ރޭގެ ޖަލްސާގައި ރައީސް މުއިއްޒު މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވަނީ.
25 ޖުލައި 2024 - 16:08
ސިނަމާލެ ބްރިޖުގައި ޓޮލް ނިޒާމް ގާއިމްކޮށް، ފީއެއް ތައާރަފު ކުރުމުގެ މަޝްވަރާތައް ފަށައި، ފީ ނެގުމަށް ލަފައެއް ލިބިވަޑައިގަތަސް ގައުމާއި ރައްޔިތުންގެ އިގުތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ފީ ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.
އެ މަނިކުފާނު އެ ޔަގީންކަން ދެއްވީ، މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ދަތުރުތައް ކުރާ ސިނަމާލެ ބްރިޖުގެ ދަތުރުތަކުން ފީއެއް ނެގުމުގެ ދިރާސާއެއް ކުރަން ރޭ އިފުތިތާހުކުރި "މާލެފަހި" ޕްރޮގްރާމްގައި ހިމެނުމާ އެކު އާންމުންގެ ކަންބޮޑުވުންތަކަށް އެކްސްގައި ދެއްވި ޖަބާބުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ބްރިޖުން ޓޯލް ނެގުމަކީ އެ މަނިކުފާނުގެ ސިޔާސަތެއް ނޫންކަމަށެވެ. ރައީސް ވިދާޅުވީ "މާލެފަހި" ޕްލޭންގައި ޓޯލް ނެގުމާ މެދު ދިރާސާއެއް ކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލެއްގައި އެކަމުގެ ލަފާ އެ މަނިކުފާނަށް އެރުވުމުގެ ނިޔަތުގައި ކަމަށެވެ.
"އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދައި ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގެ މައްސަލަ ހައްލު ވުމުގެ ކުރިން، އަދި ގައުމާއި ރައްޔިތުންގެ އިގުތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައި ވަނީ ބްރިޖުން ފީ ނެގުން، ތަންފީޒު ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާ ގުޅޭ ގޮތުން ދިރާސާތައް ހެދުން އަންނަ މަހު ތެރޭގައި ފެށުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރިޖު
26 July 2024
ޢަޖާއިބެއް ފަހެ ނުވޭތޯއެވެ! އެ ބުރިޖު ހަމަ ލޮލުން ނުފެންނަ އަދި އޭގެ މަތިން އެއްގޮތަކަށް ވެސް ދަތުރުނުކުރާ މީހުންގެ އަތުން ފައިސާ ނަގައިގެން އެ ބުރިޖުގެ ލޯނު ދެއްކުމަކީ ރަނގަޅު ކަމަކަށްވެ، އެކަމުން ސަރުކާރުގެ ހެޔޮފުޅު ކަން ގަބޫލު ކުރެވެނީ އެވެ. އަޅުގަނޑުގެ 5 ފަސްކުދިން ފޭސް ދޭކުން މާލޭ ސްކޫލުތަކަށް ކިޔަވަން ދެއެވެ. ކޮންމެ ދުވަހަކު އެތައް ދަތުރެއް ކުރަމެވެ. އެހެނަސް ބުރިޖުގެ މަތިން ދިޔުމުގެ ފީނުނެގުމަކީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫނެވެ.
އަބްޑޫޅް +
26 July 2024
ބުރިޖު ނެތް އިރު، ކޮޅަކަށް 50 ރުފިޔާ ވެސް ކަލޭމެން ދިނީމު. ބުރިޖު ހުރީމަ، ހިލޭ ހުރަސް ކުރެވެންވީ ގޮތެއް އޮވެގެން ނުވާނެ.
އަލިއްކޮ
26 July 2024
ފީ ނަގާބަލަ 30 ހާހުން މުސާރަ ލިބޭ ސިޔާސީ މުވައްޒަފުން ގެ އަތުން.
ގުދުގުދާބެއްޔާ
26 July 2024
މުއިޒް ވެރިކަމައް އަންނަން ދެއްކީ ބުރިޖުން ފީނަގަން އުޅޭ ކަމަށް ފަތުރާ އަޑަކީ ރޯބުހުތާން ވާހައެއް ކަމަށް ބުނެ މުއިޒްގެޓުއިޓާ އެކައުންޓުން ކުރި ޓުއިޓް، މި ޓުއިޓް ކޮއްފަ މިހާރު ދެއްކިވާހަކަ އެނެއްކޮޅަށް މިޖެހީ! އެހެންވީމަ ބުނަނީ ބުނާވާހަކަ މުއިޒްވެޔޭ އެބަ!
އަދާލަތު
26 July 2024
ތިޔަވާހަކަތަކަކީ ރައްޔިތުންނާއި ސަރުކާރާދެމެދު ފިތުނައުފެއްދުމަށް ބަޔަކު ހިންގާ ޖަރީމާއެއް. އެފަދަ ޖަރީމާތަކަށް ފުރުޞަތު ނުދެއްވުމަށް ފަރުދީ ޙައިސިއްޔަތުން ސަރުކާރަށް ގޮވާލަން. ކުރިޔަށް ދިވެހިރާއްޖެ.
އަބްޑޫޅް +
26 July 2024
ރައްޔިތުންނާ ސަރުކާރާ ދޭތެރޭ ފިތުނަ ހިންގުން ނެތް އިރެއްވެސް ދިޔަ، އޭރު، މި ކުށް ކުރާ މީހުން ބިޑި އަޅާ، އަނދަގޮޑިޖަހާފެ، ނޫނީ އެންގަލަށް އަރުވާފަ، ކަރުގަ، ކަރުގޮހޮރުން ހާރު އަޅުވާފަ ބައިތިއްބަނީ، އެތައް ދުވެހެއް ވަންދެން. ބައެއްފަހަރު، މިގޮތުގަ އެތައް މަހެއްވަނެދެންވެސް ބައިތިއްބާ.
