އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔާދު (ކ) އަދި އާ ސީއީއޯ ސައުދީ: ޒިޔާދު އައްޔަން ކުރެއްވީ އެންވަޔަރްމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް --- ފޮޓޯ/މިހާރު
21 އޯގަސްޓް 2024 - 18:00
އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޒިޔާދު އެންވަޔަރަންމަންޓް މިނިސްޓަރީ އަށް ބަދަލުކޮށް، އެ ކުންފުނީގެ އެންމެ އިސްވެރިއަކަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީ މިއަދު ހަމަޖައްސައިފި އެވެ.
ކުރީގެ ސަރުކާރުތަކުގައި ވެސް އިސް މަގާމުތައް ފުރުއްވި ޒިޔާދު ބަދަލުކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
އެމްޓީސީސީގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ސައުދީ އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގަ އެވެ. އޭނާ އެންމެ ފަހުން ފުރުއްވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރުގެ މަގާމު ފުރުއްވި ދުވަސްވަރު މާލޭގެ މަގުމަތީގެ އެކިއެކި ކަންކަން ބަލަހައްޓަން އުފެއްދި "މަގުފާރަވެރިން" ގެ ޔުނިޓް ނުވަތަ "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް" ގެ އެންމެ އިސްވެރިޔާގެ މަގާމެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަނިކޮށް 2018 ވަނަ އަހަރު ފުލުހުންގެ އިދާރާ ހިންގުން ވެސް ސައުދީއާ ހަވާލު ކުރެއްވި އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ.
އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި މިހާތަނަށް ހުންނެވި ޒިޔާދު
އެމްޓީސީސީގެ ސީއީއޯ އަދި އެމްޑީގެ މަގާމުގައި މިހާތަނަށް ހުންނެވި ޒިޔާދު އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 އެވެ. އޭނާ ކުރިން ވެސް އެންވަޔަރަންމަންޓް މިނިސްޓްރީގައި މަސައްކަތް ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
22 August 2024
ކުންފުންޏެއްގެ ސީއީއަކީ ރަމްޒީ މަގާމެއް. އެކަމަށް ކުފޫ ހަމަނުވާ މީހަކު ދައުލަތުގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރީމަ މަމެންނަށް ފެންނަނީ ވަރަށް ޖޯކްކޮށް
އާތިފް އަސްލަމްް
22 August 2024
ރައީސް މުއިއްޒުގެ ޕޭސްގައި މަސައްކަތް ކުރުމަކީ ފަސޭހަކަމެއްނޫން. އެހެންނަމަވެސް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާނުކުރެވޭނަމަ ރިޕްލޭސް ކުރުމަކީ މާ އުނދަގޫކަމެއްނޫން. މިހާރު އައްޔަނުކުރެވުނު ސީއީއޯއަށްވެސް ދަންނަވާލަން ބޭނުންވަނީ ނަތީޖާ ނެރޭށޭ.
ފާއިޒްް
22 August 2024
އެމްޓީސީސީގެ އައު ސީއީއޯ ސައުދަކީ ވަރަށް އެކްސްޕީރިއެންސްޑް އަދި ހިލްމީ ބޭފުޅެއް. އެމްޓީސީސީގެ ކަންކަން ކުރިޔަށް އޮތްތާގައި ބޮޑުތަނުން ރަނގަޅުވާނެ.
މަންސޫރްް
22 August 2024
އެމްޑީޕީ ސަރުކާރުގައި ކުންފުނިތަށް ބޮއްސުންލައިގެން ދާނެހެން ދޫކޮށްލިޔަސް މި ސަރުކާރުން އެކަމެއް ނުކުރާނެ. ބަރާބަރު
މަމްދޫހާާ
22 August 2024
މި ސަރުކާރުން ނުހުންނާނެ ކަންކަން ބޮއްސުންލައިގެންދާއިރު ބަލަހައްޓައިގެން. މިކަންކުރީ ހަމަ ބަރާބަރަށް
ވ. ރަނގަޅު
22 August 2024
ޒިޔާދަކަށް ނުވި ، އަސްލުގަ ކަންޑާލާފަ ގެއްފޮނުވާލަންވީ،
ގުޑް މޫވް
22 August 2024
ޒިޔާދު އެމްޓީސީއަށް ލީމަ ވެސް ބޮލުގަ ރިއްސާލި. މީޓިންގތަކުގައި ވެސް ވާހަކަ ގިނަ މީހެއް. އޭނައަށް ވެސް ނޭނގޭ ބުނެވޭ އެއްޗެއް. އަމަލީ ބައި ވަރަށް މަދު ވާނެ.
ހިތަދޫ- ހުޅުމީދޫ ފެރީގައި ކޮންމެ ދުވަހަކު ދަތުރުކުރަންޖެހޭ މަސައްކަތްތެރިއެއް
22 August 2024
އާ ސީއީއޯގެ އަރިހުން އައްޑޫ ސިޓީ ހިތަދޫ ގައި ފެރީގިމަތައެއް ދަނޑިފަނުން ނަމަވެސް ޖިފުޓިގަނޑެއްގެ ސިފައިގައި އައްވާއި ވާރޭއިން ހިޔާވެވެނެ ގޮތަކަށް ހައްދަވައި ދެއްވުން އެދި ނުހަނު އިޚްލާޞްތެރި ކަމާއެކު އާދޭސް ދަންނަވަން! ކޮޕީ: އެމްޕީ އަޒާން
ހަސަންކަލޯ.
22 August 2024
ތިކަމެއް ނުކުރާނެ. އާ ސީއީއޯ އަކީވެސް މާލޭ ސަރުކާރުން އައްޔަން ކުރި މީހެއް. ކުރިންވެސް ހުރިމީހާއަށް މަޤާމްދިނީ މާލޭ ސަރުކާރު ވެރިޔާ. އައްޑޫގައި ކަމެއް ކުރެވޭނީ މާލޭ ސަރުކާރު ހުއްދަ ލިބިގެން އެމީހުން އެކަން ކުރަން ބޭނުން ނަމަ މޯލްޑިވިއަން އަށް ބަލާބަލަ. އައްޑޫ ނޫން ތަންތަނުން ބޭރަށް ދަތުރު އެބަކުރޭ.
ސީގަލް އޮން އެއަރ
22 August 2024
ރާއްޖޭގެގިނަ ރައްރަށުގައި ފެރީ ޓާމިނަލް އަޅަނީ ރަށުގެ ކައުންސިލުން. އެގޮތައް ހެދުމުގެ ފައިދާއަކީ އެހެނިހެން ރައްރަށުން އަންނަ މީހުންނަށްވެސް އެޓާމިނަލް ބޭނުން ހިފޭނެތީ. ވަކިބަޔަކަށް ހަދައިފިކަމުގައި ވަނީނަމަ އެތަން ބޭނުންކުރެވޭނީ އެބަޔަކަށް އެކަނި.
ޗޔވބހހ
21 August 2024
ލޮލް
ހާމިދު އަފޫރު
21 August 2024
މަރުހަބާ އެމްޓީސީސީގެ މުވައްޒަފުން. ތި ބޭފުޅުންގެ އަޑު އަދުގެ ރައީސް މުއިއްްޒް އައްސަވައިފި