ޚަބަރު / ރައްޔިތުންގެ މަޖިލިސް

މެންބަރުންގެ އަދަދު ހިފަހައްޓަން ތާއީދުކޮށް، ޕާޓީތަކުން ތަފާތު ހިޔާލުތަކެއް!

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ސިޔާސީ ޕާޓީތަކުން ތާއީދުކޮށް، އެ ޕާޓީތަކަށް ފެންނަ ބަދަލުތަކާ ގުޅޭ ގޮތުން ތަފާތު ހިޔާލުތަކެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މަޖިލީހުގައި މިހާރު 93 މެމްބަރުން ތިއްބަވާއިރު، ރާއްޖޭގެ އާބާދީ އަށް އަންނަ ބަދަލާ އެކު ކޮންމެ ފަސް އަހަރަކުން އެއް ފަހަރު މެމްބަރުންގެ އަދަދު އިތުރުވެ އެވެ.

އެ މައްސަލަ ހައްލުކުރަން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު މަޖިލީހަށް ހުށަހެޅުއްވި ގަރާރު ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އެ މައްސަލާގައި ސިޔާސީ ޕާޓީތަކުން ދެކޭ ގޮތް ހޯދައިފަ އެވެ.

އެ ކޮމިޓީއަށް ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އާއި އެމްއާރްއެމް އާއި އެމްޑީއޭ އަދި އެމްއެންޕީގެ މެންބަރުން މިއަދު ވަނީ ހާޒިރުކޮށްފަ އެވެ.

ޕާޓީތަކަށް މަޖިލީހުން ސްލޮޓް ދޭން ޖެހޭ: ޑިމޮކްރެޓްސް

އެ ބައްދަލުވުމުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އައިޝަތު އަލައިކާ އަދުނާން ވިދާޅުވީ މަޖިލިސް މެންބަރުން އިތުރުވުމަކީ ދައުލަތުގެ ބަޖެޓަށް ވަރަށް ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމެއް ކަމަށެވެ. އެކަން ހައްލު ކުރަން އެ ޕާޓީގެ މެނިފެސްޓޯތަކުގައި ވެސް ހިމަނާފައިވާ ކަމަށެވެ.

އެފަދަ އިސްލާހެއް ގާނޫނުއަސާސީ އަށް ގެންނަ އިރު ރައްޔިތުންގެ ތަމްސީލް ކުރުމުގައި މިހާރު ހުރި މައްސަލަތައް ހައްލު ކުރަން ޖެހޭ ކަމަށާއި އެގޮތުން މުޅި އަތޮޅުން ވަކި އަދަދަކަށް މެންބަރުން ކަނޑައެޅުމާއި ސިޔާސީ ޕާޓީތަކަށް މަޖިލީހުން ސްލޮޓެއްދޭ ގޮތަށް ޕާޓީ ލިސްޓަށް ހަދަން ފެންނަ ކަމަށް އަލައިކާ ވިދާޅުވި އެވެ.

"އެ ދާއިރާގެ ގިނަ މީހުންނަށް ގަބޫލު ކުރެވިދާނެ ޑިމޮކްރެޓުންނަކީ މަޖިލީހުގައި ތިބެން ޖެހޭ ބައެއް ކަމަށް. އެހެންވެ ވޯޓިން ކަރުދާހުގައި ޕާޓީ އަށް ވޯޓު ދެވޭ ގޮތަށް ހަދާފައި އަދި މެންބަރަކަށް ވޯޓު ލެވޭ ގޮތް ހަދަން ޖެހޭ." އޭނާ ވިދާޅުވި އެވެ.

އަންހެނުންނަށް މަޖިލީހުން ކޯޓާއެއް ކަނޑައަޅަން ޖެހޭ: އަދާލަތު

މަޖިލީހުގެ އަދަދު ކަނޑައެޅުމުގައި އަދާލަތު ޕާޓީގެ ފަރާތުން ހިޔާލު ހުށަހެޅުއްވި އެ ޕާޓީގެ ރަޖިސްޓްރާ އާދަމް މުހައްމަދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓް ކުރުމުގެ އިތުރުން ކޮންމެ 10 އަހަރަކުން އެ އަދަދު ރިވިއު ކުރުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އަންހެނުން ކަމަށްވީ ނަމަވެސް މަޖިލީހުގައި ގިނަ ފަހަރަށް ތިއްބަވަނީ ތިން އަންހެން ބޭފުޅުން ކަމަށާއި އަންހެން ބޭފުޅުން މަޖިލީހުގައި ތަމްސީލުވާ މިންވަރު އިތުރު ކުރުމަށް ކޯޓާ އެއް ކަނޑައެޅުމުގެ މަސައްކަތް ވެސް މީގެ ތެރެއިން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިފަދަ އިސްލާހެއް ގެންނަ އިރު އަންހެން ކަނބަލުންނަށް ކޯޓާއެއް ކަނޑައެޅުމުގެ ކަންކަމަށް ވެސް މެންބަރުން ވިސްނާލުން ރަނގަޅު،" އޭނާ ވިދާޅުވި އެވެ.

