22 އޯގަސްޓް 2024 - 09:18
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލާގައި އޭނާ މިއަދު ހާޒިރު ކުރަން ނިންމާފައިވާ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ލައިވް ކޮށްދޭން ޕީޖީ ޝަމީމް އެދިވަޑައިގެންފި އެވެ.
ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި ޝަމީމްގެ އިތުބާރު ނެތް ކަމުގެމައްސަލާގައި އެ ކޮމިޓީން ނިންމާފައި ވަނީ އޭނާ އަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، ލިޔެކިޔުންތަކާ އެކު ކޮމިޓީ އަށް ހާޒިރުވުމަށް އެންގުމަށެވެ.
މަޖިލީހުން ވަނީ ޝަމީމް ހާޒިރު ކުރާ ކޮމިޓީގެ ބައްދަލުވުން މިއަދު 10:30 އަށް ތާވަލް ކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހުން ބުނީ ހުށަހެޅިފައިވާ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ޝަމީމް ކޮމިޓީ އަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ކޮމިޓީ އާންމުންނަށް ހުޅުވާލައިގެން ބާއްވަވައި ދެއްވުމަށް ޕީޖީ އެދިވަޑައިގަންނަވާ ކަމަށް އެ އޮފީހުން ބުންޏެވެ.
- ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން
- މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން
- ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން
- ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން
ޕީޖީގެ މަގާމަށް ޝަމީމް އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭނާގެ ދައުރު އަންނަ ޑިސެމްބަރު މަހު ހަމަވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައިޓް
22 August 2024
މީނާ ބާރުއޮތްދުވަހު، ބޮޑެތިމައްސަލަތައް ލައިވްކުރަން ޕީޖީ ގެ ހައިސިއްޔަތުން ކޯޓް ގައި ނުއެދި އަމިއްލަ މައްސަލަ އައުމުން، ކީއް މިކުރަނީ!
މަފް
22 August 2024
ކޯޓުތަކުން ލައިވްކުރާނެ، ސަރީއަތް އަޑު އަހަންދާމީހުން ވައްދާނެ. ކޯޓުގައި ރިކްއެސްޓްކުރީމަ ސަރީއަތުގެ މަޖްލިސް ލިންކް ފޮނުވާނެ. އެއީ ޕީޖީ ކުރާކަމެއް ނޫން.
ސަމަންދަރު
22 August 2024
ހަމަމީހަކު ބުނާއިރަށް ލައިވުކުރަންޖެހޭތަ؟ ލައިވުކުރީމާ ހައްތަހާ އިސްތިހާރުވާގޮތްވަނީ.