އިސްކަންދަރު ކޮށީގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި، ހޯމް މިނިސްޓަރު އިހުސާން އަދި ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
01 އޯގަސްޓް 2024 - 12:16
އެކި ނަންނަމުގައި ހިންގާ ގޭންގުތަކާއި އެ ގޭންގުތަކުގައި އުޅޭ މީހުންގެ ނަންތައް ކުރިއަށް އޮތް ތަނުގައި ހާމަކުރައްވާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އޭނާ މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގޭންގު ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން އެ ފަރާތްތަކަށް ފިޔަވަޅު އެޅުމަކީ ދަތިކަމެއް ކަމަށެވެ. ގޭންގުތައް ކަމަށް ބަޔާންކޮށްފައި އޮންނަ ގޮތުން ގޮންޖެހުންތައް ކުރިމަތިވާތީ އެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު މަސައްކަތް އޮތީ އެ ގާނޫނު އިސާލާހު ކުރުމުގެ އެންމެ ފަހު މަރުހަލާގައި ކަަމަށް އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މީގެ 14 އަހަރު ކުރިން ހެދި ގާނޫނަށް ބަދަލުތައް ގެނައުމުން ގޭންގުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ފެންނާނެ ކަމަށެވެ. އޭގެ ތެރެއިން، ގޭންގުތަކުގެ ނަންތަކާއި އެ ގްރޫޕުތަކުގައި އުޅޭ މީހުންގެ ނަންތައް ހާމަކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
"މި ވަގުތު ގާނޫނުތައް ހުރި ގޮތުން [ގޭންގުތަކާ ގުޅޭގޮތުން] އަވަސް ފިޔަވަޅު އެޅެން ނެތް. ނަމަވެސް، އެ ގާނޫނު ޑްރާފްޓު ކޮށްފައި ފައިނަލް ކުރާނަން މިހާރު ހުރި ހުރިހާ ޗެލެންޖަކަށް އެޑްރެސް ކޮށްފައި. މާނައަކީ ގޭންގުތަކުން ކުށް ކުރާ މީހުންނާއި ގޭންގުތަކުން ވިޔަފާރީގެ ތެރޭގައި އުޅުމާއި… pic.twitter.com/F4I0wlpX2I
— Mihaaru (@Mihaarunews) August 1, 2024
"މި ވަގުތު ގާނޫނުތައް ހުރި ގޮތުން [ގޭންގުތަކާ ގުޅޭގޮތުން] އަވަސް ފިޔަވަޅު އެޅެން ނެތް. ނަމަވެސް، އެ ގާނޫނު ޑްރާފްޓު ކޮށްފައި ފައިނަލް ކުރާނަން މިހާރު ހުރި ހުރިހާ ޗެލެންޖަކަށް އެޑްރެސް ކޮށްފައި. މާނައަކީ ގޭންގުތަކުން ކުށް ކުރާ މީހުންނާއި ގޭންގުތަކުން ވިޔަފާރީގެ ތެރޭގައި އުޅުމާއި ހުރިހާ ކަމަކަށް ދާއިމީ ހައްލެއް ގެނެވޭނެ ގާނޫނީ ބަދަލު އަޅުގަނޑުމެން ގެންނާނަން. ގެނެސްފައި އެއާ އެއްގޮތަށް އަމަލުކުރަން ފަށާނަން،" މިދިޔަ ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވި އެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތުން ޖަމިއްޔާއަކަށް، ފިހާރައަކަށް ނުވަތަ އެ ނޫން ވެސް ތަނަކަށް ގޭންގަކަށް ނިސްބަތްވާ ނަމެއް ނުވަތަ ގޭންގަކަށް ނިސްބަތްވާ ލޯގޯއެއް ރަޖިސްޓަރީ ކޮށްގެން ނުވާނެ އެވެ. އޭގެ އިތުރުން ނިވާފަތްގަނޑެއްގެ ގޮތުގައި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާއެއް ނުވަތަ ކުޅިވަރު ކުޅޭ ކްލަބެއް ބޭނުންކޮށްގެން ގާނޫނުގައި މަނާކޮށްފައިވާ އަމަލެއް ހިންގާ ކަމަށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަ އެ ފަރާތެއްގެ ކުޅިވަރު ކުޅޭ ކްލަބްގެ ރަޖިސްޓަރީ ބާތިލު ކުރުމުގެ ބާރު ކަމާބެހޭ އިދާރާއަށް ލިބިގެންވެ އެވެ.
