އިމިގްރޭޝަންގެ އޮފިސަރުން ހޮޓަލެއްގައި މަސައްކަތްކުރާ ބިދޭސީންގެ ހުއްދަ އޮތްތޯ ޗެކްކުރަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
29 އޯގަސްޓް 2024 - 12:29
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލޭ ސަރަހައްދުގައި އޮޕަރޭޝަންތައް ފެށުމާ އެކު ބިދޭސީން ފިލަން ރަށްރަށަށް ދާތީ މި އޮޕަރޭޝަން ރަށްރަށަށް ފުޅާކުރާނެ ކަމަށާއި އަދި ބިދޭސީން ފިލަން އެހީވާ ދިވެހިންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަނުން އިއްޔެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައްމާން ވިދާޅުވީ މި އޮޕަރޭޝަންތަކާ އެކު ގިނަ ބަޔަކު މާލެއިން ބޭރަށް ފުރަމުންދާ މައުލޫމާތު އެ އިދާރާއަށް ވެސް ލިބެމުންދާ ކަމަށެވެ.
އެހެންވެ، މި އޮޕަރޭޝަންތައް އަތޮޅު ތެރެއަށް ފުޅާކުރާނެ ކަމަށް ޝައްމާން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރެއިޑް އޮޕަރޭޝަންތަކާއި މި ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންތައް އަޅުގަނޑުމެން އަތޮޅު ތެރެއަށް ފުޅާ ކުރާނަން. އޭރުން މުޅި ހައްލެއް ތިކަމުގައި ރަށްރަށަށް ވެސް ދެވިގެންދާނެ ކަމަށް ގަބޫލު ކުރަނީ،" ޝައްމާން ވިދާޅުވި އެވެ.
ޝައްމާން ވިދާޅުވީ ރަށްރަށަށް މީހުންނަށް އެރޭނީ ކައުންސިލްތަކުގެ ހުއްދަ ލިބިގެން ކަމަށް ވާއިރު، ކައުންސިލުތަކުން ވެސް ޒިންމާ އަދާކުރަންޖެހޭ ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފިލުވުމަށް ބައެއް ދިވެހިން މަސައްކަތް ކުރާތީ އެކަމަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭނާ ދެއްވި ވިދާޅުވި އެވެ.
ޝައްމާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ފޮރުވައިގެން ގެންގުޅުމަކީ ކުށެއް ކަމަށާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ދެވޭނެ އަދަބުތައް ވެސް އިމިގްރޭޝަންގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.
"ގަވައިދާ ހިލާފަށް އޫޅޭ ބިދޭސީން ފޮރުވުމާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ރައްކާތެރިކަމަށް ބެހެއްްޓުމާއި މިއީ ގާނޫނާ ހިލާފު ކަމެއް. އެހެންވީމަ އިމިގްރޭޝަން ގާނޫނުން އެފަދަ ފަރާތްތަކަށް ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ދެވޭ،" އޭނާ ވިދާޅުވި އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންތަކާ އެކު ގިނަ އަދަދެއްގެ ބިދޭސީން ހދ. ކުޅުދުއްފުއްޓަށް ދާ މައްސަލަ ބޮޑުވެ، އެރަށު ކައުންސިލުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ޝައްމާން ވިދާޅުވި ގޮތުގައި ކުޅުދުއްފުށީ ކައުންސިލުން ވަނީ މާލޭގައި ތިބި އިމިގްރޭޝަންގެ އޮފިސަރުންނާ ބައްދަލުކުރަން އެދިފަ އެވެ. އެހެންވެ، އެ މައްސަލާގައި ކުރިއަށް ދާނެ ވަކި ގޮތެއް އެނގޭނީ ބައްދަލުވުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
"ކުޅުދުއްފުށިން ރިޕޯޓު ކޮށްފައިވޭ މާލޭގައި ތިބި ފަރާތްތަކަށް ބައްދަލުކުރަން. ސީދާ އެއްޗެއް ދަންނަވާލެވޭނީ ކައުންސިލާ އެކު ބައްދަލުވުން ބާއްވާފައި. އެ ބޭފުޅުން [ކައުންސިލުން] އެކަމަށް ރިކުއެސްޓް ކުރާ ނަމަ، އަޅުގަނޑުމެން އެޓެންޑްވާނެ،" އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް އިންސްޕެކްޝްތަކުގައި އެފަދަ ކަންކަން ފާހަގަވާ މިންވަރަކުން ފިޔަވަޅު އަޅަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ސަރުކާރުން ފެށި އޮޕަރޭޝަންގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ އަތުލައިގަނެ، ޑީޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަތީބާ
29 August 2024
ބިދޭސިންގެ މައްސަލަ މިހާހިސާބަށް ދިޔައީ އިމިގްރޭޝަންގެ އިހުމާލުން. ދުނިޔޭގެ ކޮން ގައުމެއްގަތޯ މިގޮތައް ފުންމާލައިގެން ގަވައިދާ ޚލާފަށް ތިބެވެނީ. ހަމައެކަނި އިމިގްރޭޝަނެއްނޫން، ރާއްޖޭގަ ވިޔަފާރިކޮށް ބޭނުންހާ ގޮތަކަށް އުޅެވެނީ ދައުލަތުގެ އެހެން މުއައްސަސާތައްވެސް ފެއިލްވީމަ. މުސާރަނަގައިގެން ފިނިކޮޓަރީގަ ތިއްބަސް މުސާރަ ހަލާލްނުވާނެކަން ގިނަ މީހުނަކަށްނޭގެ.