އާދަމް މުހައްމަދު ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޓެކްނިކަލް ދާއިރާތަކުގެ މީހުންނަށް ވެސް މަޖިލީހުން ހާއްސަ ސްލޮޓްތަކެއް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ.

މަޖިލީހުގައި މަތިގެ އަކާއި ދަށުގެއެއް އޮންނަން ޖެހޭ: އެމްއާރްއެމް

އެމްއާރްއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ މެންބަރުންގެ އަދަދު މަދު ކުރަން ސަރުކާރުން ފަށާފައިވާ މަސައްކަތަށް ތާއީދު ކުރައްވާ ކަމަށާއި އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ފާރިސް ވިދާޅުވީ މަޖިލީހަކީ ބައިކެމަރަލް ތަނަކަށް ހަދައި މަތި ގެއަކާއި ދަށު ގެއެއް އޮންނަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެބަދަލު ގެންނަން ޖެހޭނީ ޖުމްލަ މެންބަރުންގެ އަދަދު މިހާރަށް ވުރެ އިތުރު ނުވާ ގޮތަށް ކަމަށެވެ.

އޭގެ އިތުރުން މިހާރު މެންބަރުން އިންތިހާބު ކުރާ ގޮތުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރަން ފާރިސް އެދިވަޑައިގަތެވެ. އޭގެ ތެރޭގައި ބައެއް ދާއިރާތަކުގައި 200 އެއްހާ މީހުންގެ ވޯޓާއެކު ގޮނޑި ކާމިޔާބު ކުރެވޭތީ އެ ދާއިރާތަކުގެ ބޮޑެތި އާއިލާތަކަށް ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރެވޭ ގޮތަށް އޮތުމާއި ދާއިމީ އެޑްރެސްގެ މައްސަލަ ވެސް ހައްލު ކުރަން ޖެހޭ ކަމަށް ފާރިސް ވިދާޅުވި އެވެ.

ނޭޝަނަލް ލިސްޓެއް އުފައްދައި އޭގެ ތެރެއިން އަންހެން ބޭފުޅުންނާއި ފަންނީ ބޭފުޅުންނަށް ކޯޓާއެއް ކަނޑައަޅަން މުހިންމު ކަމަށް ފާރިސް ވިދާޅުވި އެވެ.

މެންބަރުންގެ އަދަދު މަދު ކުރާއިރު މިހާރު މަޖިލީހުގައި ތިއްބެވި އަދަދުގައި ބާއްވަން ބައެއް ފަރާތްތަކަށް ގޮވާލާ ކަމަށާއި ނަމަވެސް އެއީ މިހާރު ތިބި މެންބަރުންގެ އަމިއްލަ މަސްލަހަތަށް ބަލާފައި ކުރެއްވި ކަމެއް ގޮތުގައި ސިފަ ކުރެވޭނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

ކޮމިޓީގައި ވާހަކަ ދެއްކެވި އެމްޑީއޭ އާއި އެމްއެންޕީން ވެސް ވަނީ މެންބަރުންގެ އަދަދު ލިމިޓު ކުރަން ތާއީދު ކޮށްފަ އެވެ. އެހެން ނަމަވެސް މިހާރު އަތޮޅުތަކަށް މެންބަރުން ބެހިފައި އޮތް ގޮތަށް އެއްވެސް ބަދަލެއް ގެންނަން ތާއީދު ނުކުރައްވާނެ ކަމަށް އެމްޑީއޭ އިން ބުންޏެވެ. އަދި އެމްއެންޕީން ހުށަހެޅުއްވީ ގާނޫނުއަސާސީ އެކުލަވާލި އިރު މަޖިލީހުގައި ތިއްބެވި އަދަދަށް، 77 މެންބަރުންނަށް ހެދުމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، އެ ބައްދަލުވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕީއެންއެފް އަށް ވެސް ދައުވަތު ދިނެވެ. އެކަމަކު އެ ޕާޓީން އެ ބައްދަލުވުމުގައި ބައިވެރިއެއް ނުވި އެވެ.

