މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މައުލޫމާތު ދެއްވަނީ: ޑޮލަރު ރިޒާވް އިތުރުކުރަން ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް
25 އޯގަސްޓް 2024 - 20:53
ރާއްޖޭގައި ހިފެހެއްޓޭ ޑޮލަރު އިތުރު ކުރަން ކުރިއަށް އޮތް ދުވަސްތަކުގައި ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށާއި ނަމަވެސް، އެކަން ކުރާނީ ރައްޔިތުންނަށް އެއްވެސް ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ވަނީ އެ ބޭންކްގެ ކާޑުގެ ޑޮލަރު ލިމިޓަށް ބަދަލުތަކެއް ގެނެސް، ރުފިޔާ އެކައުންޓުން ޑޮލަރު ނުކެނޑޭ ގޮތް ހަދައިފަ އެވެ. ބޭންކްގެ މި ނިންމުމާ އެކު، ރާއްޖޭން ބޭރުގައި ތިބި ކިޔަވާ ކުދިން ވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު ނުތަނަސްކަމުގެ ތެރެއަށް ދިޔަ އެވެ.
ނަމަވެސް، ޕްރެޝަރުތަކާ އެކު ބޭންކްގެ ނިންމުން މިހާރު ވަނީ ބަދަލުކޮށްފަ އެވެ.
ބޭންކްގެ އެ ނިންމުމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބޭންކްގެ ނިންމުން އައީ އެކަން ކުރަން ޖެހޭ ގޮތަށް ނޫން ކަމަށާއި އެފަދަ ކަންކަމަކީ ދުރާލައި އަންގައިގެން ނޫން ގޮތަކަށް ކުރަންވާނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ސަރުކާރުން މަސައްކަތް ކުރަމުންދާނަން މިފަދަ ކަމެއް ދެން އިތުރަށް ތަކުރާރު ނުވާނެ ގޮތަށް ކަންކަން ރޭވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެކަމަށްޓަކައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަން ރާވާފައިވަނީ ރާއްޖޭގެ ޑޮލަރު ރިޒާވް އިތުރު ކުރަން ބަދަލު ގެނައުމެވެ.
ކެބިނެޓްގެ ބައްދަލުވުމުގައި މިއަދު އެކަމާ ގުޅޭ ތިން ނިންމުމެއް ނިންމާފައިވެ އެވެ. އެއީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސް އާއި ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނަގާ ގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމެވެ.
މިނިސްޓަރު ވިދާޅުވީ ޓޫރިޒަމުން ރާއްޖެއަށް ޑޮލަރުން ބޮޑު އާމްދަނީއެއް ލިބޭ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ރާއްޖޭގައި ހިފެހެއްޓޭ ޑޮލަރާއި އިގުތިސޯދުގެ ތެރޭ އެނބުރޭ ޑޮލަރުގެ އަދަދު މަދު ކަމަށެވެ. އެ ލިބޭ އާމްދަނީ، ރައްޔިތުންނަށް ލިބޭނެ ގޮތްތަކެއް ހޯދަން ޖެހިފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ފަހު ފިނޭންސް މިނިސްޓަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ޑޮލަރު ރިޒާވް އިތުރުކުރަން ބަދަލުތައް ގެންނަވާނެ ކަމަށް ވިދާޅުވި - ފޮޓޯ | ރައީސް އޮފީސް
"އަޅުގަނޑުމެން މި ބަލަނީ ޑޮލަރު ރިޒާވް އިތުރު ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ޑޮލަރު އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަން. ރައްޔިތުންނަށް އޭގެ އަސަރު އެންމެ ނުކުރާ ގޮތަކަށް ރައްޔިތުންނަށް ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ޑޮލަރު އިން ފްލޯއެއް އިތުރު ކުރެވޭނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ކަންކަން ހަމަޖެހިގެން އަންނައިރު ހައްލުތައް ލިބޭނެ. ރިޒާވްގައި ޑޮލަރު ހުންނާނެ އަޅުގަނޑުމެން ބޭނުންވާ ވަރަށް. މި ކަހަލަ ޝޮކެއް ޖެހުމުގެ ފުރުސަތެއް ނުލިބޭނެ."
