ދިވެހިރާއްޖެ 0 - 1 އިންޑިއާ
ރާއްޖެ އާއި އިންޑިއާ މިއަދު ކުޅުނު މެޗު: އިންޑިއާ ވަނީ މެޗުން މޮޅުވެ ގުރޫޕްގެ އެއްވަނަ ހޯދާފަ --- ފޮޓޯ: އޭއެންއެފްއެފް
23 އޯގަސްޓް 2024 - 16:57
ފަހު މިނެޓްގައި އިންޑިއާ އަތުން ބަލިވެ، ހިތްދަތިނަތީޖާއަކުން، 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕުގެ މުބާރާތް ރާއްޖެއަށް ނިމިއްޖެ އެވެ.
މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް ރާއްޖެ ބަލިވީ ފަހު މިނެޓްގަ އެވެ. ދިވެހި ޓީމުގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން 2-1 ން ބަލިވީ ވެސް އެންމެ ފަހު ވަގުތުގަ އެވެ. މިއަދު މެޗު އެއްވަރުވިޔަސް، ގުރޫޕުގެ އެއްވަނައިގައި އިންޑިއާ ސެމީ ފައިނަލަށް ދާނެ އެވެ.
ރާއްޖެ އަށް މޮޅުވެގެން ނޫންގޮތަކަށް ސެމީގެ އުންމީދު ކުރެވޭކަށް ނެތެވެ. އެ ހުރިހާ ޕްރެޝަރެް ކޮނޑަށްލައިގެން ނުކުމެ ދިވެހި ޓީމުން އިންޑިއާގެ ކައިރީގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ތިރިން ކުރު ޕާސްތަކެއް ޖަހައިގެން ކުޅެމުން ދިޔަ އިންޑިއާގެ ގިނަ ހަމަލާތަކެއް ދިފާއުކުރުމުގައި ރާއްޖޭގެ ކީޕަރު މުހައްމަދު ޔާމީން ރަނގަޅު ސޭވްތަކެއް ކުރި އެވެ.
ރާއްޖެ ކޮޅަށް ލަނޑު ޖެހުމަށް ފަހު އިންޑިއާގެ ކުޅުންތެރިން އުފާފާޅު ކުރަނީ: ސެމީގައި އިންޑިއާ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށް --- ފޮޓޯ: އޭއެންއެފްއެފް
އެކަމަކު އޭނާގެ މޮޅު ސޭވްތަކުން ހިތްހަމަޖައްސާލައިގެން ރާއްޖެއަށް ފަރުޖައްސާލެވޭ ގޮތެއް ނުވި އެވެ. ރާއްޖޭގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އިންޑިއާގެ މަގްލަންތެން ކިޕްޖެން، އިނޑިއާ އަށް ލީޑް ނަގައި ދިނެވެ.
ރާއްޖޭގެ ދީފާއީ ކުޅުންތެރިންނަށް ރަނގަޅަށް ބޯޅަ ދިފާއު ނުކުރެވުމުން، އޭރިއާގެ ބޭރުން ލިބުނު ކިޕްޖެން ވަނީ ތިތރިން ގޯލްގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ގުރޫޕް އޭ އިން ސެމީގެ ޖާގަ ހޯދީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ބަންގްލަދޭޝެވެ. ސެމީގައި ނޭޕާލް ވާދަކުރާނީ ބުޓާނާ ދެކޮޅަށެވެ. އިންޑިއާ ވާދަކުރަނީ އެންމެ ފަހުގެ ރަނަރަފު ބަންގްލަދޭޝްއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިއު ފޭން
25 August 2024
ކުޅުންތެރިންގެ ބޮޑާކަމާއި ކިބުރުވެރިކަމުން ނަތީޖާ ނުނެރެވެނީ!
