ސީއެޗްއެސްއީ މާލެ އިމާރާތް: މި އިމާރާތުގައި އަލުން ކިޔަވައިދޭން ފަށަން ވަނީ ނިންމާފައި.-- ފޮޓޯ: ނިޝާން އަލީ / މިހާރު
13 އޯގަސްޓް 2024 - 10:38
މާލޭގައި އޭ ލެވެލް ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތާ އެކު މާލެ އާއި ހުޅުމާލޭގެ ސީއެޗްއެސްއީ އިން ޖާގައަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.
މާލޭގައި ޒަމާންވީ އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީގެ އިމާރާތް ބޭނުންކުރުން މިދިޔަ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، ސީއެޗްއެސްއީ ބަދަލުކުރީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށެވެ. އެކަމަކު އަލުން އެ ސްކޫލްގައި ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ހުޅުމާލެ އާއި މާލޭގައި އޭ ލެވެލް ކިޔަވައިދޭން ނިންމީ ހަމައެކަނި ހުޅުމާލޭގައި ސްކޫލް ހިންގުމުން، ދަރިވަރުންނަށް ކުރިމަތިވާ އުނދަގޫތައް ހައްލުކުރުމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މާލޭގެ ސީއެޗްއެސްއީގައި އެއް ސެޝަނަށް 600 ދަރިވަރުންނަށް ކިޔަވައިދެވޭނެ އެވެ. އަދި ދެ ޝެޝަނަށް ނަމަ 1،200 ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށެވެ.
އޭ ލެވެލް ކިޔަވައިދޭ ސަރުކާރު ސްކޫލެއް މާލޭގައި ނެތުމަކީ ގިނަ ދަރިވަރުންނާއި ބެލެނިވެރިންނަށް ދަތިތަކެއް ކުރިމަތިވަމުން ދިޔަ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އޭ ލެވެލް ސްކޫލެއް މާލޭގައި އަލުން ހުޅުވަން ސަރުކާރުން ނިންމީ މިހާރު މަތީ ސާނަވީއަށް ކިޔަވަމުން އަންނަ 400 އެއްހާ ދަރިވަރުން ކޮންމެ ދުވަހަކު ހުޅުމާލެއަށް ދާން އުފުލަމުންދާ ތަކުލީފަށް ލުޔެއް ހޯދުމުގެ ގޮތުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައުޔާ
13 August 2024
ސީއެޗްއެސްއީ އިން ކިޔެވުމަށް ކުދިންނާ އަދި މައިން ބަފައިން ކުރަމުން އައި ތަކުލީފްތަކަށް މި އައީ ނިމުމެއް. ދެން ނުޖެހޭނެ ހެދުނު ހެދުނާ ވެހޭ ވާރެޔަކާ ދޭހާ ހޫނު އަތްވެއްގަ އެ ބްރިޖް ދަތުރުކޮއްފަ ސްކޫލް އަށް ދާކަށް،
ނާޒިފް
13 August 2024
އެންމެ ރަނގަޅު ގޮތަށް ކަން ކޮށްފަ ތޮއޮތީ. ގިނަ ދަރިވަރުންނާ ބެލެނެވެރިންގެ އެދުމެއް ތީ. މި ތަރައްގީ ޒަމާނުގައި އުނގެނުމަށް އެހާ ބުރައެއް އުފުލާކަށް ނުޖެހޭނެ.
ޒިލްމާ
13 August 2024
ބަހުގަ ދަންޔާ އެހާ އިރު ނަގާ. މަހަކަށް ބަލަންޔާ ކާރުގަ ދަންޔާ ވަރަށް އަގު ބޮޑު. މާލޭގަ އާ ހުޅުމާލެ ދެ ތަނުގައި ސީއެޗްއެސްއީ އޮތުން ވަރަށް މުހިންމު. ކިޔަވާ ކުދިންނަށް އެކުދާން ކިޔަވަން ބޭނުންވާ ސްކޫލް އަކުން ބޭނުންވާ ކުދީންނާއެކު ކިޔެވުމުގެ ފުރުސަތު ލިބުމަކީ އެކުދީންގެ ކިޔެވުމުގެ އަޒުމް ވަރުގަދަވެ ކިޔެވުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް.
ޒަލީފް
13 August 2024
މިކަހަލަ ލުއި ފަސޭހަތައް ކިޔަވާ ކުދިންނަށް ލިބެން ހުރުމުން ކިޔެވުމަށް އޮންނަ ލޯބިވެސް އިތުރުވާނެ.
އައިޝަތު މާހާ
13 August 2024
ސަރުކާރަށް ވަރަށް ޝުކުރުވެރިވަން. އަޅުގަނޑު ވަރަށް އެދުނު ކަމެއް މިއީ
ދާއިން ޝިހާބް
13 August 2024
އެކި ގޮތްގޮތަށް ބެލިޔަސް މިއީ މުހިއްމު ރަނގަޅު ކަމެއް ސާރުކާރުން ކުރި. ހާއްސަކޮށް ބެލެނެވެރިންނަށް ވެސް. ބުރަކޮށް އެޅެމުން ދަރި ހުޅުމާލޭ ގެންދަން ވީމަ ވާ އުދަގޫ ނިމުމަކަށް
އާދަމް ޭ
13 August 2024
މިއީ ވަރަށް ރަނގަޅު ސިޔާސަތެއް. މާލޭ އިން ހުޅުމާލެ ދާންޖެހޭ ދަތުރު ނުދާން ޖެހުމުން ބުރަ ކުޑަވެ ކިޔެވުމަށް ފޯކަސް ވާނެ
ސޮފްވާން އަލީ
13 August 2024
މާލޭ އުޅޭ ކުދިންނަ މާލޭ ސީއެޗްއެސްސީ. ހުޅުމާލޭގެ ކުދިންނާ ހުޅުމާލޭ ސީއެޗްއެސްސީ. ބަރާބަރު
ތިހާމް ހުސައިން
13 August 2024
ބަޔަކަށް ހީވެދާނެ މިއީ ކުޑަކަމެކޭ. އެކަމަކު އަހަރުމެން ދަރިންގެންދާ މީހުންނ އިނގޭނީ މީގެ ފަސޭހަ
ހަންނާން މުހައްމަދު
13 August 2024
ވަރަށް އުފާވެއްޖެ. ދެން ދަރި ގޮވައިގެން ހުޅުމާލޭ ދާކަށް ނުޖެހޭނެއެވެ