ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާ: އޭނާއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީއިން ވަނީ ބަލަން ފަށާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
01 ސެޕްޓެމްބަރ 2024 - 11:42
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާއާ ގުޅޭ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރިޒްނާއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަމުންދަނީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅޭ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެކެވެ.
ނަމަވެސް މިކަމާ ބެހޭގޮތުން ޖޭއެސްސީއިން މައުލޫމާތެއް ނުދެ އެވެ. އެ ކޮމިޝަނުން ބުނީ ބަލަމުންދާ މައްސަލަތަކުގައި ގޮތެއް ނިމުމުން ނޫނީ މީޑިއާއަށް މައުލޫމާތު ހާމަ ނުކުރާނެ ކަމަށެވެ.
ރިޒްނާގެ މައްސަލަ ބެލުމަށް ޖޭއެސްސީއިން މިހާރު ވަނީ ތަހުގީގު ކޮމިޓީ ވެސް އެކުލަވާލައިފަ އެވެ.
ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ހުންނެވި ރިޒްނާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަން ކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މަދަނީ ކޯޓުގެ ރެޖިސްޓްރާ ކަމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދާކުރެއްވި ރިޒްނާ، ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިއަކަށް ހަމަޖެއްސީ، ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ.
އެ އިސްލާހުގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ދަށުގައި އޮތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އުވި އާ ޑިޕާޓްމަންޓެއް އުފައްދައި، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު ހަމަަޖައްސަން ޖެހެ އެވެ.
ނޮވެމްބަރު، 2018 އިން ފެށިގެން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވީ ޑރ. އަބްދުﷲ ނަޒީރެވެ. އާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަން ކުރުމާއެކު، އެ މަގާމުން ޑރ. ނަޒީރުގެ މަގާމު ގެއްލުނެވެ. ނަޒީރަކީ މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ.
ފަސް އަހަރުގެ މުއްދަތަކަށް އައްޔަންކުރާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000 އަށް ވުރެ ގިނަ ރުފިޔާ ލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބަރު ތަފްސީލް ކޮބާ؟
01 September 2024
ފަނޑިޔާރުންގެ ހެލްތް އިންޝުއަރަންސްއާ ގުޅޭ ކޮން މައްސަލައެއްތަ؟
ހަސަނާާ
02 September 2024
ފަނޑިޔާރުންނަކީ ގާނޫނުގެ ދަށުން އިންސުއަރެންސް ސްކީމެއްގެ ދަށުން ހިލޭ ބޭސްފަރުވާ ލިބެންޖެހޭ ބައެކެވެ. އެހެން ނަމަވެސް ޑީޖޭއޭގެ އިހުމާލަކުން ބަލަންޖެހޭ ވަރަށް ނުބެލުމުން އެގްރިމަންޓު ކުރިފަރާތާ މެދު އެއްބަސްވެވިފައިވަނީ 10 ފަސެންޓް އަތުން ފައިސާދޭ ޕެކޭޖެއްގައި. 10 ޕަސެންޓު ހޭދަކުރަމުންދަނީ ފަނޑިޔާރުން އަމިއްލަ ޖީބުން.
މައި ސޯ ކޮލްޑް ފްރެންޑް
01 September 2024
ކޮމިޝަނުން ވަކި މައުލޫމާތެއް ނުދިނަސް އަހަރުން ބުނެފާނަން. އާން ރިޒްނާގެ ބޯކޮށް މައްސަލަ ހުންނާނެ. ފުދޭ ވަރަކަށް ކޮނެލީމަ ވަރަށް ކަންކަން އިނގިގެން ދާނެ. ކޮށްފަ ހުރި ކަންކަން ކިޔާ ދިނުމަށްވުރެ ރަނގަޅު ވާނީ ޝަރީއަތް ނިމި ރިޒްނާ މައްޗަށް ދައުވާތައް ސާބިތުވާ ތަން ފެނުނީމަ. މި ވަރަށް ވާހަކަ
އިޒްމީރާ
02 September 2024
ހާދަ ކަމެއް ކޮށްލިޢޭ ސްޕްރީމްކޯޓް ރެޖިސްޓްރާވެސް އައްޔަނުކުރިގޮތް ބަލަންޖެހޭ
ފައުޒާންް
01 September 2024
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގަ ހުރެގެން އެއްވެސް ކަހަލަ މައްސަލައެއް ހުރެގެން ނުވާނެ. މިވަރުގެ މަޤާމެއް ދީފަ އިބޫ ގެންގުޅޭނީ އޭނައަށް ފުލީ ކޮންޓްރޯލް ކުރެވޭ މީހުން. މައްސަލަ ބަލާ ބަލާ. ވެރިއަކަށް ހާސް ދުވަސް އެއްދުވަސް
މުހައްމަދު ނިޝާން
01 September 2024
މި އެންމެނެގެ މައްސަލަތައް ބަލަންވީ. ޔަގީން ކޮށްފަ ހުންނާނެ ވަރަށް އަޑި ނޭގޭ ކަންކަން
ހާސަރު
01 September 2024
ކޮންމެފަހަރަކު ވެރިކަން ބަދަލުވުމާއިއެކު މިކަހަލަ ހުރިހާ މުއައްސަސާތަކެއްގެ މަތިފަޑި އެއްކޮށް ބަދަލުވޭ! މިނޫންދުވަހެއް ފެނުނުއިރަކުން ރާއްޖެ ބަދަލުވާނީ.
އަޙްމަދު
01 September 2024
ގަވަރނަރު ބޭރުކުރެވިއްޖެ. ޕީޖީ ބޭރުކުރެވިއްޖެ. ދެން އޮތީ ރިޒްނާ.
ޖެނީފަ
01 September 2024
މިގައުމުގައި ބޮޑު ވަޒީފާއެއްގެ ޒިންމާ ހަވާލުކުރާ ގިނަމީހުންގެ ކޮންމެވެސް މައްސަލައެއް ބަލަންނުޖެހި ދާތަނެއްނޯވޭ. ކޮބައިބާ މައްސަލައަކީ؟ އެއްވެސް ޑިސިޕްލިންއެއްނެތް މީހުންނާށްބާ ވަޒީފާ ދެވެނީ ނޫނީ ބާރުގެ ބޭނުން ނަހަމަގޮތުއި ބޭނުންކުރެވެނީބާ!
ސިޔާސީ ރޯޅި
01 September 2024
މީހާގެ މައްސަލައަކުންވެސް މުޅިއަކުން ނޫން. ތިޔަށް ކިޔަނީ ސިޔާސީ ރޯޅި. ރޯޅި ބަދަލުވީމާ އެއާ އެއްގޮތަށް ކަންކަން އެނބުރެނީ.
ކުޑަބެެ
01 September 2024
މައްސަލަ ވަރަށް ސާފު. އާރާ ބާރު ފެނުނީމަ ވާނުވާ ނޭގެނީ އަސްލު. ހަވާލު ކޮށްފަ ހުރި ޒިންމާ އަދާނުކޮށް މިއުޅެނީ ކޮންމެވެސް ޖަރީމާއެއް ޖެއްސޭތޯ. މިކަހަލަ ކަންކަމާ ހެދީ ގިނަ ފަހަރު ކަނޑާލާން މަޖުބޫރު ވަނި