29 ޖުލައި 2024 - 11:37
ބާސެލޯނާ (ޖުލައި 29) – ބާސެލޯނާގެ ވިންގާ ރަފީނިއާ އަށް އާސެނަލުން 50 މިލިއަން ޑޮލަރުން ހުށަހަޅާފައިވަނިކޮށް ސައުދީ އަރަބިއާގެ ކްލަބަކުން 65 މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.
ނީކޯ ވިލިއަމްސް އާއި ޑެނީ އަލްމޯ ގެނައުމުގެ މަސައްކަތް ކުރާތީ ޓީމު އެ ޖާގަ ހުސްކުރަން ރަފީނިއާ ވިއްކާލުމުގެ ވިސްނުމެއް ބާސާއިން ގެންގުޅެ އެވެ.
މީޑިއާތައް ބުނާ ގޮތުގައި އާސެނަލްގެ އިތުރުން ސައުދީގެ ކްލަބަކުން ވެސް އޭނާ ގެންދަން ޝައުގުވެރިވެ އެވެ.
ސައުދީގެ ހުށަހެޅުން، އަގުގެ ގޮތުން ބޮޑު ވިޔަސް ކުޅުންތެރިޔާ އަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބާސާއިން ބަލާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ރަފީނިއާ ބޭނުން ވަނީ ބާސާގައި މަޑުކުރާށެވެ.
ބްރެޒިލްގެ ވިންގާ ރަފިނިއާގެ ޓްރާންސްފާ އަށް ފައިސާ ހޯދަން އާސެނަލްއިން ނިންމާފައި ވަނީ އެ ކްލަބުން ވިއްކާލާ ކުޅުންތެރިންގެ އަގުގެ ގޮތުގައި ލިބޭ ފައިސާއިންނެވެ. އެމިލީ ސްމިތު ރޯ ފުލަމް އަށް ވިއްކާލަން އެ ކްލަބާ އެކު އާސެނަލުން ދަނީ މަޝްވަރާ ކުރަމުންނެވެ.
އާސެނަލް އަށް ބަދަލުވުމަށް ރަފީނިއާގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން އެ ކްލަބްގެ 10 ނަންބަރު ޖޯޒީ އޭނާ އަށް ދިނުމަށް ވެސް އާސެނަލްއިން ހުށަހަޅަ އެވެ. މިހާރު އެ ނަންބަރު ބޭނުން ކުރަނީ ރޯ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥާނުވާ
29 July 2024
ކުޅިވަރު ހަބަރުތައް ދިރާސާ ނުކުރާ ބަރަވެއްޔަކަށް ނޭނގިދާނެ އާރސެނަލް އައް ގެންދަން އުޅޭ ކުޅުންތެރިން އަދިވެސް ރޭޑިޔޯ ހަބަރުގަ ތަ
މުރަނގަމަގު
29 July 2024
އިނގިރޭސި ކުލަބް އާސެނަލް އަށް ދާނީ ބޮޑު މޮޔައެއް. ރަފީނިޔާ އަށް ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑުވާނީ ސައުދީއަށް ދިޔުން.
ޢަލިޔާ
29 July 2024
މިނޫސް ނޫން އެހެން އެއްވެސް ނޫހެއްގަ ނެތް ރަފީނިއާ އާސެނަލް އަށް ގެންދާ ވާހަކަ އެއް
މުރަނގަމަގުގެ ބަފާ
29 July 2024
ފޭކް ލީގެއް ދޯ ސައުދީގަ އޮތީ.