މީމަމީހާ
29 August 2024
ތި އެންމެން ޑީޕޯޓް ކޮއްލާ. ރަށްރަށުގެ ކައުންސިލަރުން މުސާރަ ނަގައިގެން ފަރު މަހަށް ގޮސް އުޅެނީ. ކީއްކުރާ ބައެއްތަ ތީ.
މޮސްލިމް އިސްލާމް
29 August 2024
ތިލަފުށީގަ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ވަރަށް ގިނަ.
ޚާންޔ€
29 August 2024
ކައުންދިސިލްތަކާއި ފުލުހުން އެއީ ކީއްކުރާ ބައެއް. ޜާއްޖޭގެ ޤާނޫނުތަކށ ގަވޢިދާ ޚިލާފަށް އުޅޭ ބިދޭސީން ރަށްރަށަށް އެރިގެން ނުވާނެ.
ޒޫމް
29 August 2024
ގާފަރުގަ މަހަށްދާންވެސް ބައިވަރު ބަންގާޅިން ޤަވާޢިދާ ޚިލާފަށް އެބައުޅޭ
ބަކުރުބޭ
29 August 2024
ބިދޭސީން ކަނޑު އުޅަނދުގައި ދަތުރު ކުރާއިރުވެސް މުއްދަތުހަމަނުވާ ވޯކްޕާރމިޓެއް އޮތްތޯ ބަލާލުންވެސް ރަނގަޅު. އެހެންނޫނީ ރަށްރަށަށް ދަތުރު ކުރާނެ
ދޮންއާދަނު
29 August 2024
އަސްލު މައްސަލަ ބާއްވާފަ އެހެން ކަމަކާ އުޅުނީމަ ނަތިޖާ ނުފެންނަނީ މެލޭސިޔާގާ އެއްސިޓީން އަނެއް ސިޓީއަށް ދެވެނީ ޕާސްޕޯރޓް ނުވަތަ ޕާރމިޓް ދައްކައިގެން ކީއްވެގެން ރާއްޖޭގައި އެހެންނުވާންވީ ދަތުރު ކުރާ ފަރާތް ތަކުން އެކަމަށް ފަރުވާ ކުޑަ ކުރާނަމަ ޖޫރިމަނާ ކުރެވެން ޖެހޭނެ، އެކަން ކައުންސިލްވެސް މޮނިޓަރ ކުރެވެން ވާނެ، ކެފޭ ތަކުގެ ރަޖިސްޓުރީ އާ ނުކުރަންޔާ އެކަން ބެލޭނެ ނިޒާމެއް ހެލްތުން ހަދަންޖެހޭނެ
ހުސެންފުޅު
29 August 2024
އެހެން އެވަނީ ރައްޔިތުންގެ ފައިސާއިން މުސާރަނަގާ، ދައުލަތުގެ މަގާމްތަކުގަތިބޭ މީހުން އެމީހުންގެ ޒިންމާ އަދާނުކުރާތީ. އެމީހުނަށް ހީވެފައޮންނަނީ އެމީހުންނަކީ ބޮޑުމީހަ ކިޔާ ކޮންމެ އެއްޗަކަށް އަތްޖަހަން ތިބޭ ބައެކޭ.
ރާއިދުއަލީ
29 August 2024
ސ.މީދޫގައި ވެސް ބިދޭސީން ވަރަށް ގިނަ. އޮގަސްޓްމަހު ބަންގާޅު ފިހާރަ ހުޅުވައިފި ދިވެއްސެއްގެ ނަމުގައި. ބީދޭސީ މީހާ އުޅެނީ ފިހާރަ ހިންގަން. އެކަމަކު ވޯކްސައިޓް އަކީ އެެހެން ތަނެއް. އެނާ އަކީ ޑޮލަރ ވިޔަފާރިވެސް ހިންގާ މީހެއް މީދޫގައި. ޑޮލަރު ގަނެ އެ ވިއްކާ ހަދާ. ރަށު އޮފީސް އޮތީ ނިދާފައި.
ސާބަހޭ އިމިގްރޭޝަން
29 August 2024
ރަށްރަށަށް ދާން ބޯޓުފަހަރާއި ލޯންޗުފަހަރަށް އަރާ ބިދޭސީންނަކީ ޤަވާޢިދާ ޚިލާފަށް އުޅޭ މީހުން ނޫންކަން ކަށަވަރު ކޮށްފަ ނޫނީ އުޅަނދަށް އަރުވައިގެން ނުވާނެ. އެކަމަށް ބެލުމެއްނެތި ރަށްރަށަށް ބިދޭސީން ގެންދާ ކެޕްޓަނުންނަކީ ގަވާއިދާ ޚިލާފަށް އުޅުމަށް ބިދޭސީންނަށް ހިތްވަރުދޭ ކެޕްޓަނެއް ކަމަށްވާނީ. އެފަދަ އަމަލުކުރާ ކެޕްޓަނުންނާމެދުވެސް ފިޔަވަޅު އަޅަންޖެހޭނެ. މިފަހަރު ރަނގަޅަށް ގައުމު ސާފުކޮށްލަންވާނެ. މިކަމުގައި އެންމެން އެކަތިގަނޑަކަށް ވާންޖެހޭނެ.
ކެކޫ
29 August 2024
އެއްވެސް ދުލެއް ދީވެންނުވާނެ. މިފަހަރު ޖެހޭނެ މިކަން ނިންމަން.