ޚަބަރު

އައިޖީއެމްއެޗުގެ އިހުމާލުން ދަރިފުޅު މަރުވުމުން ދައުލަތުން މާލީ ބަދަލު ދީފި

އައިޖީއެމްއެޗް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އައިޖީއެމްއެޗުގެ އިހުމާލުން ތުއްތު ދަރިފުޅު މަރުވި މައްސަލައެއްގައި، ސެޓްލްމަންޓު އެގްރީމަންޓެއް ހަދައި، ގެއްލުމުގެ މާލީ ބަދަލު ދީފި އެވެ.

ސިިވިލް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި މައްސަލައިގައި އައިޖީއެމްއެޗުން ވަނީ ތަގްސީރީ މަސްއޫލިއްޔަތު އަދާނުކޮށް، އެ ފަރާތުގެ އިހުމާލުގެ އަމަލުތަކުގެ ސަބަބުން، ތުއްތު ދަރިފުޅު މަރުވި ކަމަށް އެއްބަސްވެފަ އެވެ. އެހެންވެ، ދެމަފިރިންނަށް ލިބުނު އަދި ލިބެމުންދާ ގެއްލުމުގެ މާލީ ބަދަލު ނަގައިދިނުމަށް އެދުނެވެ.

އެކަމަކު، އެ ކޯޓުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ އައިޖީއެމްއެޗާ ދެކޮޅަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ދެ ފަރާތުން ކޯޓުން ބޭރުން މައްސަލައިގެ އެއްބަސްވުމަކަށް އައިސްފައި ވާތީ، ދައުވާ ފޯމު ބާތިލްކޮށް، މައްސަލަ ނިންމާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަފުސީލު ދެއްވަމުން ބަންޑާރަ ނާއިބުގެ އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އާއިލާއިން އެ މައްސަލާގައި ދައުވާކުރީ ދަރިފުޅު މަރުވުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކަމަށެވެ. ކުއްޖަކު މަރުވެފައިވާތީ އާއި ވަގުތު ސަލާމަތް ކުރަން އެންމެ މަސްލަހަތު ގޮތަކަށް ދައުލަތަށް ފެނުނީ ކޯޓުން ބޭރުން ސެޓްލްމަންޓު އެގްރިމެންޓަކަށް ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ، މާލީ ގެއްލުމުގެ ބަދަލުގައި ދީފައިވަނީ އާއިލާއިން އެދުނު އަދަދަށް ވުރެ ކުޑަ އެއްޗެއް ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެ އަދަދު ފަސް މިލިއަން ރުފިޔާއަށް ވުރެ ކުޑަވާނެ ކަމަށް ބުންޏަސް މާލީ ގެއްލުމުގެ އިތުރު ތަފްސީލެއް އޭޖީ އޮފީހުން ނުދެ އެވެ.

އެ އޮފީހުން ބުނީ އައިޖީއެމްއެޗާއި އާއިލާއާ ދެމެދު ހެދި އެއްބަސްވުމުގައި ވެސް މާލީ ބަދަލުގެ ގޮތުގައި ދިން ފައިސާގެ އަދަދު ސިއްރު ކުރުމާ ގުޅޭ މާއްދާއެއް އާއިލާއިން އެދޭތީ ހިމަނާފައި އޮންނާނެ ކަމަށެވެ. އެހެންވެ، އެ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

12 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 36%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޤަތުލު ޚަޠައު

06 August 2024

ކުއްޖާ ދުނިޔެއަށް އުފަންކުރުވުމުގައި އިހުމާލުވި ޞިއްޙީ ޚިދުމަތްތެރީންގެ ފަރާތުން ނިޔާވި ކުއްޖާގެ އާއިލާއަށް މަރުގެ ދިޔަ ކަމުގައިވާ 100 ޖަމަލު ނުވަތަ 100 ޖަމަލުގެ އަގަށްވާ ފައިސާ ދޭންޖެހޭނެ.

The name is already taken The name is available. Register?

ކިއުރިއަސް

06 August 2024

އެއީ ސައުދީގެ އަގަށް ބަހާނަމަ 3.3 މިލިއަން ދިވެހި ރުފިޔާ.

The name is already taken The name is available. Register?

ޤަތުލު ޚަޠައު1

06 August 2024

އެވެސްބޮޑުވެގެން ކޯޓުންބޭރުން ނިންމީ އެ. މިއޮތީވާ ގައުމެއް

The name is already taken The name is available. Register?