އިސް
24 August 2024
މި ފެނިގެންދިޔައީ ރާއްޖޭގެ ފުޓްބޯޅައަށްވެސް ނިމިދިޔަ ފަސްއަހަރުގައި އިހްމާލްވެފައިވާކަން. ފުޓްބޯޅަ އެކަންޏެއްނޫން. މި ޤައުމުގެ ހުރިހައިކަމެއްވެސް ވަނީ 20އ ފަހަތަށް ވައްޓާލާފަ.
އަސާސް
24 August 2024
ކޯޗްބުނީ ސީދާ ތައްޓަށޭ ނިދަނީ އެކަމަކު އިސްތައްޓެއްހާ ވަރުވެސް ނުލިބުނު. މަށައްފެންނަނީ ޓީމު އެއްކޮށް ލޭނު އަޅަންދާން.
ހަމަލާތައް ރަންގަޅު
24 August 2024
ދެން ތިބެންވީ ދޯ ގަރުދިޔަ ބޮއެގެން. ކުޅޭނެކަމެއްނެތް ގުންޱާރާޖު ދަސްކޮށްދޭންވީ ކުދިންނަށް މުސްތަޤުބަލުގަ ޤައުމުލޫޓްވާނެ ޖީލެއްބިނާކުރަން.
ކަންޖާ
24 August 2024
ފުޓުބޯޅަ މިވަނީ އުވެން ކައިރިވެފަ.
މާހިރު
24 August 2024
ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭސަން އޮތް ހާލަތަށް ބަލާއިރު ތި ނަތީޖާ މާބޮޑަށްވެސް ރަނގަޅެވެ. މުބާރާތަކުން ރަނގަޅު ނަތީޖާ ހޯދޭނީ ރަނގަޅަށް މަސައްކަތް ކުރެވިގެންނެވެ. ދިވެހިރާއްޖެއަށް ދުވަހަކުވެސް ރަނގަޅަކަށް މުބާރާތަކަށް ތައްޔާރެއް ނުވެވެއެވެ.
ސަލީމު އިދުރީސް
24 August 2024
ކޮބައި ތިބުނާބަހުގެ ހެއްކަކީ ގައިމު ފޮޓޯއިން އެބަ އެނގޭ ކުޅުން ދެޓީމު ފިއަވާ އިތުރު ބަޔަކު ސުޓޭޑިއަމްގަ ނެއްކަން
އަލި
24 August 2024
ބޫޓާން އަތުން ވެސްވީ ބަލި!!!!. ސިޔާސީ ކަންތައް ގަނޑުތެރޭ ކުޅިވަރުތައް ހަލާކުވެއްޖެ. ފްޓްސެލް ކަންތަކާހެދިވެސް ފުޓުބޯލް ހަލާކުވޭ.
ހާމިދު ޝާހިދު
24 August 2024
މިހާރު މުޅިން ފޫހިވެފައި މިތިބީ ދިވެހި ފުޓްބޯޅައާ މެދު. އައު ސަރުކާރުން ފުޓްބޯޅަ ތަރައްގީކުރުމަށް އެއްވެސް ކަމެއްނުކުރޭ. ބޭރުގެ ރަނގަޅު ޓްރޭނަރުން ގެނެސްގެން އެކަޑަމީތަކުގެ ތުއްތު ކުރިންނަށް ހުރަރު ދަސްކޮށެއް ނުދޭ. މާލޭ ސަރަހައްދުގައި އޮތް ކުޅެން ހުރި ބިންތައް ޓޯ ޔާޑަކަށް ދަނީ ބަދަލުކުރަމުން. ފުޓްބޯޅަ ޕްރެކްޓިސް ކުރަންވެސް ދާންޖެހެނީ ފުޓްސަލް ދަނޑަށް. ސްކޫލް ފެންވަރުގެ މުބާރާތްތަކެއްނެތް. އެކަށޑަމީ ފެންވަރުގެ މުބާރާތެއްނެތް. ހުރިހާކަމެއްތޮޅިއަށް
ޢަހު
24 August 2024
ކުލޭނެ ކަމެއް ނެތް. ޢެނެން ސިޔާސީވީމަ ހުނާނީ ރަނގަޅަށް