މެލޭޝިއާ އެއާޕޯޓުގައި ވިހަ ދީގެން މަރާލި ކަމަށް ބެލެވޭ ކިމް ޖޮން-ނަމް ވަނީ އެ ގައުމުގެ ސަރުކާރަށް ފާޑު ކިޔަން ފަށާފައި. --ފޮޓޯ:އޭއެފްޕީ
27 ފެބުރުއަރީ 2017 - 10:38
ކުއާލަ ލަމްޕޫރު (ފެބްރުއަރީ 27) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ބޭބެ ކިމް ޖޮން-ނަމް މަރުވީ އޭނާ އަށް ވިހަ ދިންތާ 15-20 މިނިޓް ތެރޭ ކަމަށް މެލޭޝިއާގެ ހެލްތު މިނިސްޓަރު ސުބްރަމާނިއަމް ސަތަސިވަމް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ ކިމް އަށް ދީފައި ވަނީ ވީއެކްސް ނާވް އެޖެންޓުގެ ވަރަށް ވިހަ ގަދަ ބާވަތެއް ކަމަށާއި އެއްވެސް އެންޓިޑޯޓެއް މަސައްކަތް ނުކުރި ކަމަށެވެ.
ކިމް މަރާލާފައި ވަނީ މި މަހު 13 ވަނަ ދުވަހު، ކުއާލަ ލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ގޮސް ހުއްޓާ ފަހަތުން އަންހެނަކު ގޮސް މޫނުގައި ވިހަ ފޮތިގަނޑެއް އަޅައިގެންނެވެ. ސީސީޓީވީން ފެންނަ ގޮތުގައި އެއާޕޯޓުގެ ސްޓާފުންނަށް ކިމް ޝަކުވާ ހުށަހެޅުމަށް ފަހު ކްލިނިކަށް ފަރުވާ ދިނުމަށް އޭނާ ގެންދެ އެވެ. އަދި އޭނާ މަރުވީ އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގަ އެވެ.
ކިމް މަރާލަން ބޭނުންކޮށްފައިވާ ވީއެކްސް ނާވް އެޖެންޓަކީ ގިނަ ބަޔަކު މަރާލަން ބޭނުން ކުރެވިދާނެ ކެމިކަލް ހަތިޔާރެއްގެ ގޮތުގައި އދ. އިން ވަނީ ނިންމައިފަ އެވެ. ނާވް ގޭހުގެ ކިތަންމެ ކުޑަ މިންވަރެއް ހަމަގައި ޖެހުނު ނަމަވެސް މަދު މިނިޓްތަކެއްގެ ތެރޭގައި އެ މީހަކު މަރުވާނެ އެވެ. ވީއެކްސް ވަނީ 1993 ވަނަ އަހަރުގެ ކެމިކަލް ވެޕަންސް ކޮންވެންޝަނުގެ ދަށުން މަނާކޮށްފަ އެވެ.
ކިމްގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑޮނީޝިއާ އަންހެން މީހާ ވަނީ އޭނާ ލައްވާ ކިމްގެ މޫނުގައި ވިހަ ފޮތިގަނޑު އެޅުމަށް ބަޔަކު އޭނާ އަށް 400 ރިންގިޓް (90 ޑޮލަރު) ދިން ކަމަށް ބުނެފަ އެވެ. އަދި އެއީ ޖަޕާން ނުވަތަ ކޮރެއާ ބަޔަކާ ވައްތަރު ބައެއް ކަމަށް ވެސް ބުންޏެވެ. އެ އަހެން މީހާއާ ބައްދަލު ކުރި މެލޭޝިއާ ސަފީރުގެ ނައިބް ވިދާޅުވީ ބޭރު ފެށުން އޭނާ އަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ފެންނަން ނެތް ކަމަށެވެ.
ކިމް މަރާލުމުގެ ފަހަތުގައިވާ ކަމަށް ތުހުމަތުކޮށްފައި ވަނީ ނޯތު ކޮރެއާ އަށެވެ. ނަމަވެސް އެ ގައުމުން އެކަން ދޮގު ކުރެ އެވެ. ކިމްގެ މަރާ ގުޅިގެން ހޯދަން ބޭނުންވާ ނޯތު ކޮރެއާގެ ހަތަރު މީހުން ހޯދުމަށް މެލޭޝިއާ އިން މިހާރު ވަނީ އިންޓަޕޯލުގެ އެހީއަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދްރީސް
28 February 2017
މެލޭޝިޔާ ކިމް މަރުގެ ޒިންމާ ނަގަން އެބަޖެހޭ.މިހާރު މެލޭޝިޔާއިން އިރުއިރުކޮޅާ ނެރޭ ބަޔާންތަކުން ވަރަށް ޝައްކު.
ގޮއްޔެ
27 February 2017
އެމަންޖެ ބަލިވެ އުޅެނީ. ވިހައިގެ އަސަރު ކަމަށް ޝައްކު ކުރެވޭ.
އަލީ
27 February 2017
އެކަކު މަރުވީ ކޯކް ދަޅެއް ބޯން އިންދަ އަނެކަކު ސީރިޔާ ހަގުރާމައަށް ގޮސްސަ އަނެކަކު މަރުވީ ރަތް ކާރަކަށް އެރުވިފަހުން، އަނެކަކު ގެ އޮތީ ކަތިވަޅިޔަކުން ޖަހާ ފުއްކިބަ ދުއްވާލާފަ މަރާލާފަ ސިޑިބުޑަށް އެއްލާލާފަ. ދިވެހި ފުލުހުން ތަހުގީގު ރިޕޯޓް ހުންނަގޮތް މިއީ
މަންޖެ
27 February 2017
ދެން ކީއްވެތަ ފޮތިގަނޑު އެޅި އަންހެން މީހާ މަރުނުވީ. ގައިމު އޭނަގެ ގައިގަވެސް ތިޔަ ވިހައެއް ހުންނާނީ ހޭކިފައިތާ.
ޝާމް
27 February 2017
ރާއްޖޭގައި ކުއްލިއަކަށް މަރުވާމީހުންގެ ބޭރުފުށުން ވެސް އެއްވެސް ނިޝާނެއް ފެންނާކަށް ނުހުރޭ. އަދި މިފަދަ ގިނަ މަރުތަކަކީ މިކަހަލަ ގޮތަކަށް މަރާލެވިފައިވާ ބައެއްކަމަށް ވުން އެކަށީގެންވޭ. ހިތާމައަކީ މިގޮތަށް މަރުވާ ކޭސްތަކުގައި ފުލުހުންގެ ބަހަކީ އެއްވެސް އަނިޔާއެއް ބޭރުފުށުން ފެންނާކަށް ނެތްކަމަށްބުނެ ތަހުގީގު ބަލިކަށިކޮށް ނިކަމެތި ކޮށްލުން. އެއްވެސް ބައްޔެއްގެ އަލާމާތެއް ނެތް ދެމަފިރިންވެސް ވީނުވީއެއްނޭނގި އެއްކޮށް މަރުވެފައި ތިއްބައި ހަމައެކަނި ފެނުނީ މިދިވެހިރާއްޖެއިން.