26 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާނުވާހޭ

07 August 2024

ސިޔާސީ ޕާޓީތަކަށް މަޖިލީހުން ސްލޮޓެއްދޭ ގޮތަށް ޕާޓީ ލިސްޓަށް ހަދަން ފެންނަ ކަމަށް އަލައިކާ ވިދާޅުވި އެވެ ވޯޓުން ނުހޮވޭނެ ކަން އެނގުނީމަ މިވެސް ދެން މޮޅު ގޮތެއް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 August 2024

ކިހިނެއް ކޮންގޮތަކަށް ކުރި ލާމަރުކަޒެއްތޯ!؟ ދައުލަތުގެ ބަޖޭޓްހުށަހަޅާ ބަޖޭޓްފާސްކުރަނީ ލާމަރުކަޒުކޮށްގެންތޯ؟! ނުވަތަ ކުރިއެކޭއެއްގޮތަށް ކ.އަތޮޅުމާލެއަށް ބަޖެޓްގެ %85 އޮންނަގޮތަށްތޯ. # މަޖިލިސް މެންބަރުންނަށްތިބީ އެދާއިރާތަކުގެ "ރަށްވެހިން" ތޯ ނުވަތަ މަޖިލީހުގެ ގިނަގޮނޑި (ގާތްގަނޑަކަށް 30 ގޮނޑި) ޕަކަޅާކޮށްގެންތިބީ ވަކިރަށެއްގެ ރަށްވެހިންތޯ. # މިއީތޯ ޤއ ގެ 72 ހ އަދި ށ ގައި އޮތް ގޮތަކީ! މިހެންތޯ ދާއިރާތަށް ލާމަރުކަޒުކޮށް ހިންގާން އަމުރުކޮށްފައިވަނީ!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 August 2024

މާލޭސަރުކާރާއި އެރަށު މެންބަރުންގެ އުޅެނީ ފަރީދުގެ ޒަމާނުގައި ރާއްޖޭގެ އެހެންރަށްރަށު ރައްޔިތުންގެނަމުގައި އެރަށުމީހުން (ކ.މާލޭގެ ބޮޑުން) ހިމަނައިގެން އެކުލަވާލިފަދަ ގޮނޑި ކޮއްކޮ މަޖިލީހަކަށް ރާއްޖޭގެ "ރައްޔިތުންގެ މަޖިލިސް" ހަދާން. # އެހެންނޫންނަމަ ޤާނޫނު އިސްލާޙްކުރަަންވިސްނާނީ "ދާއިރާގެ ރަށްވެހިންގެތެރެއިންނޫނީ މެންބަރުން އިންތިޙާބު ނުކުރެވޭ ގޮތަށް" އަދި ރާއްޖެ 3 ސަރަޙައްދަކަށް ހިންގުން ބަދަލުކޮށް މަޖިލީހުގައި 3 ސަރަޙައްދު ތަމްސީލު ކުރާގޮތަށް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 August 2024

މަޖިލިސް ބޮޑުވިޔަނުދީ އެއްވަރެއްގައި ހިފެހެއްޓުމަށާއި، ޤާނޫނުއަސާސީގައި ގަދައަމުރުން އަމުރުކޮށްފައިވާގޮތަށް ލާމަރުކަޒުކޮށްގެން ދައުލަތް ހިންގާން ބޭނުން ނަމަ އެކަންވެސް ޙަރަދު ކުޑަކުރެވޭގޮތަށް (މަޖިލީހާއި ކައުންސިލްތައް ކުޑަކުރަން) ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ 3 ޕްރޮވިންސް ނުވަތަ ރީޖަންގެމައްޗަށް އިދާރީހިންގުން ބަދަލުކޮށްލަންވީ ނޫންތޯ؟

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 August 2024

މަތީގައި ދެންނެވިގޮތަށް 3 ޕްރޮވިންސްގެ މައްޗަށް ހިންގާން ފެއްޓުމުން މަޖިލީހުގައި މެންބަރުން ތިއްބަވާނީ 3 ޖަންތަކުން އިންތިޙާބު ވެގެން. އެގޮތުން ކޮންމެ ރީޖަނަކުން 30 މެންބަރުން ކަމަށް ކަޑައެޅުމުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 90 ކަމުގައި ހަމަޖެހިގެންދާނެ. # އަދި މިހާރުހުރި ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކާއި މޭޔަރުންގެ މަޤާމް އުވިގެންދާއިރު ކޮންމެ ރީޖަނެއްގައި ހުންނަވާނީ ރީޖަންގެ "ރަށްވެހިންގެ ތެރެއިން" އިންތިޙާބު ކުރާ ޤަވަރުނަރެއް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 August 2024