ކިރުސައި

06 August 2024

އާއިލާއިން ސިއްރުކުރަން ބޭނުންވިޔަސް ރައްޔިތުންގެ ފައިސާއިން ދިން އަދަދު ހާމަކުރަން ޖެހޭނެ.

The name is already taken The name is available. Register?

ބސބސ

05 August 2024

1000ހުން އެކެއް

The name is already taken The name is available. Register?

އެޗް އެމް

05 August 2024

އިހްމާލުވިމީހުން ކުށްވެރިނުވެ، ދައުލަތް ކުށްވެރި ވީތަ؟ ބަދަލު ދޭން މިޖެހުނީ ޓެކްސް ފައިސާއިން.. ސިޔާސީ މީހުންނާ، ބަލަދުއަރާ ސިވިލްސާވަންޓުން ހަދާ ގޯސްތަކުގެ ބަދަލު ދޭން މިޖެހެނީ ދައުލަތުން.

The name is already taken The name is available. Register?

ޕްރީސެޑެންޓް

05 August 2024

އާންމުންގެ މަސްލަހަތު ހިމެނޭ މައްސަލަ ތަކުގައި ސެޓްލްމަންޓް އަދަދު ސިއްރުކުރުމަކީ ގޯހެއް

The name is already taken The name is available. Register?

ކުޑަ ވަކީލު

05 August 2024

ދައުލަތުގެ މާލީ ހާލަތު ދަށްވެފައިވާކަމަށް ބުނެފައިވަނިކޮށް ކޯޓުން ގޮތެއް ނިންމުމުގެ ކުރިން އަވަސް އަވަހަށް ސެޓްލްކުރީ ކީއްވެބާ. ޓެކްސް ފައިސާ މިކަހަލަ ކަންކަމަށް ބޭނުންކުރާއިރު ސިއްރުކުރެވިގެން ނުވާނެ. ކޯޓުން ގޮތެއް ނިންމުމަށްވުރެ ސެޓްލްކުރުން މިކަމުގަ ރަނގަޅުވާނެ ގޮތެއް ނޯންނާނެ

The name is already taken The name is available. Register?

ޢިންސާނިއްޔަތު

05 August 2024

އެތަށް އަހަރެއް ވަންދެން ދައުލަތުން ޙެދި ގޯހެއްގެ ސަބަބުން ކޯޓުގައި އެ ދެމަފިރިން ކޯޓުގައި ދެމިނަމަ އެ މީހުންނަށް ލިބޭނެ ހިތްދަތިކަމާ ގެއްލުން އެތަށް ގުނައެއް ބޮޑުވީސް. ޢަދި އެހާ ފާޅުކަން ބޮޑު ގޯހެއްގެ ހަދާފައި އޮތް ހިންދު ކޯޓުން ވެސް ނިންމާނީ ބަދަލު ދޭން

The name is already taken The name is available. Register?

އަވަސ

06 August 2024

ކޮބާތަ އަވަސް ވެފައެއް؟ މި ކޭސް އަކީ މީގެ އެތަށް އަހަރެއް ކުރިން ހިނގާ ކޭސް އެއް. ނިންމި އަސް ސަލާމަތެއް ނެތް. ދިގު ދެއްމީމަ ވެސް ކިޔާނެ އިންސާފެއް ނުލިބި އެތަށް އަހަރެކޭ. އަހަރުމެން ހިތް ފުރޭނީ ކިހިނެއް ހެދީމަތަ؟

The name is already taken The name is available. Register?

ހަސަން އަލީ

05 August 2024

ދަރިންނަކީ އަގުނުކުރެވޭ ފަދަ ނިއުމަތެއް

The name is already taken The name is available. Register?

ޮހަސަނާ

06 August 2024

ވަރަށް ރަގަޅު ވާހަކައެއް. މިގޮތަށް ބަދަލު ހޯދުމަކީ އަގުކުރުމެއްނޫން. އެެއީ މިކަހަލަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ވަރަށް މުހިންމުކަމެއް. އަދި އިހުމާލުވާ ފަރާތް ޒިންމާކުރުވުމަށްވެސް ވަރަށް މުހިންމު ކަމެއް. ދެން އާއިލާއަށް ތިޔަ ލިބޭ ފައިސާ ގެ ކޮންމެސް ވަރެއް ރަގަޅު ކަމަކަށް ސޮދަގާތް ކުރުން އެއީ އެންމެ ރަގަޅު ގޮތަކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454