ނަމަވެސް، ގޭންގު ކުށްތައް ހުއްޓުވުމާ ބެހޭ ގާނޫނުގައި އޮންނަ ގޮތަށް، އެ ގާނޫނަށް އެތައް އަހަރެއް ވެގެން ދިޔައިރު ވެސް ގޭންގުތަކުގެ ނަންތަކެއް ހާމައެއް ނުކުރެ އެވެ. އެކަމަކު، ބަދަލުތައް ގެނައުމަށް ފަހު، އެ ލިސްޓު އާއްމު ކުރާނެ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ގޭންގުތައް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ގޭންގުތަކުގެ ނަންތައް ބޭނުންކޮށްގެން ކުޅިވަރު ކްލަބުތައް ވެސް ރަޖިސްޓްރީ ކޮށްފައި ވެ އެވެ. އަދި މާލޭގައި ސަރުކާރުގެ ބިންތަކުގައި ހަދާފައިވާ ޓާފް ދަނޑުތައް ހިންގަނީ ބާރު ގަދަ ގުރޫޕްތަކުން ކަމަށް ވަރަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
އިހުސާން ވިދާޅުވީ ރާއްޖޭގައި ގޭންގު ހަދައިގެން ކުށްކުރަމުން ނޫޅެވޭނެ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ،
"އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
03 August 2024
ގޯޅިތަކާއި، ފާރުތަކުގައި ގޭންގް ނަންތައް. ނުވިތާކަށް ބައިބަލާ ގޭންގް ސަރުކާރުން ރަޖުސްޓްރީކޮށްދީފަ. އެވަރުންވެސް އަހަރެމެން މިއުޅެނީ ގޭންގް ނަންތަކާ ގެންގ ބޮޑުންގެ ނަންނޭނގިގެންތަ؟
އޮނަރަބްލް އަފީފު ދީދީ
02 August 2024
ތިރީގައި ކުރި ކޮމަންޓްތަކުގައި ހުރިގޮތަށް ކަންކަން ބަދަލުކޮށްފިނަމަ ގޭން އެއަރޕޯޓްގައި ފުލުހުންގެ ޑިޓެންޝަން ސެންޓަރ ހަދައި ރަށުގެ އެއްބައިގައި ފެންސް ޖަހައި "ހޮލިޑޭ ހޯމް އެއްފަދަ ތަނަކަށް" ފުލުހުންގެ އިދާރާ ހަދައިގެން ކ.މާލެއިން އަންނަ ފުލުހުން މަޖާކުރަން ތިބޭ ތަނެއްގެ ބަދަލުގައި ސައުތުރީޖަންގައި ކޮމިޝަނަރެއް ހުންނަވާ ނަމަ "ފަޅުރަށެއްގައި ފުލުހުންގެ އިދާރާ ހުރުމުގެ ބަދަލުގައި" އެތަން ހުންނާނީ ވަޒީރުގެ އަމިއްލަފުޅު ރަށް ފޭދޫގައި ނޫންތޯ!؟
އދއދ
01 August 2024
ފަރާތްފަރާތުގެ ފިއްތުމާއި ގަދަބާރު އެޅުވުމަށް ނުލެނބި، ވިދާޅުވާގޮތަށް ތަންފީޒުކުރައްވާނަމަ، ތާރީޚުގައި ފަލައަކުރުން ލިޔެވެންޖެހޭނެ. ތަންފީޒު ކުރައްވައި ތިކަންތައް ހުއްޓުވައިފިނަމަ ކިތަންމެހައިވެސް ރަނގަޅެވެ. އައްސަރިބަހާއި ސާބަހާއި އަދި އެެނޫންވެސް ތަޢުރީފު ޙައްޤުވާނެކަން ކަށަވަރެވެ. ހިތަވަރާއި ޢަޒުމާއިއެކު ތިކަން ފުރިހަމަކުރެއްވުމުގެ ތަޢުފީޤު ދެއްވަވާށި!
އޮނަރަބްލް އަފީފު ދީދީ
01 August 2024
ހުރިހާ ބާރުތަކެއް ކ.އަތޮޅު މާލޭގައި ހުންނަވާ މީހާކަމަށް އޮތުމުގެ ބަދަލުގައި ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ފުރިހަމަ ބާރުވެރިކަމުގައި ހުންނަވާ ޕޮލިސް ކޮމިޝަނަރަކު ހުރެގެން ނޫނީ ޒަމާނަށް ފެތޭގޮތަށް ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަޙައްދު ތަކަކަށް ނުދެވޭނެ. # މިކަން ބަދަލު ކުރުމަށްޓަކާ އުތުރާއި މެދުރާއްޖެ އަދި ދެކުނުގައި ކޮކިޝަނަރަކު ހުންނަވާފައި 3 ކޮމިޝަނަރުން ރިޕޯޓްކުރާންޖެހޭ ޑައިރެކްޓަރ ޖެނެރަލް އޮފް ޕޮލިސް ހުންނަވާގޮތަށް ހައްދަވާ.
