26 ފެބުރުއަރީ 2017 - 15:49
ސ. ހުޅުމީދޫ އާއި ފުވައްމުލަކާއި ހުވަދު އަތޮޅުގެ އަށް ރަށަކަށް، ޑަސްބިނާއި ގަސްކާނާ އުފައްދަން ބޭނުންވާ ސާމާނު ފޯރުކޮށްދޭން މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ކުންފުންޏަކަށް މިއަދު ހަވާލުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ގަސްކާނާ އުފައްދަން ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އަދި އެ މަސައްކަތް ހަވާލުކުރި އެންޓްރާންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ސައީދު ވަނީ ސޮއިކުރައްވައިފަ އެވެ.
ހުޅުމީދޫ އަދި ފުވައްލުމަކަށް ބޭނުންވާ ޑަސްބިނާއި ގަސްކާނާ އުފައްދަން ބޭނުންވާ އާލާތްތައް ގެންނަން ހަވާލުކުރީ ހަ ލައްކައަށްވުރެ ގިނަ ރުފިޔާ އަށެވެ. އެ ތަކެތި ގެނެސް، ހަވާލުކުރަން ދީފައިވަނީ 32 ދުވަހުގެ މުއްދަތެކެވެ.
ހުވަދު އަތޮޅުގެ ގއ. މާމެންދޫ، ގއ. ކޮނޑޭ، ގދ. ހޯޑެއްދޫ. ގދ. ނަޑެއްލާ، ގދ. ފިޔޯރި، ގދ. ފަރެސްމާތޮޑާ، ގދ. ވާދޫ އަދި ގދ. ގައްދޫގެ ކުނި މެނޭޖުކުރަން ބޭނުންވާ ސާމާނު ގަންނަން ދިނީ އަށް ލައްކައަށްވުރެ ގިނަ ރުފިޔާ އަށެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ މި އަހަރުގެ ތެރޭގައި ހުވަދު އަތޮޅުގެ ހުރިހާ ރަށެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ގާއިމްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ތޯރިގް ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރަން މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ އަހަރު ވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް އަޅާފައިވާ ކަން ތޯރިގް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރާ ސެންޓަރުތަކާއި އާލާތްތައް ވެސް އިތުރުކޮށް، އެކަން ހާސިލްކުރަން މަސައްކަތް ކުރާނެކަމަށް ވެސް ތޯރިގް ވިދާޅުވި އެވެެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
÷ިލޕިޕހޖބ
26 February 2017
ޕިންކު ކުލަހުރިއްޔާ ތިލިބެނީ
ދެލޯ
26 February 2017
ކަލޯ ލޮލަށް މަ ނުގޮވާނަން
އެބަކިޔާދޯ
26 February 2017
މުޅި ރާއްޖޭގައި ދުނިޔޭގެ ފެންވަރުގައި ކުނި ނައްތާލަން މަސައްކަތް ކޮށް އަދި ދިވެހި ކުންފުނި ތަކަށް އެކަނި އެމަސައްކަތް ތައް ދީ ދިވެހި ޒުވާނުން ޒިންމާ ދާރު ކުރުވާ ދިވެހި ޒުވާނުން ވިޔަފާރި ވެރިންނަށް މިބަދަލު ކުރަނީ އެއީ މަމެން ޕިންކީންގެ އެކަނި ވެރިކަމުގައި ކަމަށް ރަންރީނދޫ ބިއުޓީ ކްއީނޭ މެން ބުނަމުން ދާ ކަމަށް މަމެން ގެ ރަށްޓެހި ބިއުޓީ ކްއީނޭ ކުދިން ބުނަމުން ދެއޭ ބުނަން މަމެން ނެތީމު އިނގޭ.