"އިރާދަކުރެއްވިއްޔާ މި ކަންކަން ހަމަޖެހިގެން އަންނައިރު ހައްލުތައް ލިބޭނެ. ރިޒާވްގައި ޑޮލަރު ހުންނާނެ އަޅުގަނޑުމެން ބޭނުންވާ ވަރަށް. މި ކަހަލަ ޝޮކެއް ޖެހުމުގެ ފުރުސަތެއް ނުލިބޭނެ."
ޑޮލަރު ރިޒާވް އިތުރު ކުރުމާ އެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއި އާމްދަނީ އިތުރު ކުރަން ރިފޯމް އެޖެންޑާއެއް ވެސް ސަރުކާރުން ވަނީ އެކުލަވާލައިފަ އެވެ.
އެ އެޖެންޑާ ތަންފީޒުކުރުމާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ ރާވާފައި އޮތީ ރިފޯމްގެ ފިޔަވަޅުތައް މި އަހަރުގެ މެދު ތެރޭގައި އަޅަން ފަށަން ކަމަށެވެ. ނަމަވެސް، އެ ފިޔަވަޅުތަކަކީ ވަރަށް ބޮޑެތި ކަންކަމަށްވާތީ، ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ އެކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރެވޭނެ ގޮތްތަކެއް ރާވަން. މިހާރު ދިމާވެފައި މި އޮތް ލިކުއިޑިޓީގެ މައްސަލައަކީ ވެސް މިހާރު ރިފޯމް ކުރިއަށް ގެންދަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން. ބްލޭންކެޑް ސަބްސިޑީއެއް ޓާގެޓް ސަބްސިޑީއަކަށް ބަދަލު ކުރާއިރު އެބަ ބަލަން ޖެހޭ ކޮން ބަޔަކަށް ކިހިނެއްތޯ ކުރިއަށް ގެންދާނީ، އެ ނިޒާމްތައް ރާވަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ރޭވުންތެރިކަމާ އެކު މި ދަނީ. ލަސްވާއިރު އެއީ ކޯސްޓްރީ ކަމެއް އެކަމަކު އެއަށް ވުރެ ކޯސްޓްލީވާނެ ކަމެއް ފަށާފައި އެކަން ކުރިއަށް ނުގެންދެވުމުން ވެސް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަހަންމާ
26 August 2024
ރިޒާވް އިތުރުކުރުމަށް ޑޮލަރު އެކްސްޗޭންޖުތައް އުވާލާ ލައިސެންސް ހިފަހައްޓަން ޖެހޭ. ހަމައެކަނި ބޭންކުން ޑޮލަރު މާރުކުރެވޭ ގޮތް ހަދާ، 24 ގަޑިއިރު މި ޚިދުމަތް ބޭންކުތަކުން ދެވޭ ގޮތަށް ބަދަލުކުރަންޖެހޭ. ލައިސެންސް ނަގައިގެން މިހާރު މިތިބޭ މީހުން ޑޮލަރު ވިއްކަނީ 19 އަށް.
އިސްމާލި
26 August 2024
ދިވެހި ބޭންކުގައި އިސްކޮށް ހުރީ ޔޫރަޕު މީހެއް. ކުއްލިއަކަށް މިވަރު ބޮޑު ނިންމުމެއް ނިންމުމުގައި ކޮންމެވެސް ނުބައެއްް އުޅޭނެ ކަމުގައި ގަބޫލު ކުރެވޭ. މިއީ ބޭންކު ތެރެއިން ގެންނަން އުޅުނު ބަޣާވާތެއް ކަމުގައި ވެދާނެ. އިންޑޮނޭޝީއާގައި ރިވޮލިއުޝަން އަންނަނީ، ބަންގްލަދޭޝް ގޮސްފި. މެލޭޝިއާ، ދިވެހިރާއްޖެ...މިއީ ވެދާނެ ކަންކަން.
