އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޯޕޭޒް އޭނާގެ ފިރިމީހާ އަދި އެކްޓަރު ބެން އެފްލެކްގެ ކައިވެނީގެ ފޮޓޯއެއް.
22 އޯގަސްޓް 2024 - 06:14
ކައިވެނީގެ ދެވަނަ އަހަރީ ދުވަހު އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި އެކްޓްރެސް ޖެނިފާ ލޯޕޭޒް އޭނާގެ ފިރިމީހާ އަދި އެކްޓަރު ބެން އެފްލެކް ކައިރިން ވަރިވާން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ބެން ކައިރިން ވަރިވާން ލޮސް އެންޖަލަސްގެ ކައުންޓީ ސުޕީރިއާ ކޯޓަށް ޖެނިފާ ވަރީގެ ޕެޓިޝަން ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. އެއީ އެ ދެމަފިރިންގެ ކައިވެންޏަށް ދެ އަހަރު ފުރުނު ދުވަހެވެ.
ބެން އާއި ޖެނިފާ ކައިވެނިކުރީ ޖުލައި، 2022 ގަ އެވެ. ނަމަވެސް، އެ ކައިވެނި ރަޖިސްޓްރީކޮށް، ކައިވެނީގެ ހަފުލާ ބޭއްވީ އޮގަސްޓް 20، 2022 ގަ އެވެ. އެހެންވެ، ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސް އެ ދެމަފިރިން މިދިޔަ އަހަރު ފާހަގަކުރީ ވެސް އެ ތާރީހުގަ އެވެ.
އެ ކައިވެނީގެ އުފަލުގައި ޖޯޖިއާގައި އެ ދެމަފިރިން ބޭއްވި ބޮޑު ވެޑިން ޕާޓީއަށް އޭރު ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބުނެވެ.
ޖެނިފާ އާއި ބެން އެންމެ ފުރަތަމަ ދިމާވެ، ލޯބީގެ ގޮތުން ގުޅުނީ 2003 ވަނަ އަހަރު އެ ދެމީހުން އެކުގައި ކުޅުނު ފިލްމު "ޖިގްލީ"ގެ ޝޫޓިންގެ ދުވަސްވަރެވެ. އޭގެ އަނެއް އަހަރު އެ ދެމީހުން ކައިވެނިކުރަން އުޅުނު ނަމަވެސް، ފަހުން އެ ގުޅުން ނިމުމަކަށް ގެނައީ އެވެ.
އޭގެ ގާތްގަނޑަކަށް 20 އަހަރު ފަހުން އެ ދެމީހުން އަލުން ގުޅުނީ 2022 ވަނަ އަހަރު އެވެ.
އެ ދިޔަ އަހަރުތަކުގައި ޖެނިފާ ވަނީ ތިން ކައިވެންޏެއް ކޮށްފަ އެވެ. އަދި ބެން ވެސް ކައިވެންޏެއް ކުރި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ބެން އާއި ޖެނިފާގެ ގުޅުން ގޯސްވެ އެ ދެމީހުން ވަކި ދިިރިއުޅެމުން އަންނަތާ މިހާރު އެތައް މަހެއް ވެއްޖެ އެވެ. މިދިޔަ އެޕްރީލް މަހުން ފެށިގެން އެ ދެމީހުން ވަކި ދިރިއުޅެމުން އަންނަ ކަމަށްވެ އެވެ. އަދި ކައިވެންޏަށް ފަހު އެ ދެމީހުން ދިރިއުޅެން ގަތް 65 މިލިއަން ޑޮލަރުގެ އަގުބޮޑު ގެ ވެސް މިހާރު ވަނީ ވިއްކާލަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުސަރު
22 August 2024
ނަންވާނީދިވެހިން. މިއީކީގައިމު ރާއްޖެއަށް ޗުއްޓީއަކަށްވެސް އައިބައެއްނޫން
ވިންކީ
22 August 2024
ރާއްޖޭގާ ބަލަނީ ރީތި ތާރީހުތަކުގާ ކައިވެނިކުރެވޭތޯ؟ ވަރިކޮށްލާއިރަކު އެކަމަކު ނުބަލާނެ އެ ރީތިތޯއެއް ހުތުރުތޯއެއް.