ސަލީމު އިދުރީސް
26 July 2024
މިގައުމައް ބޭނުންވަނީ އަމިއްލަ އެދުނެތި ވެރިކަން ކޮއްދޭނެ ވެރިޔެއް! ޑރ މުއިޒުވެސް އެފަދަ ބޭފުޅަކައް ނުވިކަން އެނގޭ ތިދައްކާ ވާހަކައިން ! އިގުތިސޯދުގަ އެހާ ވަރުނެތިތޯ ހުޅުމީދޫ ބުރިޖުއަޅަން ދިރާސާކުރަނީ އެތައް މިލިޔަން ރުފިޔާ ހަރަދުކޮއްގެން؟ އަދި އެވަރު ދިގުބުރިޖެއް ކަނޑު ހުރަސްކޮއް އަޅައިގެން ސިނަމާލެ ބުރިޖުން ފައިސާނަގަން ތި ހިޔާލު ކުރާގޮތައް ފައިސާނަގައިގެން ބުރިޖު ބެލެއްޓޭޥާރު އާބާދީއެއް އައްޑޫގަ ކުރިޔައް އޮތް 300 އަރުން ވެސްނުއުފޭދެ
މާ އިނގޭ
26 July 2024
ކަލޭމެން މާލެއާއި ހުޅުލެ އާ ދެމެދު ބްރިޖު އެޅި އިރުވެސް ތި ހާސަރު ދެމި.
ސަލީމު އިދުރީސް
26 July 2024
މާލޭގެ ބުރިޖު ހުރިހާކަމެއް ކާމިއާބު ނުވެގެން މިއުޅެނީ ބުރިޖަކީ އަޅާނިމުނަސް ބަލެހެއްޓުމުގެ ހަރަދު ބޮޑުއެއްޗެއް! އެއްބަސްވުމާ އެއްގޮތައް ފުލެޓުކުލި ނުދައްކާ ބަޔަކައް ބުރިޖު އަޅައިދީގެން ދިމާނެ ހުރިހާކަމެއް ކުރިއައް އޮތްތާ ދިމާވާނެ
ރަންނަ
26 July 2024
ތިވާނީ ކުރީސަރުކާރުގެ ކަމަކަށް
ދައިގަންނަގުރާ
26 July 2024
މާދެން ހިތްހެޔޮވެގެން އުޅޭކަމަށް ނުހެދި ކުޅޭބޭބެއަށް ނުވެ މިތިބަ ބޮޑެތި ކަންކަން ކެރިގެން ނިންމަބަލަ. އަދި ޓަރގެޓެޑް ސަބްސިޑީސް ތަޢާރަފުކޮށްބަލަ މުއްސަންތި އަދި މެދު ފަންތީގެ މީހުންނަށް ސަބްސިޑީސް ވަކި ޙާލަތެއްގަ މެނުވީ ނުދީ. މިހާރުވެސް ދައުލަތަށް ނަގާ ފީތައް މަދެއް ނޫން. ވާރކިންގ ގްރޫޕެއް އެކުލަވާލާ އެ ނަގާ ފީތަކުން ޚަރަދުކުޑަ ގޮތަކަށް ޚިދުމަތް ދެވޭނެގޮތެއް ބަލާ އެކަން ކޮށްބަލަ!
ލޮލްް
26 July 2024
ފަސްއަހަރު ނިމޭއިރުވެސް ތިޖޫރީ ހުންނާނީ ހުހަށް ކަމަށް ބަލަމާދޯ. ޓޮލް ނަގަން ފަށާ ހިސާބުން ރައްޔިތުން ބަލާ ތިޖޫރީގައި ފައިސާ އުތުރި އަރަނީ ކަމަށް.
ޖާބެބެ
25 July 2024
ކޮންމެ ވެރިކަމެއްވެސް ގެއްނަނީ ރައްޔިތުންނަން ތަރައްގީޔާ ލުއިފަސޭހަ ހޯދަން، ވަކި ބަޔަކު ކުރީމަ އޯކޭވާ ގޮތަކަށްނޫން، ކޮތަޅުން ޓެކްސް ނެގީމަ ރައްޔިތުން އެކަން ގަބޫލު ނުކުރި. މިސަރުކާރުން ވިސްނަނީ އެތަކެއް ޓެކްސް ނަގަން، ރައްޔިތުންގެ އެކަމެއްބަލައެއް ނުގަނޭ، ވަރަށް ސާފު، ރައްޔިތުންގެ ވެރިކަމެއް ރައްޔިތުން ބޭނުންވާގޮތަށް ކުރަންްޖެހޭނީ. ނޫނީ ރައްޔިތުންގެ ވެރިކަމެކޭ ނުކިޔޭނެ، އެއީ ރަސްކަންކުރުން.
ވާނުވާރައްޔިތު
26 July 2024
ރައްޔިތުންނަ އެންމެ ރަގަޅުވާނީ އަތުން ފައިން މަސައްކަތް ނުކޮށް އުޅެވޭން ބޮޑު ގެޔެކާ ކޮންމެ މަހަކު ތަޅާ ހުސްކުރަން ފައިސާ ސަރުކާރުން ދިންުނުން. ދެން އެކަން ކުރަންވީތަ؟ ރައްޔިތުންގެ ވެރިކަމަކީ ރައްޔިތުން އެދޭ ހުރިހާ ކަމެއް ކޮށްދިނުމެއްނޫން. ދުރުވިސްނުމެއްގައި ރައްޔިތުންނަށް ފައިދާވާނެކަން ކަން ކޮށްދިނުން. ގައުމުގެ ފެންވަރުން ނުދަރާވަރުން ކަންކަން ކުރުން.