"އެވެޓާ: ފަޔާ އެންޑް އޭޝް" މަންޒަރެއް ދައްކާލަނީ.
14 އޯގަސްޓް 2024 - 10:11
ހޮލީވުޑްގެ ކާމިޔާބު ފެންޓަސީ ފިލްމު ފްރެންޗައިޒް "އެވެޓާ"ގެ ތިންވަނަ ފިލްމުގެ ޓައިޓަލް ހާމަކޮށްފި އެވެ.
"އެވެޓާ"ގެ ތިންވަނަ ފިލްމުގެ ޓައިޓަލް ހާމަކުރީ މި ހަފުތާގައި އެމެރިކާގެ ކެލިފޯނިއާގައި ބޭއްވި "ޑީޓުވެންޓީތުރީ" އެކްސްޕޯގައި ބޭއްވި ހާއްސަ އިވެންޓެއްގައި، އެ ފިލްމުގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ޖޭމްސް ކެމެރަން އެވެ. އެ ފިލްމުގައި ލީޑު ރޯލުތައް ކުޅޭ ސޭމް ވޯތިންޓަން އާއި ޒޯއީ ސެލްޑާނާ ވެސް އެ އިވެންޓުގައި ބައިވެރިވި އެވެ.
"އެވެޓާ"ގެ ތިންވަނަ ފިލްމުގެ ޓައިޓަލް އަކީ "އެވެޓާ: ފަޔާ އެންޑް އޭޝް" އެވެ.
Just announced at #D23, our title for the next Avatar film:
— Avatar (@officialavatar) August 10, 2024
Avatar: Fire and Ash. Get ready to journey back to Pandora, in theaters December 19, 2025. pic.twitter.com/gZkCCsTl9x
އެ ފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖައްސާފައި ވަނީ އަންނަ އަހަރު ޑިސެމްބަރު 19 ގަ އެވެ.
"ޕެންޑޯރާއިން ކުރިން ނުފެންނަ އެތައް ކަމަކާއި ތަނެއް މި ފިލްމުގައި ފެންނާނެ،" ކެމެރަން ބުންޏެވެ.
އެ އިވެންޓުގައި ވަނީ ފިލްމު ފެންނާނެ ބައެއް މަންޒަރުތައް ވެސް، ވަރަށް ކުރުކޮށް ދައްކާލައިފަ އެވެ.
First look at the new ‘AVATAR’ attraction for Disney California Adventure.
— DiscussingFilm (@DiscussingFilm) August 11, 2024
Inspired by ‘THE WAY OF WATER’, ‘FIRE & ASH’ and future ‘AVATAR’ sequels
(via: @BrandonDavisBD) pic.twitter.com/4irL8WPaeI
އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު ކެމަރަން 2009 ވަނަ އަހަރު ނެރުނު ފިލްމު "އެވެޓާ" އަކީ ފިލްމީ ދުނިޔޭގައި ވެސް މިހާތަނަށް އެޅުވި އެންމެ ކާމިޔާބު ފިލްމެވެ. މިއަދާ ހަމައަށް ވެސް، އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުގެ ރެކޯޑު އަދިވެސް އޮތީ "އެވެޓާ"ގެ އަތުގަ އެވެ.
އެ ކާމިޔާބީއާ އެކު، މި ފިލްމުގެ ސީކުއެލްތައް އިއުލާންކޮށް އޭގެ 13 އަހަރު ފަހުން ދެވަނަ ފިލްމު ގެނެސްދިނީ މިދިޔަ އަހަރެވެ. އެއީ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" އެވެ.
New #Avatar3 concept art is shown along with a title reveal - #Avatar: Fire and Ash - at the #D23 Entertainment Showcase pic.twitter.com/i8pXcMLfV1
— The Hollywood Reporter (@THR) August 10, 2024
"އެވެޓާ: ދަ ވޭ އޮފް ވޯޓާ" ސިނަމާގައި އެޅުވިތާ، ތިން މަސް ދުވަހުގެ ތެރޭގައި ވަނީ ބޮކްސް އޮފީހުގައި ތިންވަނަ އަށް އެންމެ ގިނަ އާމްދަނީ ހޯދި ފިލްމުގެ ރެކޯޑު ހޯދައިފަ އެވެ.
"އެވެޓާ" ޖުމްލަ ހަތަރު ސީކުއެލްއެއް ވަނީ އިއުލާންކޮށްފަ އެވެ. ތިންވަނަ ފިލްމު އަންނަ އަހަރު ގެނެސްދޭއިރު، ހަތަރު ވަނަ ފިލްމު ގެނެސްދެނީ 2027 ގަ އެވެ. އަދި ފަސްވަނަ ފިލްމު ގެނެސްދެނީ 2029 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy