ޑޯނިއާ މަތިންދާބޯޓު: މިހާރު ވަނީ ކުރިއެކޭ އެއްގޮތަށް ރާއްޖޭގައި ދުއްވަން ފަށާފައި.
27 ޖުލައި 2024 - 11:53
އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރުގެ ދަތުރުތައް ކުރިއެކޭ ވެސް އެއްގޮތަށް މި ސަރުކާރުގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފަށައިފި އެވެ.
"ޑޯނިއާ އަދި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެމްއެންޑީއެފްއިން ފޯރުކޮށްދެމުންދިޔަ ސިއްހީ އަވަސްފަރުވާދިނުމަށްޓަކައި ބަލިމީހުން އުފުލުމުގެ ހިދުމަތް (މެޑިކަލް އިވަކުއޭޝަން) ސިވިލް ކްރޫއިންނާ އެކު މިހާރު ފެށިފައިވާ ކަމުގައި ދަންނަވަން،" އެމްއެންޑީއެފުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖެއްގައި ވެ އެވެ.
ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރު ބޭނުންކުރުން މި ސަރުކާރު ވެރިކަމަށް އައުމާ އެކު އޮތީ ހުއްޓާލައިފަ އެވެ. އެއީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެކު މަސައްކަތް ފެއްޓެވި ހިސާބުންނެވެ. އެ ކަންކަން ފުރިހަމަކުރަން މި ދިޔަ މުއްދަތުގައި ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ބަލި މީހުން އުފުލަމުން އައީ ސަރުކާރުން އިސްވެ ތައާރަފުކުރި އެއާ އެމްބިއުލާންސާއި ކަނޑަށް ޖައްސާ މަތިންދާބޯޓެއްގަ އެވެ.
އެއީ ޑޭޝް މަތިންދާބޯޓުގެ އޮނިގަނޑަށް ބަދަލު ގެނެސް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން މި އަހަރުގެ މޭ 10 ގެ ނިޔަލަށް ފޮނުވާލައި އެ މީހުންގެ ބަދަލުގައި ސިވިލިއަނުން ގެނައީ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވާށެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އިންޑިއާގެ ސިވިލިއަނުން ގެނައީ ވަކި މުއްދަތަކަށް ކަމަށާއި އެއީ ދާއިމީ ބައެއް ނޫން ކަމަށެވެ.
"އެގްރީމަންޓެއް ކުރެވިގެން ވަކި މުއްދަތަކަށް އެ ތަކެތި އޮޕަރޭޓްކުރަން. އެއްގޮތަކަށް ވެސް ޕާޕެޗުއަލްޓީ އަށް، އުމުރު ދުވަހަށް ކުރާ ކަމެއް ނޫން،" މިދިޔަ މާޗު މަހު ރައީސް ވިދާޅުވެފައި ވެ އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން މި ސަރުކާރުގައި އަނެއްކާވެސް ވަރަށް ބޮޑަށް ރަނގަޅުކޮށް، އެކި ދާއިރާތަކަށް އެ ގައުމުގެ އެހީތެރިކަން މިހާރު އަންނަނީ ލިބެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަޔާން ނަސީމް
29 July 2024
ދިވެހި ދަައުލަތުގެ އިއްޒަތާ ގަދަރު ވެއްޔާ މޮޑެލައިފި، ދިވެހިން ދުނިޔޭގެ ކުރިމަށްޗަށް ނެރެ އޮރިޔާން ކޮށްފި. އިތުރަށް ބުނާނެ އެއްޗެއް ނެތް.
އަފްރާސިޔާބު
28 July 2024
މަ ގޮވަމުންނޭ މިދިޔައީ އިންޑިއާގެ ވެރިންނާ ދިމާއަށް ސަރުކާރެއްގައި ތިބެގެން އެއްޗެހި ނުގޮވާށޭ. އަވަށްޓެރިންނާ ގުޅުން ކެނޑޭކަށް ދުވަހެއްގެ ކޮޅުންވެސް ނޯންނާނެޔޭ. އެމީހުންނާވެސް ގުޅިގެން އެކަމަކު އެމީހުންގެ އަތްދަށުވެގެން ނުއުޅޭށޭ. އެމީހުންގެ ބޭނުން އަހަރެމެން ހިފަންވާނީ އަހަރެމެންނަށް ބޮޑަށް ފައިދާ ހުރި ގޮތަށޭ. މިހެން ބުނީމާވެސް "އިންޑިއާ އައުޓް" ޖަހައިގެން ހިނގީ. ޔާމީނުވެސް އިންޑިޔާ މީހުންގެ މައްސަލަ ނަގަނީ ސިޔާސީ ގުނބޯ ރައްޔިތުން ހައްދަން.
އައްސަދުު
28 July 2024
ދައްކާ ހަމަ އެއްވެސް ވާހަކައެއް ދިމާ ނުވަނީ.
ދުންބޯ އިބްރާހިމްފުޅު
28 July 2024
ދައްކަވަން ހުރި ތަނެއް ދައްކަވާފަ ނޫނީ ނު ގެންދަވާނޭ.
ހަބީބު
28 July 2024
ކިހިނަކުން ދިރިއުޅޭނީ ޑިޔާޔާއިންނުލާ މިހިތުގާ ވިންދު އުފުދޭ ޑިޔާޔާނުލާ
އަބްލޯ
28 July 2024
އިންޑިއަން މިލިޓަރީ އަދި ރާއްޖޭގެ މިލިޓަރީ ގުޅިގެން ދުއްވާ މި ބޯޓުތައް ދުއްވަން އިންޑިއަން ސިވިލިއަންސް އަށް ހުއްދަ އޮވޭތަ ހަމަ ކޮންމެ އެއްޗެއް ބުންޏަސް އަހަރުމެން ޤަބޫލުކޮށްގެން ތިބެނީއޭ ދޯ
ހުުސެންފުޅުބެ
27 July 2024
އިންޑިޔާއައުޓް ގޮވި ބައިގަނޑު މިހާރު ތިބޭނެ ރާކަނިމަސް ކާން.
ނިޝާމާާ
27 July 2024
ވައުދާ އެއްގޮތަށް އިންޑިޔާ ސިފައިން ބޭރުކުރުމުން މި އުޅަނދުތަށް ދުއްވުމުގައި މިހާރު ހުރަހެއް ނެތް.
ޒިނާހްް
27 July 2024
ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތު މިހިރީ ރާއްޖެއަށް އެންމެ ފައިދާވާ ގޮތަށްކަން ޔަގީން.
ލުބުނާާ
27 July 2024
ސިފައިން ބޭރުކޮށް މި ކުރިންވެސް އޮޕަރޭޝަނަށް ނެރެވެން އޮތް. ރައީސް މުއިއްޒު މިކަން ދިވެހިންގެ މިނިވަންކަން ކަށަވަރުވާގޮތަށް ނިންމުމީ ތައުރީފުކުރަންޖެހޭ ކަމެއް.