ދިރާގު ފިންޓެކް ކުންފުންޏަށް ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް ވަނީ ދީފައި -- ފޮޓޯ: އެމްއެމްއޭ
20 އޯގަސްޓް 2024 - 18:40
ދިރާގުގެ ސަބްސިޑަރީ ކުންފުނި، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް އެމްއެމްއޭއިން ޕޭމެންޓް ހިދުމަތް ދިނުމުގެ ލައިސެންސް ދީފި އެވެ.
އެމްއެމްއޭ އިން ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނުގެ ދަށުން، ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިނުމަށް ބޭނުންވާ ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މިއަދު ދީފައިވާ ކަމަށެވެ.
މި ލައިސަންސް ދިނުމާ ގުޅިގެން، ދިރާގުން މިހާރު ދެމުން އަންނަ އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑްގެ ދަށަށް ބަދަލުކުރޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ދިރާގުން އަންނަނީ ދިރާގުޕޭގެ ނަމުގައި ޑިޖިޓަލް ވޮލެޓެއްގެ ހިދުމަތް ދެމުންނެވެ. ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ނެޓްވޯކެއްގެ، ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދައްކާ، ފައިސާ ޖަމާކޮށް އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާ ވެސް ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިންޓެކްހާހޫރަ
21 August 2024
ބޭންކްގެ ކާޑުން ނޫނީ އެޕްލިކޭސަން ބޭނުންކޮށްގެން ޑައިރެކްޓްކޮށް ކުރެވެންހުރި ކަމެއް އިތުރުމެދުވެރިއަކަށް ފައިސާފޮނުވައިގެން އޭނަލައްވާ ކުރުވުމުގެ ފައިދާއަކީކޮބާ؟. އިތުރު ސަރވިސްޗާޖްއެއް ނޫނީ އުނދަގުލެއްދޯ ޖެހުނަސްޖެހޭނީ