ގަމޯރާ
01 August 2024
ކަލޭ ހަމަޖެހޭ ވާހަކަޔެއް ނުދައްކާ ފެށުނީއްސުރެ. ހުސް އުތުރޭ ދެކުނޭ މެދޭ ކިޔާތި އުމުރު ހުސްކުރަނީ
އޮނަރަބްލް އަފީފު ދީދީ
02 August 2024
މަތީގައި މިދެންނެވިގޮތަށް "ކ.މާލޭގައި ހުންނަމީހާގެ އަމުރަށް ތުރާކުނާއި އައްޑޫގައި ހުންނަ ފުލުސްމީހާވެސް އަމަލު ކުރާންޖެހޭތީ" މިހާރު ވާގޮތަށް ކަންކަން ވަމުންދަނީ. # މާލެއިން އައްޑުއަށް އަންނަމީހާގެމައްޗަށް ވެރިއަކުނުހުންނާތީ، ގިނަފަހަރަށް އެކުދިންނަށް ހީވެފައިވަނީ މަސައްކަތުގައިއުޅެ ވަރުބަލިކަން ފިލުވާލަން ޕިކްނިކް ދަތުރުވަރެއްގައި އައްޑޫސިޓީ ބަލާލާ ކާރު ދުއްވާލަން މިތަނަށް އައީކަމަށް. އެހެންވެ ރީޖަނަލް ކޮމިޝަނަރުން ތިބުން މުހިންމުކަމަށް މިބުނަނީ.
ފޮނި ކަނޑާ
01 August 2024
ރަގަޅު ހެޔޮނިޔަތް އޮވެގެން ކަމެއް ރަގަޅު ކުރަން އުޅޭހެން ހާދަ ހީނުވޭ..ވައްވަކެއް ނުޖަހާނެ ގަޓު ހުންނަ މީހުނެތް.ތި ތަޅާ ހުސް އަނގަޔާ ހެދި ގޭންގުތަކަށް ހެކި ފޮރުވަން ވަގުތު ނުލިބޭތަ
ޢަަދަނުބެ
01 August 2024
ކޮންންބައެތްތޯ ގޭންގުތަކަށް ބާރު ލިބޭ ގޮތަށް ގާނޫނު ހެދީ އެ ހެދިބަޔަކު ނަންތަށްވެސް އާންމު ކުރަންވީ ހަމަ ކަށަވަރުން ގޭންގުތަކަށް ބާރު ލިބޭގޮތަށްގާނޫނު ހެދި ބަޔަކީ ދިވެހި ރައަތުންނަށް ހިޔާނާތްތެރިވި ބައެތް
ޟމމމ
01 August 2024
ސާބަހޭ އިޙްސާން! އިޙްސާނުގެ މަސައްކަތަށް ހިއްވަރުދެން. ނަމަނަމަ ފަހަތަށް ނުޖެހޭތި. އެމީހުންނާ ގުޅުން އޮންނަ މަހުޖަނުންނާއި ސިޔާސީ މީހުންގެ ފަރާތުން ލައްކަ ޕްރެސަރ ކުރާނެ. އެކަމަކު ޤައުމަށްޓަކައި ފަހަތަށް ފިޔަވަޅެއް ނާޅުއްވާތި. ޝުކުރިޔާ!
ސަންޑޭ
01 August 2024
މިނިސްޓަރ އިޙްސާނުނަށް މަގޭ ސަތޭކަ ފަންސާސް ފަސް ޕަސަންޓު ތާއީދު. ތިވަރެއް ނެތް.
އިބުރާހިމް
01 August 2024
ތިއަދި ހާމަކުރިއަސް ކަމަކުނުދާނެ 5ފޫޓުން 5ފޫޓުބް ފުލުހުންނާސިފާންމަގުމަތީޑިއުޓީ ކުރަކުރަންވީ އެހއންނޫނީ ފޭރޭމީހުން މާތިރިއެއްނުވާނެ ސުކުރިއްޔާ
ރަދުން
01 August 2024
ގޭންގުތަށް ނައްތާލާނެކަމަށް ބުނާކަށް ނުކެރޭނެ.އެކަމެއް ނުވާނެ.މިނިސްޓަރ ޖެހޭނީ މަހައްދާން.