީ ދުނިޔޭގެ ރޭންކިންގައި 59 ވަނައިގަ އެވެ.
ވިސާ ހޯދުމެއް ނެތި ރާއްޖޭގެ ޕާސްޕޯޓުގައި 94 ގައުމަށް މިހާރު ދަތުރު ކުރެވެ އެވެ.
މި ސަރަހައްދުގެ ދެވަނައިގައި މި އަހަރު ވެސް އޮތީ ދުނިޔޭގެ ރޭންކިންގައި 82 ވަނައިގައި އޮތް އިންޑިއާ އެވެ. ދެވަނައިގައި ބޫޓާން 87 ވަނައިގައި ސްރީލަންކާ އޮތީ 93 ވަނައިގަ އެވެ. ބަންގްލަދޭޝް 97 ވަނައިގައި އޮތްއިރު ނޭޕާާލް އޮތީ 98 ވަނައިގަ އެވެ. އަދި ޕާކިސްތާނު އޮތީ 100 ވަނައިގަ އެވެ.
މީގެ ކުރިން އެއް ވަނައިގައި އޮތް ޖަޕާނު ފަހަތަށް ޖައްސާލައި، މި އަހަރު މުޅި ދުނިޔެއިން އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ހޮވިފައިވަނީ ސިންގަޕޫރުގެ ޕާސްޕޯޓެވެ. އެ ގައުމުގެ ޕާސްޕޯޓުގައި 195 ގައުމަކަށް ވިސާއާ ނުލާ ދަތުރު ކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
25 July 2024
ދިވެހި ޕާސްޕޯޓް އެއީ ވަރަށް ރެސްޕެކްޓް ލިބިފައިވާ އެއްޗެއް.އެހެންވީމަ އަހަރުމެން އުފާކުރަން.
ހަސަނުނު
25 July 2024
ހުރިހާ ޝުކުރެއް ކުރީގެ ހާރިޖީވަޒީރު ޝާހިދުއަށް. އެތަށް ގައުމަކަށް ވިސާނެތި ދަތުރުކުރުމުގެ މަގު ފަހިކޮށްދެއްވި.
ދަތުރުވެރި
26 July 2024
ތެދު ވާހަކައެއް. ކެންބޯޑިއާ ފަދަ ދިވެހިން އެންމެ ގިނައިން ގޮސް އުޅޭ ޤައުމުތަކަށް ވިސާގެ އުނދަގުލެއް ނެތި ދަތުރު ކުރެވެން ހެދީމަ މިހާރު އިރު އިރު ކޮޅާ މި ގޮސް ލަނީ ވަރަށް. ވ ފަސޭހަ. ޝުކުރިއްޔާ
ނަފީސާ
26 July 2024
ދަތުރުވެރި ކޮމެންޓުކުރާއިރު ވިސްނާލަބަލަ. އެ ކެންބޯޑީއާގެ ނަންވެސް އެއްކޮށްގެން 94 ގައުމު ހަމަވަނީ، އަދި ލިސްޓުތަކުގެ ކުރިއަށްއަރާ ފާސްޕޯޓުގެ ދަރަޖަ މަތިވަނީ.
ހަސީނާއްތަ
25 July 2024
ޝުކުރު ހައްގުވަނީ އެތަށްއާ ގައުމަކަށް ވިސާ ފްރީކޮށްދިން ޝަާހިދުއަށް. ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކަށްވެސް ދިވެހިންނަށް ވިސާއާއިނުލާ ދަތުރުކުރުމުގެ ފަސޭހަ ހަމަޖެހޭތޯ ޝާހިދުގެ ހާރިޖީ ވަޒީރުކަމުގައި ވަރަށް މަސައްކަތްކުރެއްވި. މިސަރުކާރުން އަދި އެއްވެސް އާގައުމަކަށް ވިސާ ފަސޭހަވެގެނެއްނުދޭ.
އަބްޑޫޅް +
25 July 2024
ދިވެހިރާއްޖެ އަކީ ދީނީ މިނިވަންކަން ނުދޭ، ގޮށްމުށުބާރު ދައުލަތެއް. ކަލޭމެންގެ ޕާސްޕޯޓަކަށް މީހަކު އިހުތިރާމެއް ނުކުރޭ. ކަލޭމެންގެ ޕާސްޕޯޓު އަންނީ 94 އަކުން 47 އަކަށް. ޗީޗީ!
ގަބްޑުލް
25 July 2024
ތިޔައީ ދިވެއްސެއްތަ؟
އަބްޑޫޅް +
25 July 2024
ދީނީ މިނިވަންކަން ބޭނުންވެގެންތަ ކަލޭތިއުޅެނީ؟/
ބަޑޫލް
26 July 2024
ސަރަހައްދުގެ އެއްވަނަ ލިބިއްޖެއެއްނު ކަލޭ ކިތަންމެ ރުޅިއަޔަސް
އަޒްޔާން ފުޓުބޯޅަ އެނަލިސްޓް
25 July 2024
މަމެންގެ ދުރުވިސްނޭ ރައީސް ، ރައީސް ޔާމީންގެ މޮޅުކަން ނޫންކަމެއް އަދި ނެތް ފެންނަން.
ޑޮކްޓާރ. ބަނާނާ
25 July 2024
ތިޔަ ހަބަރު ނޫހުގައި ޖެހުމުން ކާރި ބައެއް ގައުމުތަކުގެ ސިޔާސީ ބޭޅުން ވަރަށް ބަނޑުގައި ރިއްސާ ދޯލި ވެސް ނުހިފެހެއްޓިދާނެ!
ޑރ.ސޫޖީ
25 July 2024
އަޅުގަނޑުމެންގެ އޮނަރަބްލޭ އަށް ވެސް ތިޔަހެން ވެގެން އުޅެނީ.