މިދެންނެވި މޮޑެލް އަށް މަޖިލީހާއި ކައުންސިލްގެ އިންތިޙާބީ ގޮނޑިތައް ތަރުތީބުކޮށް ކަންކަން ފުރިހަމައަށް ތަރުތީބު ކޮށްލުމުން އިންތިޙާބީ ޙަރަދުތައްވެސް އެތައް ގުނައަކަށް އިތުރުވެގެންދާނެ. # އަދި މީގެ އެންމެ ހިތްހަމަޖެހޭ ކަމަކަށް ވެގެންދާނީ ރާއްޖޭގައި އަށަގަނެ އަދި އެއީ "ދިވެއްސެއްނަމަ އޭނާގެ ގައިގައި ހުންނާންޖެހޭ ސިފައެއް" ކަމަށް ހީވާ ހިސާބަށް ގޮސްފައިއޮތް ރިޝްވަތު ހިފުމާއި، ވޯޓް ގަތުމާއި ވޯޓް ވިއްކުމަށް އޮތް ފުރުސަތު ހަނިވެގެން ދިއުން އިގޭތޯ.

The name is already taken The name is available. Register?

މޯބީ

07 August 2024

މިހާރު މެންބަރުން ތިބި އަދަދު އެ ވަރުގައި ލޮކް ކުރަން ވީ އެޔަށް ވުރެ އިތުރު ނުވާގޮތަށް އަހަރުތަކެއް ފަހަތައް ގޮސް ދެހާހުގެ ކުރީކޮޅަށް ދިއުމުގެ ބޭނުމެއް ނެތް

The name is already taken The name is available. Register?

ޕިކްސް

07 August 2024

ފުރަތަމަ ކުރަންވީ ކަމަކީ ރާއްޖެ ތަރައްގީކުރާނެ ގޮތުގެ ދުރުރާސްތާ ޕްލޭންއެއް ހަދަންވީ. 25 ހަކަށް އަހަރުދުވަހުގެ. އަދި އެޕްލޭންއާ އެއްގޮތަށް ދާއިރާތަށް ކަނޑައަޅަންވީ. އޭރުން ދާއިރާތަށްވެސް ގައުމުވެސް ކުރިއަރައިގެންދާނީ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 August 2024

ޤއ ގެ ޖަދުވަލު 2 ގައި ބަޔަަންކުރާ އިދާރީ 21 ދާއިރާ އޮތްއިރު އޭގެ ތަރުތީބަށް ބަލާއިރުވެސް ކ.މާލެ އަންނަނީ އައްޑުއާއި ޖެހިގެން އެއަށްވުރެން ތިރިއަށް. އަދި އަތޮޅުތައް ތަރުތީބުކޮށް އިޤިރޭސިއަކުރުން އަކުރުދީފާއިވާގޮތަށް ބެލިޔަސް S ގެ ފަހަތުން އަންނަ T އަކީ އިދާރީގޮތުން މާލެއަށް ދީފައިވާ އަކުރު. # ދެން ކޮން އުސޫލަކުންތޯ އެރަށު މެންބަރުންނަށް މަޖިލީހުގެ ކުރީގޮނޑިބަރި ދީފައިވަނީ؟! ސިޓީއަކަށް ނުވަތަ އާބާދީގެ ނިސްބަތަކަށް ވެސް ނޫން އެކަންކޮށްފައިވަނީ!!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

07 August 2024

ސަރުކާރާއި ދައުލަތުގެ ތެރޭގައިހުރި މިފަދަ ބޯދާވިސްނުމާއި ފިކުރުތައް ދޫކޮށް ކަންކަން ކުރުމުގައި ޤާނޫނީ ހަމަތަކާއި އުސޫލުތަކަށް ތަބާވާންޖެހޭ. # މާލޭމެންބަރުންނަށް ކުރީ ގޮނޑިބަރި ދީފައިވަނީ "އެންމެ ބޮޑު ސިޓީ ކަމަށް ވެގެން ނަމަ" އޭގެ ފަހަތަށް އައްޑޫސިޓިއާއި ފުވައްމުލައްސިޓީ، ތިނަދޫސިޓީއާއި ކުޅުދުއްފުށި ސިޓީ ނޫންތޯ އަންނާންވާނީ؟! އަދި ތަރުތީބުކުރުމުގައި ބަލާފައިވަނީ އިޤިރޭސި އަކުރުދީފައިވާގޮތަށް ތިރިންމައްޗަށްނަމަ މާލެއާއިޖެހިގެން އައްޑޫ ނެތީ ކީއްވެ!؟

The name is already taken The name is available. Register?

މީމު ޖަވިޔަނި

07 August 2024

އަދިވެސް ބޭނުންވަނީ ލިޔަން ކިޔަން ދަންނަ ނަމަ ހެޔޮވަރު ކޮށްލާ އުޞޫލުން އައްޔަން ކުރަންތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454