އަބޫ
26 August 2024
އައްޑޫގެ އާބާދީއަކީ ކިހާވަރެއްބާ, މަށަށްހީވަނީ ތިލަދުންމަތީގެ އާބާދީ މާބޮޑުހެން....
ދައިގަންނަގުރާ
26 August 2024
ދެން ނޭގޭ. މި ޚަބަރު ލިޔުނު މީހާ ސުރުޚީ ލިޔުނު ޢިބާރާތްތޯ ނޫނީ ޝަފީގު އަށް ހަމަ ދައްކާނެ ވާހަކަ މަދުވެގެން ބުނިވާހަކައެއްތޯ އެއް ނޭނގެ. މަށަށް އެނގޭ އެއްޗަކީ ޑޮލަރުގެ ރިޒާރވް ގިނަވެގެން އެއްވެސް މީހަކަށް އުނދަގޫނުވާނެކަން. ޝަފީގަށް އަޅެ ވާ އުނދަގުލެއް ކިޔައިދީބަލަ؟
އުއްތަމަ އުސްތާޛް
26 August 2024
ހޮޅިވާހަކަ ނުދައްކަވާ
ކޮރަލް
26 August 2024
ބިދޭސީން ވަގަށް ޑޮލަރު ބޭރު ކުރާލެއް މާ ގިނަ އީ އެވެ. އެކަން ބަލާ ހުއްޓުވަން ވީ އެވެ.
ރަދުން999
26 August 2024
ބްލޭންކެޑް އެއް ސަބްސިޑީ އޭ ޓާގެޓް ސަބްސިޑީޢޭ ކިޔާނެ ކަމެއްނެތް. އަހަރެމެން ދިވެހިން ގަންހިންގަނީތީ. އަދި ތިބޭޅާ ނުދަންނަ ބްލޭންކެޓެއް އޮންނާނެ އެއީ މޯލްޑިވްގޭސް އިން ދޫކުރާނެ އަލިފާން ބްލޭންކެޓް. އެބޭނުން ކުރާ ގޮތް ދަސްކޮއްބަލަ. އޭރުން ޑޮލަރު ހަމައަކަށް އެޅޭނެ. އަހަރެމެން ކުދިން ބޭރުގައި ކިޔަމުންވެސް އެބަދޭ، ތިކަހަކަ ޝޮކް ދޭން ހެޔޮނުވާނެ. މަގާމު އަދާ ކުރަން ނޭގޭނަމަ އެކަންވެސް ކިޔަވާދެވިދާނެ. ތަސައްރަފް ނުފުދޭކަން މިކަމުން އެނގެނީ.
ޔައިޝް ހަބީބު
26 August 2024
ޓްރަސްޓް އިން ދަ ޕްރޮގްރެސް. ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތައް ކަމްތައް ކޮށްދޭނެ. މިހާރު މި ގައުމު އޮތް ހާލަތު ރައްޔިތުންނަށްވެސް އިނގެންވާނެ. އެ ހާލަތުން އަރައިގަންނަން މަސައްކަތް އެބަ ކުރޭ ވަރަށް ގަދައަށް މި ސަރުކާރުން.
ނަބީލް އާދަމް
26 August 2024
ގައުމުގެ ހާލަތު އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ. ރައީސް އާ ސަރުކާރުގެ އިސްވެރިން މިހާރުވެސް އެދަނީ ވަރުބަލި ކަމެއް ނެތި މި ދިމާވެފައިވާ ހާލަތުން ދިވެހިންނަށް ފަހި މާދަމާއެއް ހޯދައިދިނުމުގެ އަޒުމުގައި މަސައްކަތްކުރަމުން
މިޒުއާން
26 August 2024
ރައްޔިތުންނަށް އުނދަގޫ ވާ ގޮތަކަށް ސަރުކާރުން އަމަލެއް ނުކުރާނެ. މި ހިނގައިދިޔަ ކަންތައްތައް ހައްލު ކުރަން ސަރުކާރުން މިހާރުވެސް ގެންދަވަނީ ދިރާސާ ކުރަމުން