10 އޯގަސްޓް 2024 - 17:51
ހުޅުމާލޭގެ ސެންޓްރަކް ޕާކުގައި މިހާރު ކުރިއަށް ގެންދާ ލިވިން އެކްސްޕޯގައި ގާއިމްކޮށްފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކްގެ ސްޓޯލުން އެ ބޭންކުގެ ހިދުމަތްތަކާއި ހައުސިން ފައިނޭންސިންގެ ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.
މިރޭގެ 11 ޖެހުމާ ހަމައަށް ކުރިއަށް ގެންދާ މި އެކްސްޕޯގައި ހުރި ބީއެމްއެލް އިސްލާމިކްގެ ސްޓޯލުން އެ ބެންކުގެ މުވައްޒަފުން ހައުސިން ފައިނޭންސިންގެ މައުލޫމާތުތައް ހިއްސާ ކުރުމުގައި ހަރަކާތްތެރިވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ލިވިން އެކްސްޕޯގައި ބަޔަކު ބީއެމްއެލް އިސްލާމިކްގެ ސްޓޯލަށް ޒިޔާރަތް ކުރަނީ
ބީއެމްއެލް އިސްލާމިކުން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސް ކޮށްދެމުންކަން ބެންކުން ފާހަގަކުރި އެވެ. މި ވަގުތު މާކެޓްގައި އެންމެ ދިގުމުއްދަތަކަށް (25 އަހަރު) ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ދެމުން އަންނަ ކަމަށް އެ ބެންކުން ބުންޏެވެ.
ބީއެމްއެލް އިސްލާމިކްގެ ފައިނޭންސިން ޕްރޮޑަކްޓްތައް ފަރުމާ ކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އަހަރުގެ މެއި މަހު ބީއެމްއެލް އިސްލާމިކުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ވެސް ތައާރަފު ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
10 August 2024
ވަގުތަކީ ފައިސާކަމަށް ސީއެންއެންގަ ބުންޏަސް ރާއްޖޭގަ ބޭންކިން ދާއިރާގަވެސް އެއަކީ މާ އަގެއްހުރި އެއްޗެއް ނޫނެވެ! ލޯނަކަށް ލައިގެން މަހެއްގެ ކުރިއަކުން އެއްވެސް ނަތީޖާއަކާއި ހަމައަކަށް ނުދެވެއެވެ! ގިނަފަހަރަށް ކަމެއްވަނީ އެކަމުގަ އެތަކެއް އެނިވަސަރީއެއްވެސް ވާފަހުންނެވެ!