މިނިސްޓަރުގެ ޖަވާބުތަކާ މެދު ހިތްހަމަނުޖެހިގެން މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަނީ.
12 އޯގަސްޓް 2024 - 10:35
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ މެމްބަރުން ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބުތަކާ މެދު ހިތްހަމަނުޖެހިގެން، އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ޖަލްސާ ހުއްޓުވައިފި އެވެ.
މިނިސްޓަރު މަޖިލީހަށް މިއަދު ހާޒިރުކުރީ މާލޭގެ ރައްޔިތުންނަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ގޯތިތަކުގެ މައްސަލައިގަ އެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުން ލަސްވާ މައްސަލައިގައި އެކަށީގެންވާ ޖަވާބު ނުލިބޭ ކަމަށް ވިދާޅުވެ، މިނިސްޓަރުގެ ޖަވާބާ ގުޅިގެން އެމްޑީޕީ މެންބަރުން ގެންދެވީ ނުރުހުންފާޅުކުރައްވަމުންނެވެ.
ބައެއް ސުވާލުތަކުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ސުވާލުތަކަށް މިއަދު ތައްޔާރުވެފައި ނެތް ކަމަށާއި ފަހުން ހިއްސާ ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު އެކަށީގެންވާ ޖަވާބެއް ނުދެއްވާ ކަމަށް ވިދާޅުވެ ބައެއް މެމްބަރުން ނިޒާމީ ނުކުތާ ވެސް ނެންގެވި އެވެ. ނަމަވެސް، އެއީ، ނިޒާމީ ނުކުތާއެއް ނޫން ކަމަށް މަޖިލީސް ރައީސް އަބްދުއްރަހީމް އަބްދުﷲ ކަނޑައެޅުއްވުމުން ތަޅުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އަޑުއުފުލައި، އެކަމާ ދެކޮޅު ހަދައިފަ އެވެ.
ނިޒާމީ ނުކުތާ ބަލައިނުގަތުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ނުރުހުން ފާޅުކުރަން އަޑު ގަދަ ކުރައްވަމުން ގެންދަވާތީ، އޭނާގެ ނަން އިއްވައި ތަޅުމުން ނުކުންނެވުމަށް މަޖިލީހުގެ ރައީސް އެންގެވި އެވެ.
އެކަމަކު އެ އެންގެވުމަށް އަމަލު ނުކުރައްވައި އޭނާ ވަނީ މަޖިލިސް ރައީސްގެ މޭޒު ކައިރީގައި އަޑު އުފުއްލަވައިފަ އެވެ.
މެންބަރު ޒިޔާދުގެ އިހުތިޖާޖާ އެމްޑީޕީގެ ދެން ތިއްބެވި މެންބަރުން ވެސް ގުޅިވަޑައިގަތެވެ.
އެހެންވެ، އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލާއި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދުގެ ނަން އިއްވައި، އެ މެންބަރުން ވެސް ތަޅުމުން ނުކުންނަން އެންގެވި އެވެ.
މަޖިލީހުގެ ރިޔާސަތުން ޖަލްސާ މެދުކަނޑާލަން ޖެހުނީ، ނަން އިއްވި ހަތަރު މެންބަރުން ތަޅުމުން ނުނިކުންނެވުމުންނެވެ. މެމްބަރުންގެ މި އިހްތިޖާޖާ ގުޅިގެން، މިނިސްޓަރު ހައިދަރާ ސުވާލު ކުރުން ކުރިއަށް ނުގެންދެވިގެން، އެޖެންޑާ ވެސް ނިންމާލެއްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުކީމިޔާ
13 August 2024
މިމީހުން ކުރާހާ ސުވާލުތަކަށް ޖަވާބު ދޭކަށެއް ނުޖެހޭނެ. ވަރަށް ސަލާން
ލިޔަމް
13 August 2024
އެމްޑީޕީ އަކީ އަބަދުވެސް ފިތުނަވެރިކަމާއި މާރަމާރީ ހިންގަން އުޅޭ ބައެއް
މާހުު
12 August 2024
ކަނޑުގަ އެޅި ރޮނގެއްހެން ދީފަ ހުރި ތަން ލިބޭނީ ކޮން އިރަކުހޭ އެހިޔަސް ނުލިބޭނެ ރަނގަޅު ޖަވާބެއް.
އައްލާން ރުޝްދާ
12 August 2024
މިއީ މި މީހުންގެ ފެންވަރު. އެއްވެސް ރައްޔިތަކު 5 އަހަރު ފްލެޓަކަށް ނުވައްދާ މަޖިލީސް މި ހުއްޓުވަނީ. ކާކު ގަބޫލް ކުރާނެ ކަމަށް؟
ސޮފްވާން ހަމީދު
12 August 2024
ނުހިއްކާ އޮތް ބިމަކުން މާލޭ މީހުން ހައްދާފަ ޖައްސާ ވައްތަރު ނިކަން ދެކިބަލަ. ލަދު
ހަންނާން މުހައްމަދު
12 August 2024
ގޯތި ކަނޑުން ދީފަ ކޮން ޑްރާމާއެއް ކުޅޭކަށް.
ނާޑުވާ
13 August 2024
ދެލޯ ސަލާމަތުން ތިބި ބަޔަކަށް ފެންނާނެ. ހިއްކާ ނިންމާފަ ދޭންފަށާފަ އޮތީ
އަމީން މުހައްމަދު
12 August 2024
އެމްޑީޕީ ރަނގަޅުވާނެ ހަމަނުޖެހުން ހިންގަން.
މުހައްމަދު ޝާން އައްބާސް
12 August 2024
ލަދެއްވެސް ނެތީ ދޯ މި މީހުންގެ.
ހުރަސްފަރު
12 August 2024
މެމްބަރަކާ ކުރަން ބޭނުންވާ ސުވާލެއް ކުރުމުން ތިމާ ބޭނުންވާ ޖަވާބެއް ދޭކަށް ނުޖެހޭނެ. އެކަމެއް އޮތްގޮތެއް ބުނީމާމިމުނީ. ހާލޭއްލަވައި އަޑުގަދަކުރިޔަސް މެމްބަރަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. ކަމާ ގުޅިގެންވިޔަސް ކުރި ސުވާލުން ބޭރުން ޖަވާބެއް ހޯދަން އެދުނީ މިއަދު ތިޔަސުވާލަށް ޖަވާބު ތައްޔާރެއް ނުވަމޭ ބުނުން އެއްވެސް މައްސަލައެއްނޫނަކަމަށް ދެކެން. މިނިސްޓަރނރަނގަޅު. އެމްޑިޕީ މެމްބަރުން ގޯސް.
ސިންގާ
12 August 2024
ރައްޔިތުންނަށް ޖަވާބުދާރީ ނުވާ ސަރުކާރެއް!
ކަހިރުވައް
12 August 2024
މިޔައް ވުރެން ބޮޑައް ޖަވާބު ދާރީވި ސަރުކާރެއް އަދި ނާދޭ ކުރިންނަމަ ބޭނުންވާ އެއްޗެއްނަމަ ކީ ކަހިރުވަކޭ ވެސް އަހާނުލާނެ