ދިވެހިރާއްޖެ 1 - 2 ބޫޓާން
މިއަދު ބޓާނާ ދެކޮޅަށް ކުޅެން ނުކުތް ރާއްޖޭގެ ފުރަތަމަ 11: ދެން ރާއްޖެ އަށް އޮތީ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗު
21 އޯގަސްޓް 2024 - 17:17
ސާފް ޗެމްޕިއަންޝިޕްގެ 20 އަހަރުންދަށުގެ މުބާރާތުގައި، މިއަދު ރާއްޖެއާ ދެކޮޅަށް އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެ ބޫޓާނުން ރާއްޖެ ބަލިކޮށްފި އެވެ.
ތިން ޓީމު ހިމެނޭ ގުރޫޕުން، މިއަދު ދިވެހި ޓީމު ބަލިވުމުން މުބާރާތުން ކެޓުމުގެ ބިރު ރާއްޖެ އަށް ވަނީ ކުރިމަތި ވެފަ އެވެ.
ރާއްޖެ އަށް ދެން އޮތީ ސަރަހައްދުގެ ގަދަ ބާރު އިންޑިއާ އެވެ. އެ ޓީމުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު ނުވަ ކުޅުންތެރިންނާ އެކު ކުޅެ 1-0 ން މޮޅުވި އެވެ.
މިއަދު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ބޫޓާނުން މޮޅުވި ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގަ އެވެ.
ފުރަތަމަ ހާފު ވެސް އެ ޓީމުން ނިންމާލީ ލީޑްގައި އޮވެގެންނެވެ. ދެވަނަ ހާފުގައި، ރާއްޖޭ އުފެއްދި ހުސް ފުރުސަތަކަށް ހުރަސްއެޅުމުގެ ގޮތުން ބޫޓާންގެ ކީޕަރު އޭރިއާ ބޭރަށް ނުކުމެ ފައުލު ކުރި އެވެ. އެ ފައުލާ ގުޅިގެން، ރެފްރީ ވަނީ ކީޕަރަށް ރަތްކާޑު ދައްކައިފަ އެވެ.
ބަދަލުގައި ކުޅެން ނުކުތީ އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ގޯލް ބެލެހެއްޓި ކީޕަރެވެ. އެކަމަކު އެ ހީލޭޖެހުން ރާއްޖޭގެ އިޝްއާފް ފިރާގު ވައްދާލީ ގޯލްގެ ތިރީ ކަނަށެވެ.
ދެވަނަ ހާފުގައި ބޯކޮށް ވާރޭ ވެހި ދަނޑުގައި ކަތަމަންޑޫގެ ދަނޑުގައި ފެން ހެދުމުން ދެ ޓީމަށް ވެސް ކުޅެން އުނދަގޫވި އެވެ.
ދެވަނަ ހާފުގެ ބޮޑުބައެއް އެކަމަކު ބޫޓާނުން އެކަކު މަދުކޮށް ކުޅުނު ނަމަވެސް ރާއްޖެއަށް އޭގެ އެޑްވާންޓޭޖް ނެގޭ ގޮތެއް ނުވި އެވެ.
ބުޓާނުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ. އެ ޓީމުން ދެ ލަނޑު ވެސް ޖެހީ އޯޕަން ޕްލޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެލެނިވެރިން
22 August 2024
ފުޓް ބޯޅަވެސް ބާސްކެޓާ ހަމަ ހަމަ ވަނީ ބަލި އަންނަނީ ސޮޕިން ކޮއްލައިގެން ނޮޓް ބޭޑް
ކަރަންފޫޫ
22 August 2024
ގިނަވަގުތު ދުވަން ޖެހުމާ. ދަންޑުގަ ވިނަ ބޯވުމާ އަދި އިދިކޮޅުގަ ޓީމެއް އޮތުމުގެ ސަބަބުން ކުޅުންތެރިން ހިތްހަމަ ނުޖެހިފަ ހުރުމުގެ ސަބަބުން ޓީމު ބަލިވީކަމަށް ގަބޫލް ކުރެވެނީ.
ސަންގޭ
21 August 2024
ޓީމް ގެންގުޅޭ ތާ 2 އަހަރަށް ވުރެން ގިނަ ދުވަސް ވެއްޖެ! ނަތީޖާ ރަނގަޅު ނުކުރެވޭ ނަމަ ރީތި ގޮތަކީ ބަގުޑި ނުބައްދާ ކޯޗިން ޓީމް އެއްކޮށް އިސްތިއުފާ ދިނުން !
މިރުޗީ ޒުހޭރާ
21 August 2024
ކީއްހޭ ތިކުރަނީ. ކުރީގެ ކޮންމެ ކުޅުންތެރިއަކަށާއި ކޮންމެ ކުލަބަކަށް އެކަޑަމީ އެއްހަދައިގެން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ބަޔަކު އެތައްހާސް ކުދިންނެތްގެ އަތުން ފައިސާނަގާއިގެން މުސްސަދި ވަމުންދާއިރު ފުޓްބޯޅައަށް އައި ކުރިއެރުމެއް ނުފެނުނު. އަދި މި އެކަޑަމީތައް ކުރަނީ ކީއްތޯ ކޮބާތޯ އުމުރުފުރައިގެ ކުދިންނަތް އޮތް ޕްރޮގުރާމަކީ ކުދިންތަކަށް ކުރިއެރުން ލިބޭތޯ ބަލާނެ މުއައްސަސާއެއްނެތް. ގިނަ އެކަޑަމީތަކުގެ އޮތީ މަހު ފީ ބަލައިގަތުން އެކަނި.
މާފަންނުދަނޑުކައިރިން
21 August 2024
ކޮބާހޭ އެކަޑަމީތަކުން މިކުރާ ކަމަކީ.... ބޫޓާންއަތުން ބަލިވުމަކީ ފަހަތަށް ދިޔުން.... ދުވާލެއް. ޜޯދައެއް، ނަމާދު ވަގުތެއް ނުބަލާ ޕުރެކްޓިސް ކުރިޔަކަސް، މޮޅެއްނުވޭ. މުބާރާތެއްވެސްނެތް...
މުސްތަގުބަލް
21 August 2024
ވަރައް ޕްޒިޓިވް ކަންތައްތަކެއް މިމެޗުން ފެނުނު ޓީމް އެއްކޮށް ޕްރެކުޓިސް ކުރަން ލިބުނުވަގުތު ކުޱަކަން ފާހަގަކުރަން. މިނޫން ވާހަކައެއް އަޱުއިވޭތަ؟
ރަތްމަސް
21 August 2024
ރާއްޖެ ޓީމަށް މޮޅު ނުވެވުނީ ދަނޑުގައި ފެން ހެދިފަ އޮތުމުން