ކުޑިކަތީބު
25 July 2024
މިއިން އެއްވަނަ ލިބިގެން ވާ މޮޅަކީ ކޮބާ؟ ރަންގަނޑެކޭ ހިލަގަނޑެކޭ އެއްވަރު، މިކަހަލަ ބޭކާރު ކަންކަމުން ވަނަ ހޯދުމުގެ ބޭނުމެއް އެބައޮތްތަ؟
ދައިގަންނަގުރާ
25 July 2024
ރާއްޖޭގައި ކުރާ ރަގަޅުކަންކަންވެސް ފާހަގަކޮށްލަން ވާނެތާ. އެގޮތުން ފޮރިން ރިލޭޝަންސް ރަގަޅުކުރަން ގަދައަޅާ މަސައްކަތްކޮށް އޭގެ ނަތީޖާ ފެންނާތީ ނިކަން އުފާވޭ. ރާއްޖޭގެ ފެންވަރަކީ މުޅި ދުނިޔޭގައިވެސް ޤަދަރުކުރެވޭނެ ކަމަކަށްވުން އެދެން. ސިންގަޕޯއަށްވުރެ މިޤައުމު ކުރިއަރާނެ ނަޒާހަތްތެރި އޮޓޮކްރެޓިކް ލީޑަރޝިޕެއްގަ. ރާއްޖެއަކީ ވާރލްޑް ކްލާސް ޝިޕިންގ ޑެސްޓިނޭޝަނަކަށްވެސް ހެދޭނެ. ވާރލްޑް ކްލާސް މީހުންނަށްވެސް ވެވޭނެ. މަރުނުވަނީސް އެކަން ބަލަން ބޭނުން
ސެލެރީމޭން
26 July 2024
މި ސަރުކަަރުގައި ތިޔަ މަސައްކަތްތައް ހަވާލު ކޮށްފައި ވަނީ ތިޔަކަހަލަ ކަމެއް ކުރެވޭ، އަދި ކުރިން ކޮށްފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދެވޭ ވަރުގެ މީހެއް ހެންނެއް ހިއެއް ނުވޭ! ވަރަށް ގޮބޮޅިކޮށް އަދި ފެންނަނީ.
ރަނގަޅު ކުރުސީ
25 July 2024
ދިވެހިން ގިނައިން ދާ ވިސާ ނުލިބޭ - ޔޫރަޕް ގައުމުތައް - އީސްޓަން ޔޫރަޕް - ޖަޕާން - ކޮރެއާ ޔޫރަޕް އަކީ ވަރަށް ގިނަ ގައުމު. އެހެންވީމަ އެކަން ނުވަންނާ ތީ ކީއްކުރާ ޕާސްޕޯޓެއް. އެންމެ ކުޑަ މިނުން ޑިޕްލޮމެޓިކް ޕާސްޕޯޓު ތަކަށްވެސް ނުލިބޭ. މޮޅު ވާހަކަ ޖަހާތި
އިބްރާހިމް ޝާފިޢު
25 July 2024
އިލެކްޓްރޮނިކް ޕާސްޕޯރޓް މި ސަރަހައްދުގައި އެންމެ ފުރަތަމަ ޤާއިމް ކުރެވުނީ ދިވެހިރާއްޖޭގައި . ދިވެހި ޕާސްޕޯރޓް އެހާ ވަރުގަދަވަނީ އެއީ ބަޔޯމެޓްރިކް ޕާސްޕޯރޓަކަށް ވެފައި މިހާތަނަށް ބައިނަލްއަޤްވާމީ ދޮރާށްޓަކުން ވަގު ޕާސްޕޯރޓެއް އަތުލައިގެންފައި ވާ ރެކޯރޑެއް ނެތުމުން ނުވަތަ އެހެން ޕާސްޕޯރޓް ތަކާ އަޅާ ބަލާއިރު ދަށްވުމުން... އަދި ހާރިޖީ ގުޅުންވެސް ބަޔެއްކުޅޭނެ... ސުވާލަކީ އިލެކްޓްރޮނިކް ޕާސްޕޯރޓް ފަރުމާ ކޮށް ރާއްޖެއަށް ތަޢާރަފް ކުރީ ކާކުބާއޭ....
ލޫއަނާ
25 July 2024
ޝާފިއު ތިޔަބުނާ ޕާސްޕޯޓެއް ތައާރަފުކުރީ. ކޮއްފަ ގޮސް ކެނެޑާގައި
އަބްޑޫޅް +
25 July 2024
"ޕާސްޕޯރޓް" ގައި ހުސް ރ އެއް އޮތުމުން ރާއްޖޭގެ ޕާސްޕޯޓަށް އިތުރު ގަދަރެއް ލިބެނީތަ؟ މައްސަލަ އަކީ، ތިޔަ ބުނާ ޕާސްޕޯޓުގެ ބަނޑޭރިގަނޑުގައި. "ފާސްޕޯޓް" މިހެން މި އޮންނަނީ ހުސް ރ އެއް ނުލައި. އެހެންވީމާ، އަހުރެން ގަބޫލު ކުރަންވީ ކަލޭގެ އިޝްޕެލިންކު ތާ، ނޫނީ ކަލޭގެ ޕާސްޕޯޓު އޮފީހުގެ އިޝްޕެލިންކު ތާ؟ އަހުރެން ގެންގުޅޭކަށް ނުޖެހޭ ކަލޭމެންގެ ޕާސްޕޯޓެއް. އަހުރެން މި ބަލަނީ ގޫގަލް ސާޗުން ދައްކާ ދިވެހި ޕާސްޕޯޓު.